އެކަނިވެރި މައިންނާއި ބަފައިންނަށްދޭ އިނާޔަތް 3000 ރުފިޔާއަށް ބޮޑުކޮށްފި

Loading

Facebook
Twitter
WhatsApp

އެކަނިވެރި މައިންނާއި ބަފައިންނަށްދޭ އިނާޔަތް 3000 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

އެގޮތުން އެ އެހީ ދިނުމުގެ ގަވައިދަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން އެކަނިވެރި މައިންނަށާއި ބަފައިންނަށް މަހަކު ގިނަވެގެން 15،000 ރުފިޔާގެ މާލީ އެހީތެރިކަން ލިބޭނެއެވެ. އެއީ އަހަރެއްގެ މައްޗަށް 180،000 ރުފިޔާއެވެ.

މީގެ ކުރިން އެ ގަވައިދުގައި އޮންނަ ގޮތުން، އެކަނި ދަރިންބަލާ މައިންނަށް ނުވަތަ ބަފައިންނަށް ކޮންމެ ކުއްޖަކަށް ދައުލަތުން 1،000 ރުފިޔާ ދޭނެއެވެ.

އެގޮތުން މިއަދު ގެނައި އިސްލާހާއެކު ހަތަރު ކުދިން ތިބި ނަމަ، ކޮންމެ ކުއްޖަކަށް 3،000 ރުފިޔާއާ ހަމައަށް އެހީތެރިކަން ދައުލަތުން ދޭނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް