އެމެރިކާގެ ބާރުން އެމިރެޓްސްގެ ބޭންކުތަކުގައި ހިފާއްޓާފައިހުރި އީރާނުގެ ފައިސާ

Loading

Facebook
Twitter
WhatsApp

ޔުނައިޓެޑް އެރެބް އެމިރެޓްސްގައި ހިފާއްޓާފައި ހުރި އީރާނުގެ އެތައް ބިލިއަން ޑޮލަރެއް އަނބުރާ އީރާނަށް ދިނުމަށް އެމިރެޓްސް އިން އެއްބަސް ވެއްޖެކަން މިދިޔަ ހުކުރު ދުވަހު ދުބާއި އަދި ލަންޑަނުން ރޮއިޓާރސް ޚަބަރު ދީފިއެވެ. އެމިރެޓްސް އިން މި ފިޔަވަޅު އަޅާފައިވަނީ އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ އެމިރެޓްސް އަށް ލިބެމުންދާ ބޮޑެތި ގެއްލުން ތަކުގެ ސަބަބުން ކަމަށްވެސް އެ ޚަބަރުގައި ބުނެފައި ވެއެވެ. އަދި ހަނގުރާމަ ހުއްޓުވުމަށްޓަކައި އެމެރިކާއާއި އީރާނުން ކުރަމުންގެންދާ މަޝްވަރާތަކާވެސް މިކަމުގައި ގުޅުން ހުރިކަމަށް ބެލެވިފައި ވެއެވެ. އަދި ޖުމުލަ 10 ބިލިއަން ޑޮލަރ އެމިރޭޓްސް އިން ދޫކުރަން ނިންމާފައިވާ ކަމަށާއި އޭގެތެރެއިން މިހާތަނަށް 3 ބިލިއަން ޑޮލަރުގެ އަނބުރާ އީރާނަށް ދީފައިވާކަމަށްވެސް ސަރަހައްދުގައި މައުލޫމާތު ރަނގަޅަށް އެނގޭ 2 މަސްދަރަކުން ބުނެފައިވެއެވެ.

މިއީ އީރާނުން އެކްސްޕޯރޓް ކުރި ތެލުގެ އަގުގެތެރެއިން އެމެރިކާގެ ބާރުގައި ހިފާއްޓާފައިވާ އެތައް ބިލިއަން ޑޮލަރުގެ ތެރެއިން ބައެއް ކަމުގައިވެސް އެ ޚަބަރުގައި ބުނެފައިވެއެވެ. ސަރަހައްދުގެ އެހެން މަސްދަރަކުން ހާމަކޮށްފައިވާ ގޮތުގައި އީރާނުން އެމިރޭޓްސްއަށް ހަމަލާ ނުދިނުން ޝަރުތުކޮށް 20 ބިލިއަން ޑޮލަރ ދޫކުރުމަށްވެސް އެއްބަސްވެވިފައިވާ ކަމަށް ރޮއިޓާރސްގެ ޚަބަރުގައި ބުނެފައި ވެއެވެ. މި ފައިސާއަކީ އެމެރިކާއިން ހިފާއްޓާފައިވާ އީރާނުގެ ފައިސާއިން ބައެއްކަން ނުވަތަ އެމިރެޓްސްއިން އީރާނަށް ދޭ ފައިސާއެއްކަން ރޮއިޓާރސްއަށް ކަށަވަރުކުރެވިފައެއް ނުވެއެވެ.
އެމެރިކާއިން ހިފާއްޓާފައިވާ އީރާނުގެ އެތައް ބިލިއަން ޑޮލަރ އެމިރެޓްސްގެ ބޭންކުތަކުގައި ވަނީ ބަހައްޓާފައެވެ.
ރޮއިޓާރސްގެ މި ޚަބަރަކީ ދޮގެއް ކަމަށް އެމިރެޓްސްގެ ޚާރިޖީ ވުޒާރާއިން ހޮނިހިރު ދުވަހު ބުނެފައިވެއެވެ. އަދި އެމެރިކާއިން ހިފާއްޓާފައިވާ އީރާނުގެ އެއްވެސް ފައިސާއެއް އެމިރެޓްސްގެ މަގުން އަނބުރާދިނުމުގެ ވާހަކަވެސް ދެކެވިފައި ނުވާކަމަށް ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ. އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ. ވައިޓްހައުސްގެ ކޮމެންޓަކަށް އެދުމުން ޖަވާބެއް ނުލިބެއެވެ. އެހެންނަމަވެސް އެމެރިކާއެކު އީރާނުން މަޝްވަރާތަކުގައި ބައިވެރިވެ އެއްބަސްވުމަކަށް އާދެވުނު ކަމުގައި ވިޔަސް ފައިސާ ދޫކުރަން ގަސްދު ނުކުރާކަމަށް މިދިޔަ ހުކުރު ދުވަހު ނައިބު ރައީސް ވޭންސް ވަނީ ވިދާޅުވެފައެވެ. އެއްބަސް ވެވޭކަންތައް ފުރިހައަށް އީރާނުން ތަންފީޒުކުރަމުންގެންދާނަމަ އިގްތިސާދީ ފައިދާތައް ދެމެހެއްޓެނިވި ގޮތެއްގައި އީރާނަށް ލިބިލިބި ހުންނާނެއެވެ. އީރާނުންވެސް މިކަމާގުޅިގެން މިހާތަނަށް ވާހަކަ ދައްކާފައެއް ނުވެއެވެ. މައްސަލައިގެ ހައްސާސް ކަމާހުރެ އެއްވެސް ފަރާތްކުން ވާހަކަ ދައްކާފާނެކަމަށް އުންމީދު ނުކުރެވޭ ކަމަށް ރޮއިޓާރސް އަށް މައުލޫމާތު ހިއްސާކުރެއްވި ފަރާތްތަކުން ވެސް ވަނީ އިޝާރާތް ކޮށްފައެވެ.
ގަލްފުގެ އިތުރު އެހެން ދެގައުމެއްވެސް ހިމެނޭ ގޮތުގައި މިހާރު ކުރެވެމުންދާ މި މަޝްވަރާތަކުގެ އަމާޒަކީ އެމެރިކާއާއި އީރާނުންވެސް ރަތްރޮނގަށް ފައި އެޅުމަކާނުލައި ހަނގުރާމައިގާ އީރާނަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން އީރާނުން މަސައްކަތްކުރަމުން ގެންދިއުމާއެކު އެމެރިކާއަށްވެސް “ އަހަރެމެން އެކައްޗެއްވެސް ނުދެމޭ ބުނަން ފުރުސަތު ދީފައި “ ސިއްރު ގޮތަކަށް ބަދަލުދީ ނިންމާލުން ކަމުގައި ރޮއިޓާރސް އަށް މައުލޫމާތު ހިއްސާކުރި ފަރާތްތަކުން ބުނެފައިވެއެވެ. އަދި އަބޫދާބީގެ ސެކިއުރިޓީ ކަށަވަރު ކުރުމާއި ދުބާއިއަށް ލިބިފައިވާ ޕްރިމިއަރ ބިޒްނަސް ހަބްގެ މަގާމުގައި ދެމިތިބެވޭނެ ފުރުސަތު ގާއިމްވެގެން ދިއުންވެސް ހިމެނެއެވެ.
މި ވާހަކަތައް ފެށިގެން އުޅޭތާ ދުވަސްކޮޅެއް މިހާރު ފާއިތުވެއްޖެއެވެ. އެމިރެޓްސް އާއި އީރާނާ ދެމެދު ކުރެވެމުންދާ މަޝްވަރާ ތަކުގައި އީރާނުން އެމިރެޓްސްއަށް ހަމަލާދިނުންހުއްޓާލުމާއި ދެގައުމުގެ އިގްތިސާދާއި ސިޔާސީގުޅުން ބަދަހިކުރުން ހިމެނެއެވެ. އަދި ދެ ގައުމުގެ މެދުގައި އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ މަޝްވަރާތައްވެސް ހިމެނެއެވެ. ފަހަކަށް އައިސް ގަލްފުގެ ގައުމުތަކުގެ އާންމު ރައްޔިތުންގެ ވިސްނުމުގައި އިސްރާއީލު ރުއްސުމަށްޓަކައި އެމެރިކާއިން ގެންގުޅޭ ސިޔާސަތުގައި ގުރުބާންކުރެވޭ ކަންބަޅިތަކަކަށް އަރަބި ގައުމުތައް ވެގެން ދިއުމާދޭތެރޭ ކަންބޮޑުވުމާއި ނުރުހުން އުފެދުންވަނީ ބޮޑުވެފައެވެ. މި މަންޒަރު ސިޔާސީ ލީޑަރުންގެ އަމަލުތަކުންވެސް ފާހަގަ ކުރެވެމުންދާތަން ފެނެއެވެ. ދާދި ފަހުން އެމިރެޓްސް އާއި އީރާންގެ ގުޅުން ރަނގަޅު ކުރުމުގެ ބޭނުމުގައި އީރާނުގެ ބާރުގަދަ އިންގިލާބީ ގާރޑުގެ އޮފިޝަލުން އެމިރެޓްސްގެ ޑެޕިއުޓީ ރޫލަރ އަދި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޝައިޚް ތަހްނައުން ބިން ޒައިދު އަލް ނަހްޔާން އާ ބައްދަލު ކުރުމަށް އަބޫދާބީއަށް ކުރެއްވި ޒިޔާރަތުގައި ޑެޕިއުޓީ ރޫލަރގެ ރަސްމީ ގެސްޓްހައުސްގައި އީރާންގެ ވަފުދަށް މެހެމާންދާރީ އަދާކުރުން ފާހަގަކުރެވެއެވެ.
އެމިރެޓްސް އާއި އީރާނުގެ ޒަމާންވީ ދުޝްމަނީ އާއެކު އީރާންގެ ހަމަލާތަކުގައި ދުބާއި ގެ ހޮޓެލްތައް ހުސްވެ ބައެއް އިންވެސްޓަރުން ފައިސާކޮޅު ހިފައިގެން ދުބާއި އިން ބޭރުވެގެން ދިއުމާއި ދުބާއި އަކީ ދިރިއުޅުމަށް އެންމެ ރައްކާތެރި ޝަހަރުކަމުގެ ނަން ކިލަނބު ވެގެން ދިއުމާއި ޕްރިމިއަރ ބިޒްނަސް ހަބް ގެ މަގާމު ގެއްލުމުގެ ނުރުހުންވެސް ކުރިމަތިވެފައިވާއިރު އީރާނުގެ އޮފިޝަލުންގެ ދަތުރުފުޅާ ގުޅިގެން އިތުރު މަޝްވަރާތަކަށް އެމިރެޓްސްގެ އޮފިޝަލުންގެ ވަފުދެއް ވަނީ އީރާނަށް ޒިޔާރަތް ކޮށްފައެވެ. އީރާނުން ހަމަމިމޭރުމުން އިތުރު އެހެން އަރަބި 2 ގައުމަކާއެކުގައިވެސް މަޝްވަރާކުރަމުން ގެންދާކަމަށް މައުލޫމާތު ހިއްސާކުރިފަރާތުން ބުނެފައިވެއެވެ.


އީރާނުގެ ފައިސާ ޓްރާންފަރ ކުރުމާގުޅިގެން ދެކެވެމުންދާ ވާހަކަތަކާބެހޭގޮތުން ރޮއިޓާރސް އިން ސުވާލު ދެންނެވުމުން ހަމަނުޖެހުން ހައްލުކުރެވޭނެގޮތެއް ހޯދަން އެމިރެޓްސްއިންވެސް ވަރަށް ބޭނުންކަމަށް އެމިރެޓްސްގެ އޮފިޝަލަކު ވިދާޅުވިއެވެ. އެމިރެޓްސްގެ މަގްސަދަކީ ގަލްފު ސަރަހައްދަށް އަމާންކަން ހޯދާ ދިނުން ކަމަށާއި އަދި އެކަމުގައި އެމެރިކާއިން ގެންގުޅޭ ސިޔާސަތަށް އެއްބާރުލުން ދޭނެކަމަށް ބުނެފައިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް