ތެލެސީމިއާ ބަލި މީހުންނަށް މަހަކު 2،000 ރުފިޔާގެ އެލަވަންސެއް ދޭން ސަރުކާރުން ނިންމައިފިއެވެ.
މިކަން އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މާދަމާއިން ފެށިގެން ކުރަން ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް އިއުލާން ކުރުމަށް މިއަދު ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
އެގޮތުން އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އިބްރާހިމް ނާޒިމް ވިދާޅުވީ މާދަމާ އަކީ ރާއްޖެއަށް ވަރަށް ތާރީހީ ދުވަހެއް ކަމަށާއި މާދަމާ އަކީ ދިވެހި ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކުރިއެރުވުމަށް ރައީސްގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށް އަޅައި އިތުރު ހަރުފަތަކަށް ގެންދާނެ ދުވަސް ކަމަށެވެ.
ތެލަސީމިއާ ކުދިންނަށް ފައިސާ ދޫކުރަން ސަރުކާރުން ނިންމާފައި ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ތެރެއިންނެވެ.
![]()
