ތޫފާން ދީތުވާގެ ސަބަބުން ލަންކާގެ ރައްޔިތުން ހާލުގައި ޖެހިފައިވާތީ އެ ގައުމަށް އެހީވުމަށް ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިޔަށްގެންދިޔަ ޓެލެތޯނަށް ލިބުނު 12 މިލިއަނަށްވުރެ ގިނަ ރުފިޔާ އެ ގައުމާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
ެއެ ފައިސާ ލަންކާ ސަރުކާރާ މިއަދު ހަވާލުކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދެވެ.
އެ ޓެލެތޯން ކުރިއަށްގެންދިޔައީ ޕީއެސްއެމް އިން އިސްނަގައިގެން ރާއްޖޭގެ 37 މީޑިއާ އަކާ ގުޅިގެންނެވެ. އެ ޓެލެތޯން ފެށީ 30 ނޮވެމްބަރު ގައެވެ. އަދި އެ ހަރަކާތް ނިންމާލީ ޑިސެންބަރުމަހުގެ އެއްވަނަ ދުވަހުގެ މެންދުރުފަހު 14:00ގައެވެ.
އެ ޓެލެތޯނަށް ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ބައެއް ބޮޑެތި ވިޔަފާރިވެރިންނާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކާ އާންމު ފަރާތްތައް އަދި މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
![]()
