އީރާނުން ކަލޭމެން ފައްސާލުމުގެކުރިން މެދުއިރުމަތިން ބޭރުވެ ގަންނާށެވެ.

Loading

Facebook
Twitter
WhatsApp

ހަނގުރާމައެއް ކާމިޔާބު ކުރުމުގައި ކުރީ ޒަމާނުގައި ހަތިޔާރުގެ ބާރުވެރިކަމަށް ބަރޯސާވެފައި އޮތުން މި ޒަމާނާ ގުޅޭ ވިސްނުމެއް ނޫންކަމަށް ތަޖްރިބާ ކާރުން ވިދާޅުވަމުން ގެންދާން ފަށައިފިއެވެ. އެ ބޭފުޅުން ދެކިވަޑައިގަންނަވާގޮތުގައި މިހާރު މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގާ ކޮންމެ ދުވަހަކު ދަނީ އެކަން ސާބިތުކޮށްދެމުންނެވެ.

ދުނިޔޭގެ ސުޕަރ ޕަވަރ އެމެރިކާއާއި މެދު އިރުމަތީގެ ސުޕަރ ޕަވަރ އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ދެމުންގެންދާ ފަނާކުރަނިވި ހަމަލާތަކަށް ދޮޅުމަސް ފުރޭއިރު އީރާން ބަލި ނުކުރެވިގެން އުޅޭ ސަބަބުގެ މައްޗަށް އެބޭފުޅުން ވަނީ އަލި އަޅުވާލާފައެވެ. އެންމެ މައިގަނޑު ގޮތެއްގައި އެބޭފުޅުން ހޮރްމުޒް ކަނޑުއޮޅިއާއި އަދި ހަނގުރާމައިގާ އީރާނުގެ ސިޔާސަތު ވަނީ ފާހަގަކޮށްފައެވެ. ދުނިޔޭގެ ހަކަތައިގެ ދޮރު ބަންދުކޮށްލުމާއެކު ދުނިޔޭގެ އާންމު ދިރިއުޅުމަށް ދާންދެން ނޭންގުމެއްގެ ތެރެއަށް ވައްޓާލުމާއި އެ ހާލަތުން ދުނިޔެ ސަލާމަތްކުރުމުގެ ނަމުގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތަކުގައި އެ ގައުމުތަކުގެ ހަތިޔާރު ގުދަންތައް ހުސްވަމުންދިއުން ހިމެނެއެވެ. މީގެ އަސަރު އެންމެ ބޮޑަށް ކުރަމުންގެންދަނީ އެމެރިކާގެ އިޚްލާސްތެރި ބައިވެރިން ކަމުގައި ބެލެވުނު ގަލްފުގެ އަރަބި ގައުމުތަކުގެ ރައްޔިތުންގެ ދިރިއުޅުށެވެ. ރައްޔިތުން އުފުލަން ޖެހިފައިވާ ދަތި އުނދަގޫތައް ގޭގެ ދޮރުން ބޭރަށް ނިކުމެ ގައުމުގެ ވެރިންނާ ހަމަޔަށް ހިނގައްޖެއެވެ. ބައެއް އަރަބި ގައުމުތަކުން މިހާރު ފެންނަ މަންޒަރުތަކަށް ވަރަށް ކުރުކޮށް ބަލާލާނަމެވެ.
ސުރުޚީއަކީ ބައިނަލް އަގްވާމީ މީޑިއާތަކުން ހާމަކުރަން ބޭނުންނުވާ އަދި އަމިއްލަ ޕްލެޓްފޯމްތަކުން ހާމަކުރުމުގައިވެސް ހިފޭއްޓުމެއް ގެންގުޅެމުން އަންނަ ސުރުޚީ އެކެވެ. ފަހަކަށް އައިސް ސައޫދީ އެރޭބިއާއިން ޕާކިސްތާނުގެ ކުރިއަރާފައި މިލިޓްރީއާއެކު ގުޅުންތައް ބަދަހި ކުރަމުން ގެންދިއުމާއެކު މި ސުރުޚީގައި ކުލަޖެހެމުން އަންނަތަން ފެންނަން ފަށައިފިއެވެ. ސައޫދީ އެރޭބިއާގެ ސްޓްރާޓީޖިކް އެއާރބޭސްތަކަށް ޕާކިސްތާނުގެ ކުރިއަރާފައިވާ މިލިޓްރީ ޖެޓްތައް ގެނެވެމުންދާ މަންޒަރު އާންމުވާން ފަށައިފިއެވެ. އެމެރިކާއިން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމަކީ ގަލްފުގެ އަރަބި ގައުމުތަކުގެ އިގްތިސާދުގައި ކަރުބުރިކޮށްލުންކަމަށް އެ ގައުމުތަކުން ދެކެން ފަށައިފިއެވެ. އަދި އެމެރިކާއިން ފޯރުކޮށްދޭނެކަން ކަށަވަރުކޮށްދެމުން އަންނައިރު އެމެރިކާގެ މަގްސަދާ ދޭތެރޭ ސުވާލުތަކެއް އުފެދެމުންދާތަން އެބަ ފެނެއެވެ. އަރަބި ގައުމުތަކުގައި ފައި ގަދަކޮށްގެން ތިބެ އެ ގައުމުތަކުގެ މުއްސަނދި ކަމުގެ ނާޖާއިޒު ފައިދާ ނެގުމާއެކު އެ ގައުމުތަކުގެ ހަމައެކަނި އެކްސްޕޯރޓް ދޮރާށީގައި މަރު ތަޅުއެޅުވުމަކީ އެ ގައުމުތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް އައިސް ތިބި އެމެރިކާގެ މިލިޓްރީން ހެޔޮ ނިޔަތެއް ގައި ކޮށްފާނެ ކަމުގެ ސުވާލުތައް ގިނަވެއްޖެއެވެ.
ފައިސާއަކީ ސައޫދީ އެރޭބިއާއަށް މަދު ނުވާނެ އެއްޗެއްކަން މުޅި ދުނިޔެއިންވެސް ގަބޫލުކުރާނެއެވެ. ފައިސާ ޚަރަދުކޮށްގެން ކުރަންޖެހޭ ކަންތައްތަކަކީ ސައޫދީ އެރޭބިއާއަށް ދަތި އުދަނގޫ ކަމަކަށް ނުވެއެވެ. އެއީ ސަހަރާގެ ތެރޭގައި އާބާދީއެއް އަލުން ބިނާކުރުން ކަމުގައި ވިޔަސް ނުވަތަ ދުނިޔޭގެ އެންމެ ބިޔަ މުކާބު އިމާރާތް ކަމަށް ވިޔަސް ނުވަތަ ފަހަކަށް އައިސް ވަރަށްބޮޑު މަޝްހޫރު ކަމެއް ލިބިގެން ގޮސްފައިވާ ނިއޯމް މަޝްރޫއު ކަމަށްވިޔަސް އިމާރާތް ކުރުމުގެ އަގަކީ ސައޫދީ އެރޭބިއާއަށް މައްސަލައަކަށް ނުވެއެވެ. އެކަމަކު މި ހަގީގަތް ބަދަލުވަމުންދާކަމުގެ ކުލަވަރު ފަހަކަށް އައިސް ކޮންމެވެސް ވަރަކަށް ފެންނަމުންދާކަމަށް އިންކާރެއް ނުކުރެވޭނެއެވެ. ސައޫދީ އެރޭބިއާށް މިހާރުވެސް ފައިސާ ހޯދުމަކީ އުދަނގޫ ކަމެކޭ ނުބުނެވޭނެއެވެ. އެކަމަކު ކުރިއެކޭ އެއްގޮތަށް ފައިސާ ހޯދުމަކީ މާ ފަސޭހަކަމެކޭވެސް ނުބުނެވި ދާނެއެވެ.
ދުނިޔޭގައި އިމާރާތްކުރެވޭ އެންމެ ބިޔަ މުކާބު އިމާރާތް ކުރުން މިސާލެއްގެ ގޮތުން ބަލަމާ ހިނގާށެވެ. ކޮންމެ ފަރާތެއްގައި 1300 ފޫޓުގެ ދިގުމިން ހުންނަ ހަތަރެސްކަން އިމާރާތުގެ މަސައްކަތާއި ނިއޯމްގެ މަސައްކަތް ވަގުތީ ގޮތުން ވަނީ މަޑު ޖައްސާލާފައެވެ. ގައުމުގެ އެތެރޭގެ ބޮޑެތި މަޝްރޫއުތަކަށް ސައޫދީ އެރޭބިއާގެ މުއްސަނދި އިންވެސްޓްމެންޓް ފަންޑުން މިވަގުތު ޚަރަދު ކުރުން ހުއްޓާލަން ގަސްދުކޮށްފައިވާކަމަށް ބުލޫމްބާރގުން ރިޕޯރޓް ކޮށްފައި ވެއެވެ. މިއީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގާ ސައޫދީ އެރޭބިއާއިން އުފުލަންޖެހި ފައިވާ ބުރައެކެވެ.
އެމެރިކާގެ އަލްދަފްރާ މިލިޓްރީބޭސް ޔުނައިޓެޑް އަރަބް އެމިރެޓްސްގައި ގާއިމް ކޮށްފާ ހުންނަތާ ގިނަ އަހަރުތަކަކަށްފަހު އެމެރިކާއިން އެޕިކް ފިއުރީގެ ނަން ދީފައިވާ ހަނގުރާމަ އީރާނާ ދެކޮޅަށްފެށި ސާޅީސް ދުވަސް ފާއިތުވީތަނާހެން ގަލްފުގެ ރައްޔިތުންގެ ވިސްނުން ކުއްލިއަކަށް ބަދަލުވެގެންދާން ފެށުމުން އެމެރިކާގެ މިލިޓްރީ ހަނދު އޮއްސުން އުޑުމަތިން ދައްކާލައިފި ކަހަލައެވެ.
އަލްދަފްރާ އެއާރބޭސް ބަނދުކޮށް އެތަނުގައިތިބި އެމެރިކާގެ 3500 މިލިޓްރީން އެމިރެޓްސް އިން ބޭލުމަށް ގޮވާލަމުން ގެންދިއުން އާންމު ވުމުން ޕެންޓަގަން އަށް ލިބިގެންދިޔައީ ކުއްލި ހައިރާން ކަމެކެވެ.
އަބޫ ދާބީން އެމެރިކާ ޑޮލަރ އެއްފަރާތްކޮށް ޗައިނާގެ ޔުއާނުން ވިޔަފާރީގެ މުއާމަލާތުތައް ހިންގަން އިޚްތިޔާކުރުމުން ދޭހަވެގެންދަނީ އެމެރިކާގެ އެއާރބޭސްތަކާ ނުލައިވެސް އެމިރެޓްސްއަށް ސަލާމަތާ ރައްކާތެރިކަމާއެކު ދިރި އުޅެވިދާނެކަމެވެ. އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ މިލިޓްރީ ބޭސް ތަޅާ ސުންނާފަތިކުރަމުން ގެންދިއުމާއެކު އެމިރެޓްސް ދިފާއުކުރުމަށް ޓަކައި އެމެރިކާގެ މިލިޓްރީއަށް އެ ގައުމުން ޖާގަދިނުން ކޮންމެހެން ބޭނުންނުވާކަން އެނގިއްޖެއެވެ. މި ހިނގާ އޭޕްރިލް މަހުގެ 19 ވަނަދުވަހު އެމިރެޓްސްގެ ވަރަށް އިސް ވަފުދެއް އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް އާއެކު ބޭއްވި ވަރަށް ސިއްރު ބައްދަލު ކުރެއްވުމުގައި އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންގެންދާ ހަނގުރާމަ ދިގުލައިގެން ދާނަމަ ތެޔޮ ވިއްކުމުގައި ޗައިނާގެ ޔުއާން އިޚްތިޔާރު ކުރަން ޖެހިދާނެކަމަށް ވިދާޅުވެފައިވާކަން ޔޫ ކޭ އިންސައިޑަރުން ހާމަކޮށްފައި ވެއެވެ. އެމެރިކާގެ މާލީ ހަކަތަ ހުސްވަމުން ދިއުން ތަމްސީލު ކޮށްދޭ ފުރިހަމަ ނިޝާނެއް ކަމުގައި އެމެރިކާގެ 151 ބިލިއަން ޑޮލަރުގެ އަގުބޮޑު އެސެޓެއް ޔޫކްރެއިން ހަނގުރާމައަށް ފައިސާ ޚަރަދުކުރުމުގެ ބޭނުމުގައި ރަޝިޔާއަށް ދޫކޮށްލި ޚަބަރެއްވެސް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ލީކްކޮށްލާފައިވާ ލިއުންތަކެއްގެ ތެރޭން ފެނިއްޖެ ކަމަށް ވެއެވެ. އިސްލާމީ ދުނިޔެއަށް އެމެރިކާއިން ދައްކަމުން އައި މުނާފިގް އެކުވެރިކަން ހިފޭއްޓުމެއް ނެތި ވެއްޓިގެންދާ މަންޒަރު ބަހްރައިނުން ފެށިގެން އިންޑޮނޭޝިއާއާ ހަމަޔަށް މިހާރު ދަނީ ފެންނަމުންނެވެ.
އެމެރިކާ ވައިގެ ސިފައިންގެ ސްޓާފް ސާރޖެންޓް ކްރިސް ތޯންބަރީ އާއެކު އަބޫދާބީގެ ވަލީއަހްދުގެ މުޝީރެއްގެ މަގާމުގައި ހުންނެވި އަދި މިހާރު އެމިރެޓްސް ޔުނިވަރސިޓީގެ ޕްރޮފެސަރ އަބްދުލް ޚާލިގް އަބްދު ﷲ ދެއްކެވި ވާހަކައިގާ ވިދާޅުވެފައިވަނީ އެމިރެޓްސްގައި އެމެރިކާގެ މިލިޓްރީބޭސްތައް ގާއިމްކޮށްފައި ހުރުން ނިމުމަކަށް ގެންނަވީ ދުވަސް އަތުވެއްޖެ ކަމަށެވެ. އެމިރެޓްސް އަށް ބޭނުން ޖެހިއްޖެ ހިނދެއްގައި އެހެން ގައުމުތަކުންވެސް ހަތިޔާރު ގަންނަ އުސޫލުން އެމެރިކާއިންވެސް ހަތިޔާރު ގަނެވިދާނެއެވެ. އެމެރިކާގެ ބޭސްތަކަކީ އެމިރެޓްސްއަށް ފައިދާއެއް ކުރުމަށްވުރެން މާބޮޑު ބުރައެއް ކަމުގައި ވެއްޖެއެވެ. ޕްރޮފެސަރ އަބްދު ﷲ ގެ ވާހަކަފުޅުތައް ރޮއިޓާރސް އަށް ތިލަވެފައި މިވަނީ މެދުއިރުމަތީގައި މިހާރު ކުރެވެމުންދާ ހަނގުރާމަ އަދިވެސް ދިގުލައިގެން ހިނގައިދާނެގޮތް މެދުވެރިވެއްޖެނަމަ ދުނިޔޭގެ ފައިނޭންޝަލް ހަބެއްގެ މަގާމު ގެއްލި އަރައިގަތުން އުދަނގޫ މިންވަރަކަށް އެމިރެޓްސްގެ އިގްތިސާދު ވެއްޓިގެން ހިނގައިދާނެކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމާއެކު އީރާނުން ގަލްފު ސަރަހައްދުގައި ހުރި އެމެރިކާގެ މިލިޓްރީ ބޭސްތަކަށް ހަމަލާދީ އެތަންތަނުގެ ބޭނުން މިހާރު އޮތީ ނެތިކޮށްލާފައެވެ. އެމިރެޓްސްގެ އިގްތިސާދުގެ އެންމެ ބޮޑު ހިއްސާ ކަމުގައި ބެލެވޭ ތެލުގެ އާންމުދަނީ މިހާރު އެވަނީ މުޅިންހެން ބަންދު ކޮށްލާފައެވެ.
ނިއުޔޯރކް ޓައިމްސް އިން ބުނެފައިވާގޮތުގައި ވަރަށް އަވަހަށް ޕެޓްރިއަޓް މިސައިލް އާއި ޑްރޯން އަދި ޗިނޫކް ހެލިކޮޕްޓަރާއި އެއާރ ޓު އެ އާރ މިސައިލް އެމެރިކާއިން އެމިރެޓްސް އަށް ފޯރުކޮށްދޭނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް