އިންޑޮނީޝިއާގެ އޮފީސް އިމާރާތެއްގައި ރޯވެ 22 މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

އިންޑޮނީޝިއާގެ އޮފީސް އިމާރާތެއްގައި ހިނގި އަލިފާނުފެ ހާދިސާގައި 22 މީހުން މަރުވެއްޖެއެވެ.


މި ހާދިސާ ހިނގާފައި ވަނީ އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގައި ހުންނަ ހަތް ބުރީގެ އޮފީސް އިމާރާތެއް ކަމަށްވާ ޓެރާ ޑްރޯން އޮފީސް އިމާރާތުގައެވެ.
ޑްރޯން އުފައްދާ ކުންފުންޏަކުން ބޭނުންކުރަމުން އައި އެ އިމާރާތުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވެފައިވަނީ އެއިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހުރި ބެޓަރީ އެއްގައި ރޯވެގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސެންޓްރަލް ޖަކާޓާގެ ފުލުހުންގެ ވެރިޔާ ސުސަޓޯ ޕުރްނޯމޯ ކޮންޑްރޯ ވިދާޅުވީ، މިހާތަނަށް 22 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުން މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 15 އަންހެނުންނާއި 7 ފިރިހެނުންނެވެ.
ަައަދި މި ހާދިސާގައި 22 މީހަކު މަރުވެފައިވާއިރު 54 މީހަކު ސަލާމަތްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ އިމާރާތަށް ވަނުމަކީ އުނދަގޫ ކަމަކަށް ވާތީ އެ އިމާރާތުގެ ހަ ވަނަ ފަންގިފިލާއަށް ފޯކަސް ކޮށްގެން އެ އިމާރާތް ބަލާފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
މީގެ އިތުރުން މި ހާދިސާގައި އިތުރު މީހުން އެ އިމާރާތުގައި ތާށިވެފައި ތިބޭނެ ކަމުގެ ބިރު އެބައޮތް ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާގައި އަނިޔާވި އެންމެންނަށް މިހާރު ވަނީ އީސްޓް ޖަކާޓާގެ ކްރަމަތު ޖާޓީ ޕޮލިސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް