ޗައިނާގެ ކުންފުންޏަކަށް ފާޚާނާ ތައްޓެއް ލާފައިވާ ކާރެއް އުފައްދަން ހުއްދަދީފި

Loading

Facebook
Twitter
WhatsApp

އާންމު ގޮތެއްގައި ސައިޒުން ބޮޑު ކާރު އުފައްދާ ޗައިނާގެ ކުންފުނި ”ސެއަރޒް“ އަށް، އެމީހުން އުފައްދާ ކާރެއްގައި ޚާއްސަ ފާޚާނާތައްޓެއް ހިމެނުމުގެ ހުއްދަ ދީފައިވާ ކަމަށް ޚަބަރު ލިބެއެވެ.ކާރުގެ ސީޓްގެ ދަށަށް ވައްދާ ނެރެވޭ ގޮތަށް ހަދާ ފާޚާނާ ތައްޓަކީ ދުރު ހިސާބުތަކަށް ދަތުރު ކުރާއިރު ފާޚާނާ އަށް ދާން ޖެހުމުން ބޭނުން ކުރެވޭ ގޮތަށް ބަހައްޓާ ތައްޓެކެވެ.


ފާޚާނާ ތަށި ނެރެވޭނީ ޚާއްސަ ސުއިޗަކަށް ފިތާލުމުންނެވެ.ނުވަތަ ވޮއިސް ކޮމާންޑުން ވެސް ނެރެވޭ ކަމަށް ކުންފުނިން ބުނެފައި ވެއެވެ.އަދި ތަށިބޭނުން ކުރުމުން ކާރުތެރޭގައި ނުބައިވަސް ދުވިޔަ ނުދިނުމަށްޓަކައި ޚާއްސަ ފަންކާ އަކާއި އެގްޒޯސްޓް ހޮޅި އަޅާފައި ހުންނާނެއެވެ. ނަޖިސް އެޅޭ ބައި ހަދާފައިވަނީ އަތުން ނައްޓާލައިގެން ގެންގޮސް ހުސްކޮށްލާ ގޮތަށެވެ.


ޗައިނާގައި އުފައްދާ އިލެކްޓްރިކް ވެހިކަލްތަކުގައި މިހާރުވެސް ތަފާތު އެއްޗެތި ހަރުކޮށްފައި ހުރުން އެއީ މިހާރަކަށް އައިސް އާންމު ކަމެކެވެ. މީގެތެރޭގައި މަސާޖް ކުރާ ގޮޑި އާއި ކަރައޯކޭ ސިސްޓަމް އަދި އައިސް އަލަމާރި ފަދަ ތަކެތި ހިމެނެއެވެ.
ސިއަރޒް ކުންފުންޏަށް ފާޚާނާ ތަށި ހިމަނައިގެން ކާރު އުފެއްދުމުގެ ހުއްދަ ލިބުނު ނަމަވެސް އަދި އެފަދަ ކާރު އުފައްދާ ބާޒާރަށް ނެރެވޭނެ ދުވަހެއް ނޭގޭ ކަމަށް ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް