ގދ. ފިޔޯރީގެ މަގު ހެދުމުގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ، ޑރ. ޢަބްދުالله މުއްޠަލިބްއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނަޡީމްއެވެ. އަރިހުގައި ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރ އަޝްރަފް ރަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.ގދ. ފިޔޯރީގެ މަގުހެދުމުގެ މަޝްރޫއަކީ އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 71,208,238.32 ރުފިޔާގެމަޝްރޫޢުއެކެވެ.އިއްޔެ ސޮއި ކުރި އެ ކޮންޓްރެކްޓްގެ މުއްދަތަކީ 730 ދުވަހެވެ.
![]()
