ބޭންކް އޮފް މޯލްޑިވްސް (ބީއެލްއެލް) އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުން މުއާމަލާތް ކުރެވޭ ލިމިޓް މިހާރަށް ވުރެވެސް ކުޑަކޮށްފައިވާ ކަމަށް ބުނެ ދައުރުވަމުން ދަނީ ދޮގު ބަޔާނެއް ކަމަށް އެ ބީއެމްއެލްއިން ވިދާޅުވެއްޖެއެވެ.
ބީއެމްއެލްގެ ނަމުގައި ނެރެފައިވާ ބަޔާނެއްކަމުގައި ކަމަށމިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިޔުމެއްގައިވާ ގޮތުގައި ބީއެމްއެލްގެ ކާޑުތަކުން ބޭރުގައި ކުރެވޭ މުއާމަލާތްތަކުގެ އަދަދު ވަނީ މަހަކަށް 150 ޑޮލަރަށް ކުޑަކޮށްފަ އެވެ.
އެ ލިޔުން ދައުރުވެ އާންމުންގެ ބަހުސަކަށް ވުމުން ބޭންކުން މިއަދު މީޑިއާތަކަށް ފޮނުވި ލިޔުމެއްގައި ވިދާޅުވެފައިވަނީ ލިމިޓަށް ބަދަލު ގެނައުމާ ގުޅޭ ލިޔުމެއް އާންމު ނުކުރާ ކަމަށާއި އެފަދަ ފިޔަވަޅެއް އަދި އަޅާފައި ނުވާ ކަމަށެވެ.
ކޮވިޑް19 އާއި ގުޅިގެން އިގްތިސާދަށް ކުރިމަތިވި ދައްޗާއެކު، ޑޮލަރުގެ ދަތިކަން ކުރިމަތިވެ، ބީއެމްއެލް އިން ވަނީ އެ ބޭންކުގެ ކާޑުތަކުން ބައިނަލްއަގުވާމީ މުއާމަލާތް ކުރެވޭ ލިމިޓް މަހަކަށް 250 ޑޮލަރަށް މީގެ ކުރިން ބަދަލުކޮށްފަ އެވެ.
”ބޭންކުން ނިންމާ ނިންމުންތަކާ ގުޅޭ މައުލޫމާތު އަބަދުވެސް ކަސްޓަމަރުންނާ ހިއްސާކުރަމުންދާނެ ކަމަށް އެ ބަޔާނާ ގުޅޭ ގޮތުން ބީއެމްއެލް އިން ވިދާވިއެވެ.
One Response
ތިވެދާނެ ދޮގު ޚަބަރަކަށް ނަމަވެސް މަހަކު 250 ޑޮލަރުން ކީއްތޯ ދިވެހިން ކުރާނީ. ކޮބާތޯ ސަރުކާރުގެ ބޮޑުން ޑޮލަރުން އެކުރައްވާހާ ޚަރަދުތަށް. ކުރީފަހަރު 2008 ގައި ސަރުކާރުން ކަމެއްކޮށް ނުދެވުނީ ”އިސްތިޢުފާ ދެއްވީމާ“ (ބޮޑު ބަޣާވާތް) ޔޯ؟ ދެން އަނެއްކާ 2018 ގައި ކަމެއްނުވެ ދިވެހިން ބަނޑަށް މިޖެހުނީ ކޮވިޑް19 އާއި ހެދިޔޯ؟ ކޮންމެހެނެއްވިޔަސް ތިވެރިންނާއި ދައުލަތް ހަވާލުވާ ކޮންމެފަހަރަކު ރައްޔަތުން ބޮނޑިބޮނީ. ސަހަރޯއޭ ހީވެއްޖެއެވެ.