ސޮމާލިޔާގައި މަތިންދާ ބޯޓަކަށް މައްސަލައެއް ދިމާވުމުން މޫދުގައި ބޯޓުޖައްސާ އެންމެން ސަލާމަތްކޮށްފި

Loading

February 11, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ސޮމާލިޔާގެ އެއާޕޯޓެއްގައި ޖައްސަން އުޅުނު ބޯޓަކަށް ޓެކްނިކަލް މައްސަލަ އެއް ކުރިމަތިވުމުން މޫދުގައި ބޯޓުޖައްސާ އެންމެން ސަލާމަތް ވެއްޖެ ސޮމާލިޔާގެ ވެރިރަށުގައި އޮންނަ އިންޓަރނޭޝަލް އެއާޕޯޓްގައި ޖައްސަން ދިޔަ މަތިންދާބޯޓަކަށް ޓެކްނިކަލް މައްސަލަ އެއް ކުރިމަތިވުމުން، ކެޕްޓަން ހިކުމަތްތެރިކަމާއިއެކު މޫދުގެ ތިލަ ހިސާބެއްގައި ބޯޓުޖައްސާ އެއްމެން ސަލާމަތް ކޮށްފިއެވެ.

މިކަމާބެހޭގޮތުން ބޯޓު ނިސްބަތްވާ ސްޓާ ސްކައި އެވިއޭޝަނުން ވަނީ ޕައިލެޓްގެ ކުއްލި ނިންމުމަށް ތައުރީފް ކޮށްފައެވެ.މިހާދިސާ ހިނގި އިރު ބޯޓުގައި 55 މީހުން ތިއްބެވެ.އެއީ 50 ފަސިންޖަރުންނާއި 5 ކްރޫ މެމްބަރުންނެވެ.ފޮކްރފަންސާހުގެ ބޯޓަށް މައްސަލަ ކުރިމަތިވީ އަންގާރަ ދުވަހު ހެނދުނު ވެރިރަށް މޮގަދިޝޫ އިން ފުރިތަނާކަމަށް ވެއެވެ.އަދި މައްސަލަ ކުރިމަތިވުމާއި އެކު އަނބުރާ ޖެއްސުމުގެ ހުއްދައަށް އެދުނު ކަމަށް ވެއެވެ. އެނބުރި އައިސް ބޯޓުޖައްސަން އުޅުމުންވެސް ރަންވޭ ގައި ބޯޓު ހުއްޓުމަކަށް ނައިސް ޓާމެކް މަތިން ބޭރަށް ދިޔަ ކަމަށް ވެއެވެ. އަދި ބޯޓު ހުއްޓުވިފައިވަނީ މޫދުގެ ތިލަ ހިސާބަކަށް ކަމުގައި ސިވިލް އެވިއޭޝަން އޮތޯރިޓީން ބުނެފައި ވެއެވެ. އޭރު ބޯޓުގެ އެއްފިޔަގަނޑުވަނީ ބިނދިފައެވެ.މިބޯޓަށް ކުރިމަތިވި ހަގީގީ މައްސަލަ ފުރަތަމަ ތަހުގީގު ތަކުން ސާފުނޫން ކަމަށް ވެއެވެ.ސޯޝަލް މީޑިޔާ ޕްލެޓްފޯމް އެކްސް އަށް ލާފާއިވާ ޕޯސްޓްތަކުން، ފަސިންޖަރުން ބޯޓުން ފައިބައިގެން ތިލަ މޫދުގައި ހިނގާފަ ބޯޓާ ދުރަށް ދާތަން ފެނެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް