އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެބްރުއަރީ 28 ވަނދުވަހު ފެށި ހަނގުރާމައިގާ އެ ދެގައުމު ގުޅިގެން އީރާނަށް ދިން ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ އީރާނުގެ ސުޕްރީމް ލީޑަ އާއި އެމަނިކުފާނުގެ އާއިލާގެ ބައެއް ބޭފުޅުންގެ ޖަނާޒާގައި އެ ގައުމުގެ ކުރީގެ ރައީސެއް ކަމުގައވާ މުޙަންމަދު އަޙްމަދީ ނެޖާދު ބައިވެރިވެ ވަޑައިތުމުން މީޑިއާތައް ސިއްސުވާލައިފިއެވެ.
ބައިނަލް އަގްވާމީ މީޑިއާތަކަށް އެމެރިކާއާއި އިސްރާއީލުން ކަށަވަރުކޮށްދީފައިވަނީ އެ ދުވަހުގެ ހަމަލާގައި އަހްމަދީ ނެޖާދުވެސް ޝަހީދުކޮށްލާފައިވާނެ ކަމަށެވެ. އެ ދުވަހަށްފަހު އެމަނިކުފާނުގެ އެއްވެސް ޚަބަރެއް ނުވުމުން އީރާން ސަރުކާރުންވެސް ގަބޫލުކުރަންޖެހިފައިއޮތީ އެ ދުވަހު އެނަމިކުފާނުގެ ގެކޮޅަށް ދިން ހަމަލާތަކުގައި އަހްމަދީ ނެޖާދުވެސް ޝަހީދު ކޮށްލާފައިވާ ކަމަށެވެ. ހަނގުރާމައިގެ ހުޅުގަނޑު ބޮޑުވަމުން ދިޔައިރު އެމަނިކުފާނަށް ވީގޮތެއް ހޯދައި ދެނެގަތުމުގެ ފުރުސަތުވެސް ވަނީ ވަރަށްބޮޑަށް ހަނިވެފައެވެ.
ހޯމަދުވަހުގެ ޖަނާޒާގައި އެމަނިކުފާނު ބައިވެރިވަ ވަޑައިގެންނެވިއިރު ހުންނެވީ މޫނުފުޅުގައި އަޅުއްވާފައިހުރި މާސްކް މޫނުފުޅު ރަނގަޅަށް ފެންނާނެގޮތަށް ދަތްދޮޅީގެ ތިރިއަށް ތިރިކުރައްވާފައެވެ.
ސުޕްރީމް ލީޑަރގެ ޖަނާޒާގައި އަހްމަދީ ނެޖާދު ބައިވެރިވެ ވަޑައިގެންނެވިއިރު އީރާނުގެ ކުރީގެ ދެ ރައީސުން ކަމުގައިވާ މުހަންމަދު ޚާތަމީއާއި ހަސަން ރޫހާނީ ވަޑައިގެންފައެއް ނުވެއެވެ.
ސުޕްރީމް ލީޑަރގެ ޖަނާޒާގެ ބައިބޯ މީސްތަކުންގެ ތެރެއިން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސްއަރާގްޗީ މޮޓޯރ ސައިކަލެއްގެ ފަހަތުގައި އިންނަވަނިކޮށް ނަގާފައިވާ ފޮޓޯފުޅެއް މީޑިއާތަކުގައި ދައުރުވަމުން ދިޔައެވެ.
![]()
