ޚާމަނާއީގެ ހަށިކޮޅު މަޝްހަދުގައި ފަސްދާނުލައިފި

Loading

Facebook
Twitter
WhatsApp

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާ އިޒްރޭލުން ދިން ވައިގެ ހަމަލާތަކެއްގައި އަވަހާރަކޮށްލި އީރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ރަސްމީ އިއްޒަތުގައި ފަސްދާނުލައިފިއެވެ.


އީރާނުގެ މީޑިއާތަކުން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި ޚާމަނާއީ ފަސްދާނުލާފައި ވަނީ އުފަން ރަށް މަޝްހާދުގެ އިމާމް ރެޒާގެ ޒިޔާރަތުގައެވެ.

ޚާމަނާއީގެ ޖަނާޒާގެ ހަރަކާތްތައް ހަ ދުވަހަށް ދެމިގެން ގޮސްފައި ވާއިރު، އެ ހަރަކާތްތަކުގައި އެކި ސިޓީތަކުން ގާތްގަނޑަކަށް 40 މިލިއަން މީހުން ބައިވެރިވި ކަމަށް އީރާންގެ ދައުލަތުގެ މީޑިއާއިން ބުނެއެވެ.

ލީޑަރ ޝިޕް ލެވެލްގެ 10 ގައުމަކުން ބައިވެރިވި އެ ޖަނާޒާގައި ރަސްމީ ޙައިސިއްޔަތުން ސަތޭކަ ވަރަކަށް ގައުމު ބައިވެރި ވިއެވެ.

އީރާނުގެ އިރުމަތީގައި އޮންނަ، މަޝްހަދުގައި ހުންނަ އިމާމް ރެޒާގެ މަގުބަރާގައި ޚާމަނާއީގެ ހަށިކޮޅު މިއަދު ފަސްދާނުލީއިރު، އީރާނުގެ ގައުމީ ދިދައިން ނިވާކޮށްފައިވާ ޚާމަނާއީގެ ސަންދޯއް މަގުބަރާއަށް ވެއްދި ވަގުތު، ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދަށް އެއްވެ ތިއްބެވެ.
ނަމަވެސް، ޚާމަނާއީ އަށް ފަހު ލީޑަރު ކަމަށް އައްޔަންކުރެއްވި އޭނާގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ އެ ޖަނާޒާއިން ފެނިފައެއް ނުވެއެވެ.
ރިޕޯޓުތައް ބުނާގޮތުން މަގާމާ ހަވާލުވެވަޑައިގަތް ފަހުން އަދި އާންމުންގެ ކުރިމައްޗަށް ނުކުމެވަޑައިގެންފައި ނުވާ އައު ލީޑަރު މުޖުތަބާ ވެސް ވަނީ ބައްޕާފުޅު އަވަލާރަކޮށްލަން އިޒްރޭލުން ފެބްރުއަރީ މަހު ދިން ހަމަލާގައި ވަރަށް ބޮޑަށް ޒަހަމްވެފައެވެ.

2024 ވަނަ އަހަރު ހެލިކޮޕްޓަރު އެކްސިޑެންޓެއްގައި އަވަހާރަވި އީރާނުގެ ކުރީގެ ރައީސް އިބްރާހިމް ރައިސީ ވެސް ހިމެނޭ ގޮތަށް އީރާނުގެ މަޝްހޫރު އެތައް ބައެއްގެ ޖަނާޒާ ބާއްވާފައި ވަނީ މަޝްހަދުގައެވެ. ޚާމަނާއީ އަކީ 280 އަހަރުގެ ތެރޭގައި މަޝްހަދުގައި ވަޅުލެވުނު އީރާނުގެ ދެވަނަ ވެރިޔާއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް