ކޮވިޑްގެ އައު ވައްތަރު އިންޑިއާއިން ފެނިއްޖެ

Loading

Facebook
Twitter
WhatsApp

އިނގިރޭސިވިލާތުގައި ފެތުރެމުންދާ ކޮވިޑް-19 އާ ސްޓެއިންގެ ހަކޭސް އިންޑިއާ އިން އިއްޔެއާއި ހަމައަށް ފެނިފައިވާ ކަމަށް އެގައުމުން އިއްޔެ ބުނެފިއެވެ.

އިންޑިއާގެ ހެލްތް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެގައުމުން އާވައްތަރުގެ ވައިރަސް އަށް ފައްސިވެފައި ވަނީ އިނގިރޭސިވިލާތުން އިންޑިއާއަށް އައި ހަމީހުން ކަމަށެވެ. އަދި ހަމީހުން ވެސް ވަނީ އެކަހެރި ކުރެވިފައި ކަމަށާއި، އަދި އެމީހުންނާއި އެންމެ ގާތުން ބައްދަލުވި މީހުން ވެސް މިހާރު ވަނީ އެކަހެރި ކުރެވިފައިކަމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އިންޑިއާ އިން މިހާރު ވަނީ އިނގިރޭސިވިލާތުގެ ދަތުރުވެރިންނަށް އެގައުމުގެ ބޯޑަރު ބަންދުކޮށްފައެވެ. ނަމަވެސް ނޮވެމްބަރ މަހުގެ ފަހުކޮޅުން ފެށިގެން ބޯޑަރު ބަންދު ކުރުމާއި ހަމައަށް 33000 ފަސެންޖަރުން އިނގިރޭސިވިލާތުން އިންޑިއާ އަށް ދަތުރު ކޮށް އެތެރެވެފައި ވެއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ އިނގިރޭސިވިލާތުން އިންޑިއާއަށް އައި 114 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި އެއެންމެންގެ ސާމްޕަލްތަށް ވެސް ދަނީ ކޮވިޑް-19 އާ ސްޓެއިން އަށް ފައްސިވޭތޯ ޓެސްޓް ކުރަމުންނެވެ.

އިންޑިއާ އަކީ މިހާތަނަށް ދެވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމަކީ އިންޑިއާ އެވެ. އިން މިހާތަނަށް 10.2 މިލިއަން މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާއި ބަލާއިރު މިހާރު އިންޑިއާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އަންނަ މަހު އެގައުމުގައި ކޮވިޑް-19 ވެކްސިން ދޭން ފެށޭނެ ކަމަށް ބެލެވެއެވެ. އިންޑިއާ ސަރުކާރުން އަމާޒު ހިފާފައި ވަނީ ފުރަތަމަ 300 މިލިއަން މީހުންނަށް ވެކްސިން ދޭށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް