އީރާނުން ހަނގުރާމަކުރަނީ ދިރިދެމިތިބުމަށްޓަކައެވެ. އެކަމުގައި ފަހަތަށް ނުޖެހޭނެއެވެ.

Loading

Facebook
Twitter
WhatsApp

އީރާނުގެ ޚަރްގް ޖަޒީރާގެ ތެޔޮ ވަޅުތަކަށް ލޯއަޅައިގެން ހުންނަވާ އެއްގަމު މަގުން އެ ޖަޒީރާއަށް އަރާގަތުމަށްޓަކައި އެމެރިކާގެ ރައީސް ގެންދަވަނީ ގަލްފް ސަރަހައްދަށް އެމެރިކާގެ ސިފައިން ޖަމާކުރަމުންނެވެ. އީރާނުގެ ސާފު ނުކުރާ ތެލުގެ ބޮޑު ހިއްސާއެއް އެކްސްޕޯރޓް ކުރެވެނީ ޚަރްގް ޖަޒީރާތެރެއިން ލާފައެވެ. އަދި އީރާނުން ޚޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނަމަ އެމެރިކާގެ ހޫނު ހަމަލާތަކެއްގެ ވާރޭ އީރާނުގެ މައްޗަށް ވެހިގަންނަން ފަށާނެކަމަށް ވެސް ރައީސް ޓްރަމްޕް ވަނީ އިންޒާރު ދީފައެވެ.

ޚަރްގް ޖަޒީރާއަކީ އީރާނުގެ އިގްތިސާދުގެ މައި ނާރުކަމުގައި ބެލެވޭއިރު އެމެރިކާ ސިފައިން އެއްގަމު މަގުން އެ ޖަޒީރާއަށް އަރައިގަތުމަކީ އެއްވެސް ހާލެއްގައި އީރާނުން ފުރުސަތު ދޭނެ ކަމެއް ނޫނެވެ. އަދި ކޮންމެ އަގެއް އަދާކޮށްގެންވެސް އީރާނުން އެކަން ހުއްޓުވާނެއެވެ.

ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 22000 ބޮން އެމެރިކާއާއި އިސްރާއީލުން ވަނީ އީރާނަށް އަޅާފައެވެ. މި ހަމަލާތަކުގެ ސަބަބުން އީރާނަށް ވަރަށް ބޮޑު ގެއްލުމާއި ނިކަމެތިކަން ލިބިފައިވާކަން ގަބޫލު ކުރެވެއެވެ. އެކަމަކުވެސް އީރާނަށް ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން އެމެރިކާއާއި އިސްރާއީލަށް ދެމުންގެންދާ ގެއްލުންތައްވެސް މަދެއް ނޫންކަން ގަބޫލުކުރަން ޖެހެއެވެ. އެމެރިކާގެ ސިފައިން އެއްގަމު މަގުން ޚަރްގް ޖަޒީރާއަށް އަރާގަތުމަށް ކުރާ މަސައްކަތުގެ ސަބަބުން ހަނގުރާމައިގެ ހާލަތު މިހާރަށްވުރެންބޮޑަށް ގޯސްވެގެންދާނެ ކަމަށް ގަލްފުގެ ހާލަތު ދިރާސާކުރައްވާ އެމެރިކާގެ މިލިޓްރީ ތަޖްރިބާ ކާރު އެނަލިސްޓުން ގެންދަނީ އިންޒާރު ދެމުންނެވެ. އެމެރިކާ ހުއްޓުވުމަށްޓަކައި މައިގަނޑު ގިނަ ގޮތްތަކެއް އީރާނުން އިޚްތިޔާރު ކުރާނެކަމަށް ތަޖްރިބާކާރު އެނަލިސްޓުން ފާހަގަކުރެއެވެ. އޭގެ ތެރޭގައި އެމެރިކާ ސިފައިނަށް ޚަރްގް ޖަޒީރާއަށް އެރުމާއެކު އީރާނުން ސީދާ ކުރިމަތި ލުމަކަށް ދިއުން ހިމެނެއެވެ. ޚަރްގް ޖަޒީރާ އޮންނަނީ އީރާނުގެ މެއިން ލޭންޑުންފެށިގެން ވިއްސަކަށް މޭލުތެރޭގައެވެ. މިހާރުވެސް އީރާނުގެ އިންގިލާބީ ސިފައިނެ ލަޝްކަރުތައް އެ ޖަޒީރާގައި ތިބޭނެ ކަމާއި އެ ލަޝްކަރުތަކާ ކުރިމަތިލާން ޖެހުމުގެ އިތުރުން އީރާނުގެ އެއްގަމުމަގުން ޑްރޯންއާއި މިސައިލްތަކުގެ ސީދާ އަމާޒަކަށް އެމެރިކާ ސިފައިން ވެގެންދިއުމުގެ ބިރުވެރިކަން ވަރަށް ބޮޑު ކަމުގައި ހަޑްސަން އިންސްޓިޓިއުޓުގެ ސީނިއަރ ފެލޯ ބްރަޔަން ކްލާރކް ދަ ހިލް އަށް މައުލޫމާތު ދީފައިވެއެވެ. އަދި އެ ޖަޒީރާގައި އައީ އީ ޑީ އާއި މައިންތަކާއި އެހެނިހެން ސަރޕްރައިޒަސްތަކާ އެމެރިކާ ސިފައިން ކުރިމަތިލާންޖެހޭނެއެވެ. އެމެރިކާ ސިފައިން އެ ޖަޒީރާއަށް އަރައިގަންނާނެ ފުރުސަތު ލިބި އީރާނުގެ ލަޝްކަރުތަކާއި ކުރިމަތިލާން ޖެހޭހިނދު އެ ޖަޒީރާގެ ވަސީލަތްތަކަށް ގެއްލުން ލިބިގެންދާނެކަން އީރާނުގެ ސިފައިންނަށް އެނގޭނެއެވެ. އެ ލިބޭ ގެއްލުމުގެ ބަދަލުގައި އެމެރިކާސިފައިންގެ ފުރާނައިން ފުރިހަމަ އަގުއަތުލާނެ ކަމަށްވެސް އޭނާ މައުލޫމާތު ދީފައި ވެއެވެ.އީރާނުން ރޮކެޓާއި ޑްރޯން އާއި މިސައިލް އަދި ފާސްޓް އެޓޭކް ބޯޓުތައް ބޭނުންކޮށްގެންވެސް އީރާނުން އެމެރިކާ ސިފައިންނަށް ހަމަލާދޭނެކަމަށް އެޓްލާންޓިކް ކައުންސިލްގެ ފަރާތުން ވާހަކަދެއްކި ކުރީގެ ޕެންޓގަން އޮފިޝަލް ޖޯ ކޮސްޓާވެސް ދަ ހިލް އަށް ކިޔާދީފައި ވެއެވެ. ގަލްފް ސަރަހައްދުގައިހުރި އެމެރިކާގެ ވަސީލަތްތަކަށް އީރާނުން ދެމުންގެންދާ ހަމަލާތަކަށް ބަލާއިރު ޚަރްގް ޖަޒީރާއަށް އަރާގަންނަން އެމެރިކާއިން ކުރާ މަސައްކަތް ހުއްޓުވުމަކީ އީރާނަށް ނުކުރެވޭނެ ކަމެކޭ ނުބުނެވޭނެކަމަށްވެސް އޭނާ ކިޔާދީފައި ވެއެވެ. އަދި އީރާނުން އިތުރު ސިފައިން ބޭނުންވެއްޖެ ހިނދެއްގައި ޚޮރްމުޒް ޖަޒީރާގެ ސެކިއުރިޓީ ބަލަހައްޓަން ތިބި 190000 ސިފައިންގެ ލަޝްކަރުން ބައެއް ޚަރްގް ޖަޒީރާއަށް ބަދަލުކޮށްލަންވެސް ވަގުތެއް ނުނަގާނެއެވެ. އެމެރިކާ ސިފައިންގެ އިންތިޒާރުގައި އީރާނުގެ ވަރަށް ގިނަ “ އަލިފާން ރޯކުރުމާއި އެހެނިހެން ދަންތޫރަތައް ތައްޔާރުކޮށްފައި “ ހުންނާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަން ހާމަކޮށް މިޑްލް އީސްޓް އިންސްޓިޓިއުޓްގެ ސީނިއަރ ފެލޯ ޖެސަން ކޭމްބެލް ދަ ހިލް އަށް މައުލޫމާތު ދީފައިވެއެވެ. އޭނާދިން މައުލޫމާތުގައި އެމެރިކާ މިލިޓްރީގެ ގިނަ ބަޔަކަށް އަނިޔާލިބި މަރުވެގެން ދިއުމަށްވުރެން ބޮޑަށް އެމެރިކާގެ ރައްޔިތުން ރައީސް ޓްރަމްޕް އާއި ދެކޮޅަށް ނިކުންނާނެ އެހެން ގޮތެއް ނޯންނާނެކަންވެސް އީރާނުގެ މިލިޓްރީންނަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރިމަތި ވެފައިވަނީ ވަގުތީ ދަތިކަމެއް ކަމަށް ރައީސް ޓްރަމްޕް ވިދާޅުވަމުން ގެންދެވިނަމަވެސް އިގްތިސާދީ ތަޖްރިބާ ކާރުންގެ ރައުޔު ވަރަށް ތަފާތެވެ. ހަނގުރާމައިގާ ބައިވެރިވާކަމަށް އީރާނުންދެކޭ ގައުމުތަކުގެ ތެޔާއި އަދި އެއަރޕޯރޓާއި ފެން ޕްލާންޓަފަދަ ބައެއް ސިވިލް އިންފްރާސްޓަކްޗަރ ފަދަ ތަންތަނަށް އިއާދަނުކުރެވޭފަދަ ބޮޑެތި ގެއްލުން ދިނުމުގެ ބިރުވެރިކަންވެސް ދާނީ ބޮޑުވަމުންކަން ކެޓޯ އިންސްޓިޓިއުޓްގެ ޑިފެންސް އެންޑް ޕޮރިން ޕޮލިސީ ރިސާރޗް ފެލޯ ޖޮން ހަފްމަން ކިޔާދީފައި ވެއެވެ. އީރާނުން ވަނީ އެކަން ކުރާނެކަމަށްވެސް ބުނެ މިހާރުވެސް ގެންދަނީ އެފިޔަވަޅުތަކަށް ތައްޔާރުވަމުންނެވެ. ދާދިފަހުން އިސްރާއީލުގެ އެންމެ ބިޔަ ޕަވަރ ސްޓޭޝަން ގޮއްވާލުމުން ފިލާވަޅު ލިބިގަންނަން ޖެހެއެވެ. އީރާނުން ހަނގުރާމަ ކުރަނީ ދިރި ދުނިޔޭގައި ތިބުމުގެ މަގްސަދުގައެވެ. އެކަމަށްޓަކާ ކޮންމެ ހުރަހެއް އެ ގައުމުން ގިރާކުރާނެ ކަމަށްވެސް ކެމްބަލް ކިޔާދީފައި ވެއެވެ. ހަނގުރާމަ ދިގުލަމުންދާ ކޮންމެދުވަހަކު ދުނިޔެއަށް ކުރިމަތިވަމުންދާ އިގްތިސާދީ ދަންމަޅި ރައީސް ޓްރަމްޕްގެ ކަރުފުޅަށް ބާރުވަމުން ދާނެއެވެ. އެމެރިކާއާއި އިސްރާއީލުން ފަށާފައިވާ މި ހަނގުރާމައިގާ މިހާރުގެ ހާލަތަށް ބަލާއިރުވެސް އީރާން ބަލިކުރުމަކީ އެމެރިކާއާއި ބައިވެރިންނަށް ވަރަށް އުދަނގޫ ކަމަކަށް ވާނެއެވެ. މިސާލަކަށް ހޫތީ މުޖަހިދުންނާ ދެކޮޅަށް އެމެރިކާގެ ފުރިހަމަ އެއްބާރުމާއެކު ސައޫދީ އެރޭބިޔާއާއި އެމިރެޓްސް އިން ދިހައަހަރު ހަނގުރާމަ ކޮށްގެންވެސް އެ ޖަމާއަތް ބަލި ނުކުރެވުނެވެ. އެމެރިކާއާއި އިސްރާއީލުން 2 އަހަރު ދުވަސްވާންދެން ރެއާދުވާލު ގަދަ ހަމަލާތަކެއް ދީގެންވެސް އެ ޖަމާއަތުގެ ބާރު ކަނޑުވައެއް ނުލެވުނެވެ. ލެބަނަންގެ ހިޒްބު ﷲ އިން އިސްރާއީލާ ދެކޮޅަށް ހަނގުރާމަކުރަމުންގެންދާތާ އެތައް އެތައް އަހަރެއް ވެއްޖެއެވެ. އެކަމަކު މެދުއިރުމަތީގެ ސުޕަރޕަވަރ އިސްރާއީލަށް ހިޒްބު ﷲ ބަލި ނުކުރެވުނެވެ. މިހާރު އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުންވެސް އިރާގު ސަރުކާރުގެ ރުހުމާއެކު އީރާނާ އެއްކޮޅަށް ތެދުވީއެވެ. މިހުރިހާ ޖަމާއަތަކުން އީރާނާއެކުގައި އެމެރިކާއާއި އިސްރާއީލަށް ހަމަލާދިނުމުގައި ދެމިތިބޭނެއެވެ. މެދުއިރުމަތީގައި މިހާރު ހިނގަމުން މިދާ ހަނގުރާމަ ވަރަށް އަވަހަށް ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރުވެރި އިންޒާރު ރައީސް ޕޫޓިން މިއަދު ދެއްވައިފިއެވެ. މި ހަނގުރާމަ ދިގުލައިގެންދާނަމަ ދުނިޔޭގެ މިލިޓްރީ ބާރުވެރިކަން އެހެން ގޮތަކަށް ފުރޮޅިގެން ހިނގައިދާނެ ކަމަށާއި ދުނިޔޭގެ ބާޒާރުތަކުގައި ތަކެތީގެ އަގު އާންމުރައްޔިތުންގެ އަތްފޯރާފަށަށް ވުރެން މާމައްޗަށް އަރައިގެންދިއުމުގެ ބިރުވެރިކަންވެސް އުފެދިފައިވާކަމަށް އެމަނިކުފާނުގެ އިންޒާރުގައި ވިދާޅުވެފައި ވެއެވެ. ރައީސް ޕޫޓިންގެ އިންޒާރު އާންމުވެފައިވަނިކޮށް އީރާނުން އިސްރާއީލަށް ދެމުންގެންދާ ހަމަލާތަކާދޭތެރޭ ޚަބަރުދާރުވުމަށާއި އީރާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގެ ވިސްނުން ނުގެންގުޅުމަށް ރަޝިޔާގެ އެންމެ ފަހުގެ އިންޒާރުކަމަށްބުނެ އީރާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުން ކޮށްފިނަމަ އޭގެ ނިމުން ވަރަށް ހިތިވެގެންދާނެކަމާއި ރަޝިޔާއިން އިސްރާއީލަށް ހަމަވަގުތުން ނިއުކްލިއަރ ހަތިޔާރުން ހަމަލާ ދޭނެކަން ވަރަށް ސާފުބަހުން ވަނީ އަންގަވާފައެވެ. އީރާނުގެ 90 މިލިއަން މީހުންގެ މައްޗަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރެވޭއިރު ރަޝިޔާއިން ދެވަނަ ވިސްނުމަކަށް ފުރުސަތު ނަގާނުލާނެކަން ވަނީ ހަމާކޮށްފައެވެ. ރަޝިޔާގެ މި އިންޒާރު މާނަކުރެވޭގޮތް ތަރުޖަމާކުރުގެ ބޭނުންމެއް ނެތްކަމަށް އެމެރިކާގެ ކުރީގެ މިލިޓްރީ އިންޓެލިޖެންސް އެނަލައިޒަރ ކާނަލް ޑޮގްލަސް މެގްރެގަރވަނީ ކިޔާދީފައެވެ. އޭނާގެ ވާހަތަކަކީ ވަރަށް ބުރަދަން ހުރި ވާހަކަތަކެއްކަން މުޅި ދުނިޔެއިން ގަބޫލުކުރެއެވެ. މިހާރި ހިނގަމުންދާ ހަނގުރާމަ ފެށުމުގެ ކުރިން ކޯރްމުޒް ކަނޑުއޮޅި ބަންދު ކުރެވިގެންދާނެ ކަމާއި އެމެރިކާގެ މިލިޓްރީން މީގެ ކުރިން ތަޖްރިބާކޮށްފައި ނުވާފަދަ ގެއްލުންތަކާ ކުރިމަލާންޖެހި ހަނގުރާމައިން ނިކުމެވިދާނެ މަގުތައްވެސް ބަންދުވާނެކަމަށް ވަނީ ކިޔާދީފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް