ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން 18،600 އަށްވުރެ ގިނަ މިސްކިތް ފުރިހަމަކުރުމުގެ މަސައްކަތްކޮށްފި

Loading

February 12, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ފެށެން އުޅޭ ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން ސައޫދީ އަރަބިއްޔާގައި، 18،600އަށް ވުރެ މިސްކިތް އިތުރަށް ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތުން ބޮޑުބައެއްނިމި،އަދިވެސް ބައެއް މަސައްކަތްތައް ކުރިޔަށްދާ ކަމަށް ޚަބަރު ލިބެއެވެ.

މިގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާސް އިން މިސްކިތްތަކަށް އަމާޒުކޮށް 102 ދާއިރާއަކުން މެއިންޓެނަންސްގެ މަސައްކަތްތައް އަދިވެސް ފުރިހަމަ ކުރަމުން ދާކަމަށް ވެއެވެ. މިޕްރޮގްރާމްގެ ދަށުން 18،691 މިސްކިތެއްގައި ސާފުތާހިރު ކުރުން،ފެންވަރު މަތިކުރުން،ހިންގުމުގެ އިންތިޒާމްތައް ރަގަޅުކުރުން، ޓެކްނިކަލް މައްސަލަތައް ރަގަޅު ކުރުން ފަދަ ދާއިރާތަކުން މަސައްކަތްތައް ދަނީ ކުރަމުންނެވެ.

އިސްލާމިކް މިނިސްޓްރީގެ ޕްރޮޖެކްޓްސް އެންޑް މެއިންޓެނަންސް އޭޖެންސީ މެދުވެރިވެގެން މިސްކިތްތައް އާބާތުރަ ފިލުވާ، ސާފުތާހިރުކޮށް،އިތުރު އޭސީ ތައް ހަރުކޮށް ފަންކާ އަދި އިތުރު ބޮކިފަދަ ތަކެތި ހަރުކޮށް ޒީނަތް ތެރިކުރުމުގެ މަސައްކަތް ގިނަ ޓީމް ތަކަކުން އަވަދިނެތި ކުރަމުން ދާކަމަށް ވެއެވެ. މީގެ އިތުރުން ލައުޑް ސްޕީކަރު ސިސްޓަމް ތައް މަރާމާތުކޮށް ފެން ކޫލަރުތައް އިތުރުކޮށް އަދި ފާޚާނާ އާއި ވުޟޫ ކުރާތަންތަން އިތުރުކޮށް މަރާމާތު ކުރުމުގެ މަސައްކަތްތައްވެސް ވަނީ ކޮށްފައެވެ.

ރަމްޟާން މަހު މިސްކިތްތަކަށް އަރާމީހުންގެ އަދަދު ގިނަވާނެ ކަމަށް ބަލާ މިކަމަށްވެސް ތައްޔާރު ވަމުން ދާކަމަށް ޚަބަރު ލިބެއެވެ. މިމަސައްކަތް ތައް ކުރަނީ ރަމްޟާން މަހަށް މަރުހަބާކިއުމަށް ފުރިހަމަޔަށް ތައްޔާރު ވުމުގެ ގޮތުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް