އެމެެރިކާގެ އެންމެފަހުގެ އިންޒާރު އަތަށްގޮވައި ފަހުވަގުތު ހަނގުރާމަ ހުއްޓާލުން

Loading

Facebook
Twitter
WhatsApp

އީރާނު ދުނިޔޭގެ ޗާޓުގައި ދެން ނޯންނާނެކަން ދޭހަވާ ގިނަ ގޮތްގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވަމުންދިޔަ އިންޒާރުތަކަށް ވަގުތު ނިމުނީ މިހިނގާ އޭޕްރިލް މަހުގެ 7 ވަނަ ދުވަހުއެވެ.

ވަގުތު ކައިރިވަމުން ދިޔަ ވަރަކަށް ދުނިޔޭގެ ބައެއް މީޑިއާތަކާއި އަދި ބައެއް އިސްލާމީ މުޖުތަމާތަކުގައި ބިރުވެރިކަން ދިޔައީ ބޮޑުވަމުންނެވެ. ގިނަ އިސްލާމީ މުޖުތަމާތަކުގައި އީރާނުގެ ސަލާމަތަށްޓަކައި އެރޭގެ ގިނަ ވަގުތުތަކެއް މާތް ﷲ އަށް ދުއާކުރުމުގައި ހޭދަކުރިއެވެ. ހީރޯޝިމާއާއި ނާގަސާކީގެ ހަނދާންތަކުން އިތުރު ބިރުވެރިކަން އުފައްދަމުން ދިޔައެވެ. އެމެރިކާއިން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެތީއެވެ. ’ މޮޔަ ކުއްތާ ’ އަކު ނުކުރާނެ ކަމެއް ނޯންނާނެއޭ ބުނެ އެމެރިކާގެ ބައެއް މީޑިއާތަކުންވެސް ރައީސް ޓްރަމްޕް އަށް މުޚާތަބު ކޮށްފައި ވެއެވެ.
އެމް އެސް ނައު ނުވަތަ ކުރީގެ އެމް އެން އެސް ބީ ސީ ގެ ޚަބަރުގައި އެމެރިކާގެ އެންމެ މަޝްހޫރު 3 މީޑިއާއިން ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުން ސިފަކޮށްފައިވަނީ ތިން ގޮތަކަށެވެ.
އީރާނުގެ ތާރީޚުގައި މީގެ ކުރިން ދުވަހަކުވެސް ދެކިފައިނުވާ މިންވަރަކަށް އެރޭގައި އީރާނުގެ ސިވިލައިޒޭޝަން ނިމިގެންދާނެކަމުގެ ބިރުވެރި އިންޒާރު ރައީސް ޓްރަމްޕް ވަނީ ދެއްވާފައެވެ. ރައީސް ޓްރަމްޕްގެ އިންޒާރުގައި ބޭނުންކޮށްފައިވާ ބަސްމަގަކީ ލަދުހަޔާތުގެ ކަންފުޅެއްވެސްނެތް ޖާހިލު ގަމާރަކުވެސް ދުލުން ބޭރުކުރުމުގެކުރިން އަލުން ވިސްނާނެ ބަހުރުވައެކެވެ. އީރާނުގެ މުޅި ހަޟާރަތު ނެތިކޮށްލާނެކަމަށް ރައީސް ޓްރަމްޕް ދެއްވި މި އިންޒާރާއެއްގޮތަށް އަމަލުކޮށްފިނަމަ އެއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ސެނެޓަރ ކްރިސް މާރފީ ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނުގެ މި އިންޒާރަށް މުޅި ދުނިޔެއިން ދިޔައީ ދެކޮޅު ހަދަމުންނެވެ. އެހެންނަމަވެސް އެންމެފަހު ވަގުތު ރައީސް ޓްރަމްޕް އަށް ޖެހިވަޑައިގެންނެވީ އީރާނަށް ހަމަލާދިނުމުގައި ފަހަތުފަޔަށް ބުރަވެ ހަމަލާދިނުމުން އެކަހެރިވުން ކަން ދޭހަވާ މޭރުމަކުން ސީ އެން އެންގެ އެރިކް ބަރނެޓް އައުޓް ފްރަންޓްގައި ބުނެފައިވެއެވެ. އެމް އެސް ނައު ނުވަތަ ކުރީގެ އެމް އެން އެސް ބީ ސީ އެންމެ ފަހުގެ ޚަބަރުގައި އީރާނުން ހޮރްމުޒް ކަނޑުއޮޅި ހުޅުވުން ޝަރުތުކޮށް ދެ ހަފުތާގެ މުއްދަތަކަށް އެމެރިކާއިން އީރާނަށް ބޮން އެޅުން މެދު ކަނޑާލަން ރައީސް ޓްރަމްޕް އެއްބަސްވެފައިވާކަމަށް ވިދާޅުވުމުން އެނގިގެންދިޔައީ އެމެރިކާގެ ރައީސަށް އެންމެ ފަހުން ޖެހިވަޑައިގެންނެވީ ހޮރަށްވަދެ ބޮނދަން ކަމަށް އެމެރިކާގެ ޕޮލިޓިކަލް ސްޓްރާޓިޖިސްޓް ސިނޯމް ސޭންޑަރ ޓައުންސެންޑް ބުނެފައިވެއެވެ. އެކަމަކު ރައީސް ޓްރަމްޕްއާއެކު ފޯނުން ދެއްކި ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އީރާނުން ހަތިޔާރު ބަހައްޓަން ޖެހުނީކަން ދޭހަވާ މޭރުމަކުން ރައީސް ޓްރަމްޕް ވިދާޅުވިކަމަށް ފޮކްސް ނިއުސްގެ ލައުރާ އިންގްރަހަމް ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް މަޝްވަރާތައް ކުރެވެމުންދާނީ ފަސޭހަ ރާސްތާއެއްގައި ނޫންކަމަށާއި ރައީސް ހުންނެވީ އެވާހަކަތައް ކާމިޔާބުވެ އެއްބަސްވުމަކަށް ވެގެންދިއުމަށް އެދި ވަޑައިގެންކަމަށްވެސް އެ ކަމަނާ ބުނެފައިވެއެވެ.
ވަގުތީ ގޮތުން ހަމަލާތަށް ދިނުން މަޑުޖައްސާލަން ވެވިފައިވާ އެއްބަސްވުމާބެހޭގޮތުން ކުރެވެމުންދާ މަޝްވަރާތަކަށް އީރާނުންވަނީ 10 ޝަރުތެއް ކަނޑައޅާފައެވެ. އެ ޝަރުތުތަކަކީ:
ހ. އީރާނާދެކޮޅަށް އެމެރިކާއިން ދުވަހަކުވެސް މިލިޓްރީ ހަމަލާއެއް ނުދިނުން
ށ. ހޮރްމުޒް ކަނޑުއޮޅިއަކީ އީރާނުގެ އިސްތިގްލާލްގެ ދަށުގައި އޮތްތަނެއްކަން ގަބޫލުކުރުން
ނ. އީރާނުން ބޭނުންވާ މިންވަރަކަށް ނިއުކްލިއަރ ގާބިލުކަން ލިބިފައި އޮންނަންޖެހޭކަން އެއްބަސްވުން.
ރ. އީރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލުން.
ބ. އީރާނާ ދެކޮޅަށް ޔުނައިޓެޑް ނޭޝަންސް އިން ފާސްކޮށްފައިވާ ހުރިހާ ގަރާރެއް އުވާލުން.
ޅ. ޔުނައިޓެޑް ނޭޝަންސްގެ ސެކިއުރިޓީ ކައުންސިލް އިން އީރާނާދެކޮޅަށް ފާސްކޮށްފައިވާ ހުރިހާ ގަރާރެއް އުވާލުން
ކ. އީރާނާދެކޮޅަށް ބައިނަލް އަގްވާމީ ހަކަތައާބެހޭ އޭޖެންސީގެ ގަވަރނަރުންގެ ފާސްކުރުންތައް އުވާލުން.
އ. ހަނގުރާމައިގެ ސަބަބުން އީރާނަށް ލިބިފައިވާ އެންމެހާ ގެއްލުންތަކަށް ފުރިހަމައަށް ބަދަލު ދިނުން.
ވ. މެދުއިރުމަތީގައި ތިބި އެމެރިކާގެ އެމެރިކާ ލަޝްކަރުތަކާއި ވަސީލަތްތައް އެ ސަރަހައްދުން ބޭރުކުރުން.
މ. ޔަމަނާއި އިރާގާއި އަދި ލެބަނަންވެސް ހިމެނޭގޮތުގައި މީގެ ފަހުން އެއްވެސް ދެކޮޅުވެރި ހަމަލާއެއް ނުދިނުން
މި ހުރިހާ ޝަރުތުތަކަކަށް އެއްބަސްވެ ވައިޓްހައުސްއިން މިހާތަނަށް ސޮއިކޮށްފައެއް ނުވެއެވެ. އެކަމަކު އެއީ މަޝްވަރާކުރެވި އެއްބަސްވުމަކަށް އާދެވިދާނެ ޝަރުތުތަކެއް ކަމަށް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ހޮރްމުޒް ކަނޑުއޮޅި ބައިނަލް އަގްވާމީ ދަތުރުތަކަށް ހުޅުވައި އޮޕަރޭޓްކުރުމުގައި އީރާނާއެކު ޖޮއިންޓް-ވެންޗަރ އެއް އުފައްދަން ގަސްދުކުރައްވާކަން ރައީސް ޓްރަމްޕް އޭ ބީ ސީ ނިއުސް ގައި ވިދާޅުވުމުން އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން ޓޯލްފީއެއް ނަގާނެކަން އީރާނުން އިއުލާން ކޮށްފައިވާތީ ރައީސް ޓްރަމްޕްއަށް ސުވާލު ދެންނެވުމުން “ އިޓް އިޒް އަ ބިއުޓިފުލް ތިންގ “ ކަމަށް ވިދާޅުވިއެވެ. އެކަމަކު އީރާނުން ޔޫރޭނިއަމް ފައްކާކުރަން އެއްބަސް ނުވެވޭނެ ކަމަށް ވިދާޅުވިއެވެ.
ވަގުތީގޮތުން ހަމަލާތައް ހުއްޓާލުމަށްފަހު ދާއިމީ ސުލްހައަށް ކުރެވޭ މަޝްވަރާތަކުގައި އީރާނުން ކަނޑައަޅާފައިވާ ޝަރުތުތަކުގެ “ ކާލާ މަންނަ “ އަދިވެސް އޮތީ އީރާން އަތުގައިކަމަށް ސީ އެން އެން ގެ ސިޓުއޭޝަން ރޫމްގައި ވާހަކަދައްކަމުން ނޭޓޯގެ ކުރީގެ ކޮމާންޑަރ ޖޭމްސް ސްޓާރިޑިސް ބުނެފައިވެއެވެ. އެއީ ހޮރްމުޒް ކަނޑުއޮޅިއާއި އީރާނުން މުއްސަނދިކޮށްފައިވާ 1000 ރާތާ ޔުރޭނިއަމް ކަމަށް އޭނާ އިޝާރާތްކޮށްފައި ވެއެވެ.
ހޮޜްމުޒް ކަނޑުއޮޅިއަކީ ނިއުކްލިއަރަ ހަތިޔާރު ލިބިފައިވުމަށްވުރެން ބާރުގަދަ ހަތިޔާރެއްކަން އީރާނަށް ލިބިފައި އޮތުންކަން އަބަދުވެސް އީރާނަށް އެނގޭކަމަށް ރިޕަބްލިކަން ސެނެޓް ޖޭކް އައުކިންކްލޮސް ފޮކްސް ނިއުސްގައި ވާހަކަދައްކަމުން ބުނެފައިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް