އިރާގުގައި ގައި ކޮރަޕްޝަނާއި ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ޕާލަމެންޓު ގެ މެންބަރެއްގެ ގެއިން އެތައް ބިލިޔަން ޑޮލަރާއި ، އިރާޤު ފައިސާއާއި އެތައް ބިލިޔަން ދީނާރާއި އެތަކެއްބައިވަރު ރަން ހޯދައިފިއެވެ.
މީޑިޔާ ރިޕޯޓުގައިވާ ގޮތުން އިރާޤު ޕާލަމެންޓު މެންބަރު عالیہ ناصف ގެ ޗެކް ކުރުމުގެ ތެރޭގައި ވަނީ ، ވިހި މިލިޔަން އިރާޤު ދީނާރު( ގާތްގަނޑަކަށް 1.55) ކުރޯޑު އެމެރިކާ ޑޮލަރު) ނަޤުދު ފައިސާ އާއި 27000 ހާސް ކުރޯޑު ދީނާރުގެ ރަން އަތުލައިގަނެފައެވެ.
މަޢުލޫމާތު ލިބޭގޮތުން عالیہ ناصفއާއި އޭނާގެ ދަރިފުޅު ވަނީ ،ކޮރަޕްޝަނާއި ، މަނީ ލޯންޑަރިންގ ގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.
އެހެންކަމުން މިމައްސަލައި އެންމެ ފަހުގެ ނިންމުން ނިންމާނީ ޝަރުޢީ ދާއިރާ އިން ނިންމާ ގޮތެއްގެ މައްޗަށް ކަމުގައިވެއެވެ.
ބުނެވޭ ގޮތުން މިއީ މިފަދަ ކުށްތައް ހުއްޓުވުމަށް ބޮޑުވަޒީރު علی الزیدی ކުރައްވާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޚަބަރު ލިބޭގޮތުން މިހާތަނަށްވަނީ ޕާލަމެންޓުގެ 47 މެންބަރުންނާއި ސަރުކާރުގެ ގިނަ އޮފިސަރުންތަކެއް ހައްޔަރުކޮށްފައެވެ.
ތަޙުޤީޤު އިދާރާއިން ބުނެފައިވަނީ، މުހިއްމު ސަރުކާރުގެ ޚަޒާނާ ހުއްދަ ނޫން ގޮތުގައި ބޭނުންކުރުމާއި ހުއްދަ ނޫން ފައިސާގެ މުއާމަލާތްތަކުގެ ތަޙުޤީޤު ސިލްސިލާކޮށް ކުރިއަށް ދާނެ ކަމަށެވެ. އަދި އިތުރަށް ވެސް ބަޔަކު ހައްޔަރު ކުރަން ޖެހިދާނެކަމަށް ވެސް ބުނެފައިވެއެވެ.
![]()
