ތިބާނަމަ ކަންތައްކުރާނީ ކިހިނެއް ހެއްޔެވެ؟

Loading

February 28, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ބުނާތީ އަޑު އަހަމެވެ. ލެޔަކީ ފެނަށްވުރެ އޮލަ އެއްޗެކެވެ. މާނަޔަކީ އެއްލޭ ހިންގާނަމަ ކުލުނާ ރަހުމު ހިނގަން ޖެހޭނެއެވެ. ނަމަވެސް އަމިއްލަ ލޭ ހިނގާ އަމިއްލަ ދަރިން ތިމާޔަށް އިހާތެތިކޮށް ކަންތައް ކުރުމުން ކުރަންޖެހޭ އިހުސާސްތައް އެއްވެސް މީހަކު ކިޔާނުދެއެވެ.

އަހަރެންގެ ނަމަކީ ކެރޮލައިން އެވެ. އުމުރަކީ 63އަހަރެވެ. މިހާރު ރިޓަޔަރ ކޮށްގެން ހުރި އެލިމެންޓަރީ ސްކޫލް ޓީޗަރެކެވެ.އެއްދުވަހެއްގެ މެންދުރުފަހު އަހަރެން އެނދުގައި އިށީދެލައިގެން އިންދާ ކުއްލިއަކަށް މެޔަށް ތަދެއް އެރިއެވެ. އަދި މެއިން ދިލަނަގާ ނޭވާ ނުލެވިގެން ތެޅިފޮޅެން ޖެހުނެވެ.އެވަގުތު ފޯނުން އަހަރެންނަށް ފެނުނު ކުޑަކުޑަ ތިން ލަފްޒުން އަހަރެންގެ ތިން ދަރިންނާމެދު އަހަރެން ދެކެމުން އައިގޮތް މުޅި އުމުރަށް ބަދަލު ކޮށްލިއެވެ.އެތިން ލަފްޒަކީ ”މެސެޖް ރައްދު ނުކުރެވުނު“ މިތިން ލަފްޒެވެ. އެދުވަހު އަހަރެންނަށް އެހެންވުމުން އެންމެ ހަގު އަންހެން ދަރިފުޅަށް ގުޅާ އަހަރެން އަރޖަންޓް މެޑިކަލް ކެއާއަށް ގެންގޮސް ދިނުމަށް އެދުނީމެވެ.އަދި ފަހުން ހަބަރެއް ނުވުމުން މެސެޖް ކުރުމުން ލިބުނު ޖަވާބަކީ ”މެސެޖް ރައްދު ނުކުރެވުނު“މިޖަވާބެވެ. އޭނަ އަހަރެންގެ ނަމްބަރު ބްލޮކް ކޮށްލީއެވެ. ތިން ކުދިންނަށް ވެސް ގުޅާ ވޮއިސް މެއިލް ފޮނުވާ މެސެޖް ކޮށް ހެދީމެވެ. އާޖަންޓް ސިއްހީ މައްސަލައެއް ކުރިމަތިވެގެން އުޅޭ ވާހަކަ ބުނީމެވެ. އެންމެ ގާތުގައި އުޅޭ ހަގު ދަރިފުޅުގެ ނަމްބަރަށް ގުޅުމުން ކޯލް ކުއްލިއަކަށް ކެނޑިފަ ދެން އޮޕަރޭޓަރު ބުނަނީ ނަމްބަރަށް ގުޅާދެވެން ނެތް ކަމުގައެވެ. މެޑިކަލް އިމަރޖެންސީއެއްޖެހިގެން ގުޅި އަމިއްލަ މަންމަގެ ނަމްބަރު ބްލޮކް ކޮށްލީއެވެ. އަހަރެންގެ ފިރިމީހާ އާއި ދެމީހުން ވަނީ އަހަރުމެންގެ އާއިލާއަށް ރީތި ބޮޑު ގެއެއް އަޅާފައެވެ.ނަމަވެސް ފިރިމީހާ ވަނީ މީގެ ހަ އަހަރު ކުރިން މަރުވެފައެވެ.އޭގެ ފަހުން އަހަރެން އުޅެމުން މިއަންނަނީ އެކަނިއެވެ. ކުދިން އުޅެނީ އެހެން ތަންތަނުގައެވެ. ބައްޕަގެ ޖަނާޒާއަށް ފަހު ދޮޅުމަހެއްހާދުވަސްވަންދެން ތިންކުދިން އުޅުނީ ވަރަށް ގާތް ގުޅުމެއް ބާއްވައިގެންނެވެ. ނަމަވެސް އޭގެ ފަހުން ގެއްލިއްޖެއެވެ. ދެކިލަންވެސް ނާދެއެވެ. މާ ބިޒީ ކަމަށް ބުނެއެވެ. އަހަރެންގެ ދޮއްޓަށް ހުންނަ އަންހެން ދަރިފުޅަކީ ރިއަލް އެސްޓޭޓް އެޓާނީއެކެވެ. ދެވަނަޔަށް ހުންނަ ފިރިހެން ދަރިފުޅު އުޅެނީ ތަންކޮޅެއް ދުރު ހިސާބެއްގައެވެ. ނަމަވެސް އެންމެ ހަގު ދަރިފުޅު އުޅެނީ ކާރުގައި ވިހިމިނެޓް ދުއްވައިގެން ދެވޭހާކައިރީގައެވެ. ނަމަވެސް އެހެން ޕްލެނެޓެއްގަ އުޅުމެކޭ އެއްހަމައެވެ. އަހަރެން ދެކޭކަށް ނާދެއެވެ. އަހަރެން ގާތް އަވަށްޓެރިންވެސް ނެތުމާއިއެކު އެވަގުތު އަހަރެން ގުޅީ އުމުރުން 34 އަހަރުގެ މާކަސް ކިޔާ ޒުވާނަކަށެވެ. އެއީ އަހަރެން ޓީޗަރަކަށް އުޅުނު އިރު އެކުގައި މަސައްކަތް ކުރި ޓީޗަރެއްގެ ދަރިއެކެވެ. މިބުނާ ޓީޗަރު ވަނީ މީގެ ތިން އަހަރު ކުރިން މަރުވެފައެވެ. ބައްޕަމަރުވުމަށް ފަހު މާކަސް ދުށީ ބައްޕަގެ ރަހުމަތް ތެރިއަކަށް އެހީތެރި ވެދިނުމަކީ ބައްޕައަސް އެހީތެރި ވެދިނުން ފަދަ ކަމެއްގެ ގޮތުގައެވެ. އެހެން ކަމުން އަހަރެންގެ ހާލު އޭނާ ގަވާއިދުން ބަލަމުން އާދެއެވެ. އެއްވެސް ބަދަލެއް ބޭނުންވެގެންނެއް ނޫނެވެ. އެދުވަހުވެސް މާކަސް އަށް ގުޅުމުން އޭނަފުރަތަމަ ވެސް ބުނީ ހަމަ މިހާރު މިދަނީ ކަމަށާ މާބޮޑަށް ހާސްނުވުމަށެވެ. މާކަސް އައި ގޮތަށް އައިސް އަހަރެން އަރޖަންޓް ކެއާއަށް ގެންދިޔައެވެ. އެތަނުން އަހަރެން ބަލާލުމަށްފަހު ފުރަތަމަވެސް ގުޅީ އެމްބިއުލައިންސްއަށެވެ .އެއީ ހޮސްޕިޓަލަށް ގެންދިއުމަށެވެ. އަހަރެންނަށް ”ސިވިއަރ ނިއުމޯނިޔާ“ ޖެހިފައިވާ ކަމަށާ އަދި ލޭގައި އޮކްސީޖަން ހުރިވަރުވެސް ވަރަށް ދަށް ކަމަށް ބުންޏެވެ. މާކަސް އެމްބިއުލައިންސްގައި އަހަރެންނާއެކު ހޮސްޕިޓަލަށް ދިޔައެވެ. އަދި އެތަނުގައި އޮތްހާ ދުވަހުވެސް ކޮންމެ ދުވަހަކު ގޮސް އެތައް އިރަކު އިނދެއެވެ. އަދި އަހަރެންނަށް ބޭނުންވާ އެއްވެތި ގެންގޮސްދީ ހަދައެވެ. އަހަރެންގެ ތިން ދަރިންގެ ހަބަރެއްވެސް ނުވެއެވެ. ނޫން ކޮންމެވެސް ހަބަރެއް ވިއެވެ. ކުރުކުރު ޓެކްސްޓް މެސެޖެކެވެ. އެވަރު ކޮށްލަން ޖެހުނީތީވެސް ބުރައޭ ބުނާކަހަލަ އެވެ. ހޮސްޕިޓަލް އެނދުގައި އޮވެ އަހަރެން މުހިންމު ނިންމުމެއް ނިންމީމެވެ.ހޮސްޕިޓަލުން ދޫކޮށްލުމުން މާކަސް އަހަރެން ގެޔަށް ގެންގޮސްދިނެވެ. އަދި ގޭގައި ފުދޭވަރަށް ކާއެއްޗިއްސާ އެހެންވެސް ބޭނުންވާނެ ސާމާނު ހުރިތޯ ޔަގީން ކުރިއެވެ. އަދި އޭނާޔަށް ވަގުތުން ނާދެވިދާނެ ކަމަށްޓަކައި އަހަރެންގެ ހާލުބެލުމަށް އެކި މީހުންނާ ހަވާލު ކުރިއެވެ. ދެތިން ދުވަހު އަރާމު ކޮށްލުމަށްފަހު އަހަރެން އަމިއްލަ އެޓާނީ ގެޔަށް އައިސް ދިނުމަށް އެދުނީމެވެ. އަދި އޭނާޔަށް އަހަރެންގެ ނިންމުމާބެހޭ ތަފްސީލް ކިޔާ ދިނުމަށްފަހު ވަގުތުން އަހަރެންގެ ”ވިލް“ ނުވަތަ ވަސިއްޔަތު ނާމާ ބަދަލު ކުރީމެވެ. ކުދިންނަށް ބަދަލު ހިފުމުގެ ގޮތުންނެއް ނޫނެވެ. ތިމާގެ ދަރިންނަކީ ކޮބާކަން، ނުވަތަ ތިމާ ދެކެލޯބިވަނީ ކާކުކަން އެނގެނީ ނޭވާނުލެވިގެން ތެޅިފޮޅޭގަޑީގަ ކަމަށް ވާތީއެވެ. އަހަރެންގެ ސިއްހީ ހާލަތާބެހޭ ލިޔެކިއުން ހިމަނައިގެން އެޓާނީ ވަނީ ވަރުގަދަ ވަސިއްޔަތު ނާމާއެއް ތައްޔާރު ކޮށްފައެވެ. ކުދިން ކޯޓަށް ދިޔަސް ބަލި ކޮށްނުލެވޭ ވަރަށެވެ.އޭގެ ދެތިން ހަފްތާފަހުން ތިން ދަރިން އެއްފަހަރާ ގެޔަށް އައެވެ.އަދި މާ ލޯބިވާކަމަށް ހަދައިގެން ގެޔާ މުދަލާބެހޭ ގޮތުން އެކި ސުވާލުތައް ކުރަމުން ގެންދިޔައެވެ. އެމީހުން ބޭނުންވަނީ ފައިސާއެވެ. އަހަރެންނެއް ނޫނެވެ. ހީވާގޮތުން މިފަހަރު މިއައީވެސް ގެވިއްކާލާ ވާހަކަ ދެއްކުމަށެވެ. ނަމަވެސް އެ ފުރުސަތު ވަނީ އެމީހުންނަށް ގެއްލިފައި ކަމެއް އެއިރަކު ނޭގެއެވެ. ކުދިން ތިއްބާ މާކަސް ގެޔަށް އައުމުން އެއީ ކާކުތޯ ކުދިން ސުވާލު ކުރިއެވެ. އެއީ އަހަރެން ނޭވާ ނުލެވިގެން ތެޅި ފޮޅުނު ދުވަހު އަހަރެންނަށް އެހީވާން އައި ހަމައެކަނި މީހާ ކަމަށް އަހަރެން ބުނީމެވެ. ގަބޫލު ކުރަމެވެ. އެކި ތަންތަންތާ އުޅޭތީ ކަލޭމެންނަށް އަމިއްލަޔަށް ނާދެވިދާނެއެވެ. ނަމަވެސް އެމްބިއުލައިންސް ފޮނުވާ އެކި ގޮތްގޮތުން އެހީތެރިވެވުނީސް ނޫންހޭ އަހަރެން ބުނީމެވެ. އެކަމަކު އެކަކަށްވެސް އެވަރުވެސް ކޮށް ނުލެވުނެވެ. އެހާހަމައިން މާކަސް އަކީ މަކަރުވެރިއެއް ކަމަށާ މަންމަގެ އަތުން ފައިސާ ހޯދަން އުޅޭ މީހެއް ކަމަށް ބުނެ ގާނޫނީ ފިޔަވަޅުވެސް އަޅާނެ ކަމަށް ބުންޏެވެ. އަހަރެން ކުދިންނާދިމާލަށް ސީދާ ބުނީމެވެ. ކަލޭމެންނަށް އަހަރެންނަކީ މަންމައެއް ނޫނެވެ. ހަމައެކަނި ފައިސާ ނަގާ އޭޓީއެމް މެޝިނެކެވެ. ނަމަވެސް މިއަދު އެކަން ވަނީ ބަދަލު ވެފައި ކަމަށް އަހަރެން ބުނީމެވެ. ދެން އެމީހުންގެ ބޭނުންތަކަށް އަހަރެން ފައިސާ ދެމުން ނުދާނެކަމަށާ، އަހަރެން ދުނިޔޭގައި ހުރެ އަހަރެން ވަނީ އަހަރެންގެ ފައިސާއާއި މުދާ، އަހަރެން ނެތް ދުވަހަކުން ލިބޭ ގޮތަށް،މާކަސް އަށް ހިބައިން ދީފައި ކަމަށް އަހަރެން ބުނީމެވެ. އެއީ އަހަރެން ނެތް ދުވަހަކުން އެކަން ބަދަލު ކުރަން ކަލޭމެން އުޅޭނެކަން އެނގޭތީއެވެ. ދޮށީ ދަރިފުޅު މައްސަލަ ކޯޓަށް ވެއްދިއެވެ. ނަމަވެސް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. އެ ދުވަހުގެ ފަހުން އަދި އަމުދުން ކުދިން އަހަރެންގެ ހާލުބަލާކަށް ނުގުޅައެވެ. އަހަރެން މިހާރު އެކަމާ ދެރައެއްވެސް ނުވެއެވެ. އަމިއްލަ ބަނޑުން ވިހޭނަމަވެސް ލޭނުހިނގާ ދަރިން ތިބޭ ކަމަށް ބަލާފައެވެ. ކުރިއެކޭވެސް އެއްގޮތަށް މާކަސް މިއަދުވެސް އަހަރެން ހާލު ބަލަމުންގެންދެއެވެ. ބަދަލުގައި އެއްޗެއް ދިނުމަކަށް ނޭދެއެވެ. ތިބާޔަށް ނޭވާނުލެވިގެން އުޅޭ ދުވަހު އަޅާނުލާ، ނަމްބަރު ބްލޮކް ކުރާ ދަރިންނަށް ތިބާގެ މުދާ ދޫކުރަން ބޭނުން ހެއްޔެވެ؟ ތިބާނަމަ ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟

Loading

Leave a Reply

ފަހުގެ އަޕްޑޭޓް