ބޭގަމް ޚާލިދާ ޒިޔާގެ ޖަނާޒާގައި މިނިސްޓަރު ހައިދަރު ބައިވެރިވެވަޑައިގެންފި

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ، ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބޭއްވި ޖަނާޒާގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ ޢަލީ ޙައިދަރު އަޙްމަދު، ބައިވެރިވެވަޑައިގެންފިއެވެ.

މި ޖަނާޒާ ބާއްވާފައިވަނީ މިއަދު މެންދުރު ބަންގްލަދޭޝްގެ ދާކާގައެވެ.ބޭގަމް ޚާލިދާ ޒިޔާގެ ޖަނާޒާގައި ބައިވެރިވެވަޑައިގެން، މިނިސްޓަރ ޙައިދަރު ވަނީ ރައީސް މުޢިއްޒު އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާގެ ދަރިކަލުން އަދި ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) ގެ ވަގުތީ ޗެއަރމަން ތާރިޤު ރަޙްމާނަށާއި ބަންގްލަދޭޝް ސަރުކާރުގެ އިސްވެރިންނަށް ތަޢުޒިޔާ ރައްދުކުރައްވާފައެވެ.މި ދަތުރުފުޅުގައި، މިނިސްޓަރު ޙައިދަރު ވަނީ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އެ ޤައުމަށް ޒިޔާރަތްކުރައްވަމުންގެންދެވި ނޭޕާލް، ބޫޓާން އަދި އިންޑިއާގެ ޚާރިޖީ ވަޒީރުންގެ އިތުރުން ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައި، ސަރަހައްދީ ގުޅުންތަކާއި މަސްލަހަތު ހިމެނޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ، ތިން ފަހަރެއްގެ މަތިން އެ މަޤާމު އަދާކުރައްވާފައިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް