މުސްލިމް ވަރލްޑް ލީގުގެ ބެލުމުގެ ދަށުން 70ހާސް މީހުން ޤުރުއާން ހިތުދަސްކޮށްފި

Loading

February 21, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

މުސްލިމް ވަރލްޑް ލީގުގެ ފަރާތުން ހިންގާ ޚާއްސަ ކްލާސް ތަކުގައި ބައިވެރިވެގެން ކީރިތި ޤުރުއާން ހިތުދަސް ކުރި 70ހާސްމީހުންގެ ގްރެޖުއޭޝަން ބާއްވައިފިއެވެ.

ރުވަންޑާގެ ވެރިރަށް ކިގާލީގައި ބޭއްވި ގްރެޖުއޭޝަން ޖަލްސާގެ ޝަރަފްވެރި މެހްމާންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ މުސްލިމް ވަރލްޑްލީގް ގެ ސެކްރެޓަރީ ޖެނެރަލް ޑޮކްޓަރ މުހައްމަދު އަލް އީސާ އެވެ. އޭނާއަކީ އޯގަނައިޒޭޝަން އޮފް މުސްލިމް ސްކޮލާސް ގެ ޗެއާމަންވެސް މެއެވެ.

ކީރިތި ޤުރުއާން ހިތުދަސް ކުރި ޒުވާނުންނާއި މީހުންނަކީ އެތައް ގައުމެއްގައި،ޚާއްސަކޮށް އެފްރިކާގެ ގިނަ ގައުމުތަކެއްގައި މުސްލިމް ވަރލްޑް ލީގުން ހިންގި ޕްރޮގްރާމްތަކުގައި ބައިވެގެން އެކަން ހާސިލް ކޮށްފައިވާ ފަރާތްތަކެވެ.

އެތައް މިނިސްޓަރުންނާއި ދީނީ އާލިމުން ބައިވެރިވެ ވަޑައިގެންނެވި ޖަލްސާއާއި މުޚާތަބް ކުރައްވާ ޑޮކްޓަރ މުހައްމަދު އަލް އީސާ ދެއްކެވި ވާހަކަފުޅުގައި ކީރިތި ޤުރުއާނަށް ޚިދުމަތް ކުރުމުގެ ގޮތުން އެޖަމާއަތުން ހިންގާ ހަރަކާތްތަކަށް އަލި އަޅުވާލެއްވިއެވެ. މިގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތަށް އެހީތެރިވާ ކަމުގައި ވިދާޅުވިއެވެ.އޭނާ ވިދާޅުވި ގޮތުގައި މިކަމުގެ އެންމެ ބޮޑު ބޭނުމަކީ އެކިތަފާތު އައިޑިއޮލޮޖީތަކުގެ ނުފޫޒުން ކީރިތި ޤުރުއާން ރައްކާތެރިކޮށް، އަދި ބާރުގަދަ ޖަމާއަތްތަކުގެ އަތް ދަށަށް އެފޮތް ދިޔަ ނުދިނުމެވެ.

އަލް އީސާ ވިދާޅުވި ގޮތުގައި ތައުލީމް ފަތުރަން ލީގުން ކުރާ ހުރިހާ މަސައްކަތެއްވެސް ކުރިޔަށް ގެންދަނީ އެޕްރޮގްރާމެއް ހިންގާ ގައުމުތަކުގެ ސަރުކާރުތަކުގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުމާއި އެކުގައެވެ.  

އަލް އީސާއަށްފަހު ވާހަކަދައްކަވާފައިވަނީ މުސްލިމް ވަރލްޑް ލީގްގެ އިސް ބޭފުޅެއް ކަމަށްވާ ޑޮކްޓަރ އަބްކަރ ވަލަރ މަޑޯ އެވެ.އޭނާގެ ވާހަކައިގައިވަނީ ލީގް ގެ ހަރަކާތްތަކުގެ މައި މަރުކަޒު ކަމަށްވާ ސައުދީއަރަބިއްޔާގެ ވެރިން، އިސްލާމް ދީން ކުރިއެރުވުމަށާއި މުސްލިމުންނަށް ކަންކަން ފަހި ކޮށްދިނުމަށް  ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރައްވާ ޝުކުރު އަދާ ކުރައްވާފައިވެއެވެ.  

ހުކުރު ދުވަހުގެ ގްރެޖުއޭޝަން ގައި ޤުރުއާން ހިތުދަސްކުރުމުގައި އެންމެ ފާހަގަ ކޮށްލެވުނު މީހުންނާއި ޓީޗަރުންނަށް ވަނީ ޝަރަފުގެ އިނާމް ދީފައެވެ.އަދި އެމީހުންގެ މަސައްކަތްތަކުގެ ވީޑިއޯތައް ދައްކާފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް