ޗޮކްލެޓް ސިރަޕްފުޅިތަކެއްގައި ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލް ކަމަށާއި އެ ތަކެތީގެ އަގު 30 މިލިޔަން ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށެެވެ.
އަދި އެ ތަކެތި އެެތެރެކުރަން އުޅެފައިވަނީ ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދުކޮށްގެން ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
![]()
