ޖަޕާނުގެ އިންތިޚާބު ބޮޑުވަޒީރު ޓަކައީޗީގެ ޕާޓީން ކާމިޔާބުކޮށްފި

Loading

Facebook
Twitter
WhatsApp

ޖަޕާނުގައި އާދީއްތަ ދުވަހު ބޭއްވުނު އާންމު އިންތިޚާބް، ބޮޑުވަޒީރު ސަނާއޭ ޓަކައީޗީ ގެ ލިބަރަލް ޑޮމޮކްރެޓިކް(އެލް.ޑީ.ޕީ) ޕާޓީން، ބޮޑުތަފާތަކުން ކާމިޔާބް ކޮށްފިއެވެ. މިތާރީހީ ކާމިޔާބީ އާއި ގުޅިގެން ޖަޕާނުގެ ސްޓޮކް މާކެޓް ހޯމަ ދުވަހު ހުޅުވާލުމާއި އެކު ހިއްސާގެ އަގުތައް މައްޗަށް އަރައިގެން ގޮސްފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

އާދީއްތަދުވަހުގެ އިންތިހާބުގައި، މަޖިލީހުގެ 465 ގޮޑީގެ ތެރެއިން އެލް.ޑީ.ޕީ އިން ވަނީ 316 ގޮޑި ކާމިޔާބު ކޮށްފައެވެ.މިއީ 1947 ވަނަ އަހަރު ޖަޕާނުގެ މަޖިލީހުގެ ތިރިގެ މިހާރުގެ ގޮތަށް ހިންގުން ބަދަލުކުރި ފަހުން އެއް ޕާޓީއަށް ވޯޓުގެ ތިންބައިކުޅަ ދެބައި ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އެލްޑީޕީގެ ކޮއެލިޝަން ޕާޓްނަރު ޖަޕާން އިނޮވޭޝަންޕާޓީ ވަނީ 36 ގޮޑި ކާމިޔާބް ކޮށްފައެވެ. އެހެން ކަމުން ވެރިކަން ކުރާ ކޮއެލިޝަން އަށް ޖުމްލަ 352 ގޮޑިވަނީ ލިބިފައެވެ.

އާދީއްތަދުވަހަކީ ގިނަ އަހަރުތަކަކަށްފަހު ޖަޕާނަށް ސްނޯގެ އުނދަގޫވެސް ވަރަށް ބޮޑަށް ކުރިމަތިވި ދުވަހެއް ނަމަވެސް ގިނަބަޔަކުވަނި ވޯޓުލާން ނިކުމެފައެވެ.

އިންތިޚާބްގެ ފުރިހަމަ ކާމިޔާބީ އާކު ބޮޑުވަޒީރު ސަނާއޭ ޓަކައީޗީ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ އަކަށް ވަނީ އިގްތިސާދު ކޮޅަށް ޖެހުމާއި އަދި އުފުލެމުންދާ ދިރިއުޅުމުގެ އަގުތައް ތިރި ކުރުމެވެ.

  ސަނާއީ ޓަކައީޗީ އަކީ ޖަޕާންގެ ބޮޑުވަޒުކަން ކުރައްވާ ފުރަތަމަ އަންހެން ބޮޑުވަޒީރެވެ. އޭނާގެ މަސައްކަތްޕުޅުގައި ރޯލުމޮޑެލް އެއްގެ ގޮތުގައި ބައްލަވަނީ އިގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު މާގަރެޓް ތެޗަރ ގެ މަސައްކަތް ޕުޅަށް ކަމަށްވެއެވެ.

ސަނާއީ ޓަކައީޗީ ވެރިކަމާއި ހަވާލުވެ ވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އަދި ޖެނުއަރީ މަހު ވަނީ އިންތިޚާބް އިއުލާން ކުރައްވާފައެވެ. އެކަމަނާގެ ކުރިން ތިއްބެވި ދެބޮޑުވަޒީރުންގެ ވެރިކަންވެސް ވެއްޓިފައިވަނީ ކޮރަޕްޝަންގެ މައްސަލަތައް ބޮޑުވެ އަދި ތަކެތީގެ އަގުތައް ބޮޑުވަމުން ދިއުމާއި ގުޅިގެންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް