އެންމެ ބިރުވެރި އިންޒާރުގެ ދުވަހު އީރާނުގެ ރައްޔިތުން ފިލަން ހޮރުހޮރަކަށް ނުވަދޭ

Loading

Facebook
Twitter
WhatsApp

ކިއުންތެރިންނަށް މިގެނެސްދެނީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމާގައި ފެންނަމުންދާ މަންޒަރުތަކާ ދޭތެރޭ އިންޑިއާގެ ރިޕަބްލިކް މީޑިއާ ނެޓްވާރްކްގެ މަޝްހޫރު އެޑިޓަރ އިން ޗީފް އަރްނާބް ގޯސްވާމީގެ ދިރާސާގެ ބައެއް އުސް އަލިތަކެވެ. ހަނގުރާމައިގާ ލިބޭ ގެއްލުންތަކުގެ ހަގީގަތް ހާމަވެގެން ދާނީ ގިނަ ދުވަސްތަކެއްގެ ފަހުންނެވެ. ދުވަހުން ދުވަހަށް ހިނގާ ހަރަކާތްތައް ދެނެގަތުމަށް ޓަކައި އެނަލިސްޓުންގެ ހޯދުންތަކުން މުހިންމު ދައުރެއް އަދާކުރާނެއެވެ.


އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ ރައީސް ޓްރަމްޕްއަށް ގޮތް ހުސްވެ ހާސްވެފައިވާ މިންވަރު އަންގައިދޭ 10 ނިޝާނެއް އަރްނާބް ގޯސްވާމީ ވަނީ ހާމަކޮށްފައެވެ.
ހ. އީރާނުގެ އެއާރ ޑިފެންސް ނިޒާމްތައް ޒަމާނީ ފެންވަރަށް ގެނެސްފައި ވުމާއެކު އެމެރިކާގެ ފައިޓަރ ޖެޓްތަކަށް ރައްކާތެރިކަން ގެއްލިގެން ދިއުމާއި އެމެރިކާގެ ފަޚްރު ކަމުގައި ހިމެނޭ ފައިޓަރ ޖެޓްތައްވެސް ހިމެނުން ފާހަގަ ކުރެވެއެވެ. އީރާނުގެ ކާމިޔާބީގެ ފަހަތުގައި އެހެން ގައުމެއްގެ އެހީ މިކަމުގައި ލިބޭ ކަމުގެ ތުހުމަތު ކުރެއްވެވުމަކީ އެއީ އަދި އެހެން ކަމެކެވެ.
ށ. ސަޢޫދީ އެރެބިޔާގެ ޕްރިންސް ސުލްތާން އެއަރބޭސް އަށް ހަމަލާދީ އެތަނުގައިހުރި ރިފިއުލިންގ ޓޭންކަރ އެއާރކްރާފްޓްތައް ނައްތާލުމާއިއެކު 700 މިލިއަން ޑޮލަރުގެ އަގުބޮޑު ހަނގުރާމައިގެ އެއާރކްރާފްޓް އީރާނުން ނައްތާލުމަކީ އާދައިގެ ކަމެއް ނޫނެވެ.
ނ. އެޕްސްޓީން ފައިލްތަކުގެ ބިރުވެރިކަމުގައި ރައީސް ޓްރަމްޕްގެ އެންމެ މަގްބޫލު ބަންޑާރަ ނައިބް މަގާމުން ދުރުކުރުމާއި އަދި މިލިޓްރީގައި ހިމެނޭ އެންމެ އިސް ޖެނެރަލުން ވަޒީފާއިން ވަކިކުރުމާއި އަދި ޖޯ ކެން އިސްތިއުފާ ދިނުމާއި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ މައިކް ވޯލްޓްޒް ވަކިކުރުމާއި އެމެރިކާގެ މިލިޓްރީ ޗީފް އޮފް ސްޓާފް މަގާމުން ވަކިކުރުމަކީ ސަރުކާރަށް ގޮތް ހުސްވަމުންދާކަމުގެ ވަރަށްބޮޑު ނިޝާންތަކެވެ. ލިސްޓްގައި ދެންހުރި އިސް ނަންތަކުގެ ތެރޭގައި ސީ އައި އޭގެ އެންމެ އިސް ވެރިޔާ ކޭޝް ޕަޓޭލް އާއި ލޭބަރ މިނިސްޓަރ ލޯރީ ޗާވޭޒް ނަން ފާހަގަކުރެވެއެވެ.
ރ. އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ރައީސް ޓްރަމްޕް އަދި ނައިބް ރައީސް ވޭސް ގެ ޚިޔާލު ތަފާތު ވެފައިވުމަކީވެސް ބޮޑުކަމެކެވެ.
ބ. އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންގެންދާ ހަނގުރާމައިގާ ނޭޓޯގެ ލަޝްކަރުތަކުން ބައިވެރިވުމަށް ނުރުހުމާއި އެބޭފުޅުންގެ ވިސްނުންފުޅު ތަފާތު ވެފައިވުން، އަދި ފްރާންސްގެ ރައީސް މެކްރޯން ސްޕޭންގެ ރައީސް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ތުރުކީގެ ރައީސް އެ ހަނގުރާމައަށް ދެކޮޅު ހެއްދެވުމަކީވެސް ފާހަގަކުރަންޖެހޭ ކަމެކެވެ.
ޅ. އީރާނުގެ މިސައިލްތައ ހުސްކޮށްލުމާއި ކައިރިވެއްޖެ ކަމަށް އެމެރިކާއިން ދުވާލު ދެ ދަޅައަށް ޢިއުލާން ކުރަމުން ގެންދާއިރު އީރާނުން ދެމުންގެންދާ މިސައިލް ޙަމަލާތައް ދުވަހެއް ދުވަހަށް އިތުރު ވަމުން ދިއުމަކީ އެމެރިކާއަށް ވާނުވާ ނޭންގުމޭވެސް ބުނެވިދާނެއެވެ. ރަޝިޔާއާއި ޗައިނާއިން އީރާނަށް ލިބެމުންދާ އެހީތަކުގެ އިތުރުން އަދަދު ނުކުރެވޭހާ ގިނަ ތަފާތު މޮޑެލްތަކުގެ މިސައިލްއާއި ޑްރޯންތައް އީރާނަށް ލިބެމުންދާ ކަމަށްވެސް އެމެރިކާއިން ތުހުމަތު ކުރެއެވެ.
އަތްނާބް ގޯސްވާމީގެ ނަޒަރުގައި ބޮން އަޅައިގެން ރައީސް ޓްރަމްޕްއަކަށް އީރާން ރައްޔިތުންގެ ސިވިލައިޒޭޝަން ނައްތައެއް ނުލެވޭނެއެވެ. މިކަމަށް ހެކި ދައްކަމުން އޭނާ ބުނެފައިވެއެވެ. އީރާނުގެ ވެރިކަން ބަދަލުކުރަން މިހާތަނަށް ރައީސް ޓްރަމްޕް ކުރެއްވި މަސައްކަތުން އެކަންތައް ކާމިޔާބު ނުކުރެވުނު ކަމަށް އެމަނިކުފާނު ވަނީ އިއުތިރާފްވެ ވަޑައިގެންފައެވެ. އޭގެ ބަދަލުގައި އިންޒާރު ދެއްވީ އީރާނުގެ ސިވިލައިޒޭޝަން ދުނިޔޭގެ ބިމުން ފޮހެލާނެ ކަމަށެވެ.
އީރާނުގައި ފައްކާކޮށްފައިހުރި ޔުރޭނިއަމް އަތުލައި ނުގަނެވުނު ކަމަށް އެއްބަސްވެ ވަޑައިގަތުމާ އެކުވެސް އިންޒާރު ދެއްވީ އީރާނުގެ ސިވިލައިޒޭޝަން ދުނިޔޭގެ ބިމުން ފޮހެލާނެ ކަމަށެވެ. ބާރުގެ ބޭނުންކޮށްގެން ހޮރްމުޒް ކަނޑޮއޮޅި ހުޅުވުމަށް ނުކުޅެދިފައިވާކަން ވިދާޅުވުމާއެކު އަނެއްކާވެސް އިންޒާރު ދެއްވީ އީރާނުގެ ސިވިލައިޒޭޝަން ދުނިޔޭގެ ބިމުން ފޮހެލާނެ ކަމަށެވެ.
އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ހަމަބިމަށް ތިރިކުރަން ކުރި މަސައްކަތްވެސް ނާކާމިޔާބު ވެއްޖެކަމަށް ގަބޫލުކުރައްވާކަން އިއުލާން ކުރެއްވުމާއެކު އަނެއްކާވެސް އިންޒާރު ދެއްވީ އީރާނުގެ ސިވިލައިޒޭޝަން ދުނިޔޭގެ ބިމުން ފޮހެލާނެ ކަމަށެވެ. އަބަދުވެސް އީރާނުގެ ސިވިލައިޒޭޝަންގައި އަޅައިގަނެގެންނެވެ. އެމެރިކާއަކީ ގަދީމީ ޒަމާނުއްސުރެން އެއްވެސް ސިވިލައިޒޭނެއް ނެތް މިޝްމަޝް ( އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައިއޮތް ) ގައުމެއް ކަން ދުނިޔެއަށް އެނގެއެވެ.
ގައުމުގެ ތާރީޚަކީވެސް ހަމައެކަނި 250 ވަރަކަށް އަހަރެވެ. ދާދި ފަހަކާ ޖެހެންދެން އެއްވެސް އިންތިޚާބެއްގައި އަންހެނުން ވޯޓު ދިނުމުގެ ހައްގުވެސް ނޯވެއެވެ. މީގެ 150 ވަރަކަށް އަހަރާ ހަމަޔަށްވެސް އެމެރިކާއަކީ ނަސްލީ އިމްތިޔާޒްތަކުގައި ބައިބައި ވެފައިވާގައުމެކެވެ. އެމެރިކާގައި ނެތްކަމަށް އެންމެބޮޑަށް ފާހަގަކުރެވެނީ ނައްތާލާނެކަމަށް އެބުނާ ސިވިލައިޒޭޝަނެކެވެ. ރައީސް ޓްރަމްޕްގެ ހަސަދަވެރިކަމުގެ އަސްލަކީ މިއެވެ. އެމެރިކާއަށް ލިބިފައި ނެތް އެއްޗެއް އީރާނުގެ ފަޚްރެއް ކަމުގައި ބެލެވުމެވެ.
ތަންކޮޅެއް ކުރީގެ ތާރީޚަކަށް ވިސްނާލާއިރު އެމެރިކާއިން ނިއުކްލިއަރ ބޮން އަޅައިގެންވެސް ޖަޕާނުގެ ސިވިލައިޒޭޝަން ނައްތާ ނުލެވުނެވެ. މިއީ ހަނދާނަކުރަންޖެހޭ ފިލާވަޅުތަކެކެވެ. ސިވިލައިޒޭޝަނަކީ ނިދިން ހޭލެވޭ އިރު ލިބިފައި އޮންނައެއްޗެއް ނޫނެވެ. އެއީ ޒަމާންތަކެއްގައި ކުރި ޖިހާދުތަކަކާއި ވެގެންދިޔަ ގުރުބާނީތަކެއްގެ ސަބަބުން ޙާސިލު ކުރެވިފައިވާ އެއްޗެކެވެ. މާދަރީ ބަހާއި ރޫހާނީ އާދަކާދައާއި މަގު ދެއްކުމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި މިކަހަލަ އެތައް ކަމެއް ހިމެނިފައިވާ އެއްޗެކެވެ.
އެމެރިކާގެ ރައްޔިތުންގެ މެދުގައި ރައީސް ޓްރަމްޕްގެ އަގުވެއްޓި ވެއްޔާ މޮޑެވިގެން ދާއިރު އެންމެ އަރިހުގައި ތިއްބެވި ދިފާއީ ވަޒީރާއި ޚާރިޖީ ވަޒީރު ހުންނެވީ ލަދުން ހަދާނެގޮތެއް ނެތިފައެވެ. އީރާނުގެ ބްރިޖްތަކާއި ކަރަންޓް އުފައްދާ ތަންތަން ބިމާހަމަކޮށްލާނެ ކަމަށް ރައީސް ޓްރަމްޕް ތަކުރާރުކޮށް އިންޒާރުދިނީމާ ފެނިގެންދިޔައީ އީރާނުގެ އާންމު ރައްޔިތުންނާއި ސަރުކާރުގެ އެންމެ އިސްވެރިންނަށް ދާންދެން މަގުތަކާއި ބްރިޖްތަކާއި ކަރަންޓް އުފައްދާ ސެންޓަރތައް ފުރާލިތަނެވެ. އީރާނުގެ ޙަމަލާތަކަށް ފިލަން އިސްރާއީލުގެ ރައްޔިތުންނަށް އެ ގައުމުގަ ސަރުކާރުން އަމުރު ކުރެވިގެންދިޔަ ގޮތަށް ހޮރުހޮރަށް ވަދެ ފިލާކަށް އަމުރެއް ނުކުރެއެވެ. އީރާނުން ހާމަކޮށްދިނީ ގައުމަކީ ރައްޔިތުން ކަމެވެ. ރައްޔިތުން ނެތިއްޖެ ޙާލަތެއްގައި ގައުމެއް ނޯންނާނެ ކަމެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް