ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގެ އެއްބަސްވުމަކާ ހަމައަށް އައުމަށް އޮތީ މައިގަނޑު 2 މައްސަލައެއް: ކީތު ކެލޮގް

Loading

Facebook
Twitter
WhatsApp

ޔޫކްރެއިން އާއި ރަޝިޔާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް އެއްބަސްވުމަކާ ހަމައަށް އައުމަށް އޮތީ މައިގަނޑު ދެ މައްސަލައެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔޫކްރެއިންއަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު، ކީތު ކެލޮގް ވިދާޅުވެއްޖެއެވެ.

.

ެއޭނާ މިހެން ވިދާޅުވީ ކެލިފޯނިއާގައި ހުންނަ ރޮނަލްޑް ރޭގަން ޕްރެޒިޑެންޝަލް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި ފޯރަމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މަންދޫބު ކީތު ކެލޮގް ވިދާޅުވީ، ޔޫކްރެއިންގެ މައްސަލަ ހައްލު ކުރަން ކައިރިވެފައިވާ ކަމަށާއި ނަމަވެސް ޒަޕޯރިޒްޒިއާ ނިއުކްލިއާ ޕަވާ ޕްލާންޓާއި ޑޮނެސްކް ޕީޕަލްސް ރިޕަބްލިކްގެ ސަރަހައްދާ ގުޅޭ މައްސަލަތައް އަދިވެސް އޮތީ އެޖެންޑާގައި ކަމަށެވެ.

އަދި ޑޮނެސްކް ޕީޕަލްސް ރިޕަބްލިކާއި ޒަޕޯރިޒްޒިއާ ނިއުކްލިއަރ ޕަވަރ ޕްލާންޓްގެ މައްސަލަތަކާ ބެހޭގޮތުން އަދިވެސް މަޝްވަރާ ކުރެވެމުންދާ ކަމުގައި އޭނާ ވިދާޅިވުއެވެ.

”މި ދެ މައްސަލަ ހައްލު ކުރެވިއްޖެ ނަމަ، ދެން ހުރި ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް ކުރިއަށް ގެންދެވޭނެ ކަމަށް އަޅުގަނޑު ދެކެން،“ ސްޕެޝަލް އެންވޯއީ ކީތު ވިދާޅުވި އެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް