ސައޫދީ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން ހާމަ ކޮށްފައިވާ ގޮތުގައި ނިމުނު ރަޖަބް މަހު އެކަނި 14.8 މިލިއަން މީހުން އުމްރާގެ އަޅުކަން އަދާ ކޮށްފައިވެއެވެ. މީގެ ތެރެއިން ދެމިލިއަނަށް ވުރެގިނަ މީހުން ގޮސްފައިވަނީ ގައުމުން ބޭރުންނެވެ.
އުމްރާއަށް ދިޔަ މީހުން ގެ އަދަދު މިހާ މަތިވެފައިވަނީ ސައޫދީ ސަރުކާރުން ދެމުން ގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަގަޅުކޮށް އަދި އިތުރު ޚިދުމަތްތައް ތައާރަފްކޮށްފައި ވުމުން ކަމަށް ޚަބަރުތައް ބުނެއެވެ.
ހައްޖު އަދި އުމްރާ އަދާކުރުމަށްދާ ފަރާތްތަކަށް ފަސޭހަ ކޮށް ދިނުމަށް ސައޫދީ ސަރުކާރުން އަލަށް ތައާރަފްކުރި ޚިދުމަތްތަކުގެ ތެރޭގައި އޮންލައިންކޮށް އެކި ޚިދުމަތަށް އެދެވޭނެ ގޮތް ހެދުމާއި އަދި ލޮޖިސްޓިކް ޚިދުމަތްތައް ވަރުގަދަކޮށް ދަތުރު ފަތުރުގެ ކަންތައް އިތުރަށް ފުރިހަމަ ކުރުން ހިމެނެއެވެ.
މިއީ ސައޫދީ ސަރުކާރުން އެކުލަވާލާފައިވާ ވިޝަން 2030 ގެ ދަށުން ކުރިޔަށް ގެންދާ ތަރައްގީގެ މަޝްރޫއު ތަކެވެ. މިގޮތުން ދަތުރަށް ފެށިއްސުރެ ދަތުރު ނިމެންދެން ހަރަމް ފުޅާއި އަދި މަސްޖިދުއްނަބަވީ ގައި ކުރަންޖެހޭ އަޅުކަމުގެ ހުރިހާ ކަމެއް ވީހާވެސް ފަސޭކޮށް ދިނުން އެއީ އަމާޒެއްކަމަށް އިދާރާތަކުން ބުނެފައި ވެއެވެ.
![]()

3 Responses
ކޮބާތޯ ބޭނުމެއް؟ ﷲގެ ދީން ނުދެމެހެއްޓޭ އަދި 1 ލައްކަ މުސްލިމުން ތިމާގެ ގެދޮރު ކުރިމަތީ މަރާ ސުންނާފަތި ކޮށްލާއިރު އެނހީ އެއް ނުދެވޭ މުޙައްމަދު ރަސޫލުﷲގެ އުންމަތުގެ 2 ބިލިއަން މީހުން ދުނިޔޭގައި އެބަތިބި. އުމްރާ އާއި ޙައްޖައްގޮސް ސަޢުދީއަށް ތިދޭ ފައިސާތައް އެ ނިކަމެތި މުސްލިމުން ބަނޑު މުއްތިކުރަން ދިނިއްޔާ ކިހިނެއްވާނެތޯއެވެ. އަހަރު ދެކޮޅަށް އުމްރާއަށް ގޮއްސާ އެފައިސާތައް ސައުދުގެ ފެމިލީއަށް ދިނުމަށްވުރެ ސަވާބު ބޮޑެއްނުވާނެތޯއެވެ؟
އިސްލާމުންނަކީ ޢަދުލުވެރިކަން ދުނިޔެމަތީ ދެމެހެއްޓުމަށް ފޮނުއްވެވި އަޚުންތަކެއް ނޫންތޯއެވެ. ގާޒާގެ ގަތުލުއާންމުގައި ކިތަކެއް ނިކަމެތި ކުދިންނާއި އަންހެނުންނާއި ބަލިވެ އެނދުމަތިވެފައި ހަސްފަތާލުގައި ތިބި ތިބާގެ އަޚުންނާއި އުޚުތުން މަރާ ސުންނާފަތި ކުރިއިރު ތިބާއަށް އެމީހުނަށް ޑޮލަރެއް ފޯރުކޮށްލެވުނުތޯ ނަފުސާއި ސުވާލުކޮުސްލައްވާށެވެ. 2 ބިލިއަން ސަލާމްޖަހާ ނިކަމެތި މަކަރުވެރި އަނިޔާނުހުށްޓުވޭ މުސްލިމުން ރަސޫލްގެ އުންމަތަށް ބޭނުންވޭތޯއެވެ. ސުބުޙާނަﷲ
ތިބާ ތިދެމުންގެންދާ ފައިސާތައް ސައޫދީން އިންވެސްޓް ކުރަނީ އެމެރިކާގެ ބޭންކިން ސިސްޓަމުގެ ތެރޭގައިތޯ ތިބާޔަށް އެނގޭތޯއެވެ. ރިބާ ޙަރާމް ޙަރާމޭ ކިޔައިފާ މުސްލިމު ލީޑަރުގންގެ ޙާލަކީ މަކަރާއި ޙިލަތާއ އަނިޔާވެރިކަން ނޫންތޯއެވެ. ވީމާ ވާޖިބު ނިންމާލުމަށްފަހު ހެޔޮނުވާނެ އެމީހުންގެ އަތްމައްޗައް ތިހާ ފައިސާ ދޭކަށް . ކޮންމެވެސް ނިކަމެތި މުސްލިމަކަށް އެނހީވެ ދެއްވާށެވެ. ކިޔަވަން. ކާއެތިކޮޅެއް ހޯދަދޭން. ބޭސްފަރުވާ. ބޯހިޔާކޮށްލަން ފޭލިގެއެއް. ވަރަށް ސަވާބު ގިނަވާަނެއެވެ. ޝައްކެއްނެތެވެ. މިފަތުވާ ނެރެން ޑރ. ޝޭޚެއް ބޭނުމެއްނުވާނެއެވެ.
ތިއީ އަކީ ދޮގުވާހަކަ އެއް ނޫނެވެ. މިހާރު މުސްލިމުންނޭ ކިޔައިގެން އުޅޭ ގިނަ މީހުންނަކީ ދެއްކުން ތެރި މުނާފިގު ބައިގަނޑެކެވެ. ދެރަކަމުގެ ކޮޅެއްނެތެވެ. އަމިއްލަ މައިމީހާގެ ޖީބުކަނޑައިފާ ވެސް މުސްލިމުވަންތައޭ ކިޔައިގެން އުޅެއެވެ. ވެރީން އިސްލާހުވެގެން ނޫނީ ހެޔޮމީހުން ވެރިކަމަށް އިސްކޮށްގެން ސަޕޯޓް ދީގެން ނޫނީ ދީނަކަށް ލިބޭނެ ކުރިއެރުމެއް ނެތެވެ.