ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 936،000 ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ އެ ތަކެތި އަތުލައި ގަނެފައި ވަނީ މިދިޔަ ހުކުރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.
އަދި އަތުލައިގަނެފައި ވަނީ ކެނެބިސް ފަތް ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 1.170 ގްރާމް ހުރި ކަމަށްވެސް ކަސްޓަމްސް އިން ބުނެފައި ވެއެވެ.
ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލު ކަސްޓަމްސް އިން ދީފައެއް ނުވެއެވެ.
![]()
