މި ބިންމަތީގައި ހިނގާބިނގާވެ، އުޅެން ޖެހޭނީ ބޮޑާކަމެއް ނެތި: ހުތުބާ

Loading

Facebook
Twitter
WhatsApp
މާލޭގެ މިސްކިތެއްގައި ހުކުރު ނަމާދު ކުރަނީ

މި ބިންމަތީގައި ހިނގާބިނގާވެ، އުޅެން ޖެހޭނީ ބޮޑާކަމެއް ނެތި ކަމަށް މިއަދުގެ ހުކުުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުޟޫޢު އަކީ ”ތިމާއާއި އަނެކުންގެ ރައްކާތެރިކަމަށް ސަމާލުވާށެވެ!“ މިއެވެ. މިނަމުގައި ދިން ހުކުރު ހުތުބާގައި ބުނީ އަހަރެމެންގެ އަމިއްލަ ނަފުސާއި، އެހެންމީހުންގެ ރައްކާތެރިކަމާއި އަމާންކަމަށް ސަމާލުވެވޭނީ، މާތް الله އަހަރެމެންނަށް ދެއްވައިފައިވާ ނިޢުމަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ކަމަށާއި ގުނައި ޢަދަދުނުކުރެވޭހައި ގިނަ ނިޢުމަތްތައް، މާތް الله އަހަރެމެންނަށް ދެއްވާފައިވާ ކަމަށެވެ.

އެއްގަމާއި، ކަނޑާއި، ވައިގެ ދަތުރުތަކުގައި ވިސްނުންތެރިކަމާ އެކު ލޮލުގެ ބޭނުންހިފާން ޖެހޭ ކަމަށާއި އުޅަނދު ދުއްވާންވީ ބާރުމިން އަންގައިދޭ ބޯޑުތަކާއި، ޓުރެފިކް ލައިޓުތަކާއި، ޓުރެފިކް ޕޮލިހުގެ އިރުޝާދަށް ތަބަޢަވާން ޖެހޭ ކަމަށެވެ.

ހުތުބާގައި ބުނީ ޓުރެފިކް ޤަވާޢިދުތަކާއި އުޞޫލުތަކަށް ތަބާވެ ޢަމަލުކުރުމަކީ ވާޖިބުކަމެއް ކަމަށެވެ. އަދި އެ ޤަވަޢިދުތަކަކީ ޢާންމު މަޞްލަޙަތާއި، މީހުންގެ މުދަލާއި، ފަރުދުންނާއި، ޖަމާޢަތުގެ ރައްކާތެރިކަމަށް ޓަކައި، ހެދިފައިވާ އެއްޗެއް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

”މަގުމަތީގައި ނުރައްކާތެރި ހާދިސާތައް އެންމެ ގިނައިން ހިނގަނީ ފަރިތަކަމާއި، ކުޅަދާނަކަން ދައްކަން އުޅޭންހަދައިގެން. އަހަރެމެން މި ބިންމަތީގައި ހިނގައިބިނގައި އުޅޭން ޖެހޭނީ، ބޮޑާކަމެއް ނެތި. ކިބުރުވެރިކަމާއި، ބޮޑާކަމާއި، ކަންދެއްކުމަކީ، މާތް الله ރުއްސަވާ ސިފަތަކެއްނޫން.“ ހުތުބާގައި ބުނެފައި ވެއެވެ.

”އަދި ތިބާ، ބޮޑާވެގެން ބިމުގައި ހިނގައިނުއުޅޭށެވެ! ހަމަކަށަވަރުން، ތިބާޔަކަށް ބިންގަނޑު ފޫވައްޓައެއް ނުލެވޭނެތެވެ. އަދި ފަރުބަދަތަކާ ހަމަޔަށް ދިގުވެގެން ވެސް ތިބާޔަކަށް ނުދެވޭނެތެވެ.“ ލުޤްމާނުގެފާނު އެ ކަލޭގެފާނުގެ ދަރިފުޅަށް ދެއްވި ޢިބުރަތްތެރި ނަސޭހަތުގެ ވާހަކަ މާތް الله ވަޙީކުރައްވައިފައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.ﰄހުތުބާގައި ބުނީ ބައެއް ފަހަރު އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ފަރިތަކަމާއި، ކުޅަދާނަކަން ދައްކާން އުޅެނިކޮށް، ނުރައްކާތެރި ހާދިސާތައް ހިނގައި އެތައް ބަޔަކަށް ގެއްލުންވާ ކަމަށެވެ.

”ނިދިއައިސްފައިވާ ޙާލަތުގައްޔާއި، ހަމަހޭވެރިކަންނުވާ ޙާލަތުގައްޔާއި، ނަފްސާނީ ބުރަތަކެއް ތަޙައްމުލުކުރާ ޙާލަތުގައި، އުޅަނދުފަހަރު ދުއްވުމަކީ ރައްކާތެރިކަމެއް ނޫން“ ހުތުބާގައި ބުނެފައި ވެއެވެ. 

Loading

One Response

  1. ރާއްޖޭގެ ރައީސުންނާއި ކެބިނެޓަށް ތި ޚުތުބާތައް އަޑުއިއްވާބަލާށެވެ! އެހެރަ ބޮޑާކަމާއި ދޮގުތައް ހެދުން ހުށްޓިއްޖެނަމަ ގައުމަށާއި ގައުމުގައި ދިރިއުޅޭ ބުޅާތަކުގެ އިތުރަށް ރައްޔަތުމީހާއަށްވެސް ވަރަށް ރަނގަޅުވާނެއެވެ.

Leave a Reply

ފަހުގެ އަޕްޑޭޓް