ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3879 ފަރާތެއްގެ ފްލެޓު އެއްބަސްވުމުގައި ސޮއިކޮށްފި

Loading

Facebook
Twitter
WhatsApp

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3879 ފަރާތެއްގެ ފްލެޓު އެއްބަސްވުމުގައި ސޮއިކޮށް ނިންމައިފިއެވެ.

މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބުވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައެޅިފައިވާ ފްލެޓުތަކުގެ އަދަދު ތަފްސީލާއިއެކު ހިއްސާކުރައްވާފައެވެ.

އެގޮތުން އެ ސްކީމްގެ ދަށުން 3 ކޮޓަރީގެ 2800 ފްލެޓު ދޫކުރާއިރު 2 ކޮޓަރީގެ 1200 ފްލެޓު ހިމެނެއެވެ. މިހާތަނަށް މި ފްލެޓުތަކުގެ ހައްގުދާރުންގެ ތެރެއިން 3879 މީހެއްގެ ފްލެޓު އެއްބަސްވުމުގައި ސޮއިކޮށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާތަނަށް ފްލެޓުގެ ތަޅުދަނޑި ހަވާލުކުރެވިފައިވަނީ 399 މީހަކާއި ކަމަށްވާއިރު 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށްފައިވާ އެންމެނަށް ތަޅުދަނޑިތައް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް