ރާއްޖޭގައި ތިބީ އެޗްއައިވީ ޖެހިފައި ތިބި 36 މީހުން

Loading

Facebook
Twitter
WhatsApp
Illustration of HIV (human immunodeficiency virus) particles.

ރާއްޖޭގައި މިވަގުތު ތިބީ އެޗްއައިވީ ބައްޔަށް ފަރުވާ ހޯދަމުންދާ 36 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ އެޗްއައިވީ ބަލީގެ ދުވަހާއި ގުޅިގެން އެޗްޕީއޭއިން ވަނީ އެ ބައްޔާބެހޭ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އެެގޮތުން މިދިޔަ މަހުގެ 30ގެ ނިޔަލަށް ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 53 އަށް އަރައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ 8 އަންހެނުންނާއި 45 ފިރިހެނުންނެވެ. މީގެ ތެރެއިން 16 މީހުން މިހާރު ދުނިޔެ ދޫކޮށްފައިވާ އިރު، މިވަގުތު 36 މީހުން ބައްޔަށް ފަރުވާހޯދަމުންދާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ އެ ބައްޔަށް ދެވޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ޓްރީޓްމަންޓެއް ކަމަށާއި 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް އެ ފަރުވާ ދެމުން އަންނަ ކަމަށެވެ.

ރާއްޖެއިން އެންމެ ފުރަތަމަ އެއިޑްސް ބަލި ފެނުނީ މީގެ 31 އަހަރު ކުރިން 1991 ވަނަ އަހަރެވެ. ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް އެ ބަލި 39 މީހަކަށް ޖެހިފައިވެ އެވެ. އެއީ 33 ފިރިހެނަކާއި ހަ އަންހެނުންނެވެ. އޭގެ ތެރެއިން 15 މީހަކު މަރުވެފައިވާއިރު 22 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ.

އެޗްއައިވީ ފެތުރޭ ގޮތްތައް:

ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގައިފިނަމަ، އެޗްއައިވީ ޖެހުމުގެ ފުރުސަތު އޮވޭ.

ކަށި ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރާ އިރު، އެކަކު ބޭނުންކޮށްފައި ހުންނަ ކަށި ފަދަ ތަކެތި އަނެކަކު ބޭނުންކުރުމުން އެޗްއައިވީ ޖެހުމުގެ ފުރުސަތު ބޮޑުވޭ

އެޗްއައިވީ ޖެހިފައިވާ މަންމަގެ ފަރާތުން، މާބަނޑު ދުވަސްވަރާއި ވިހެއުމުގެ ތެރޭގައި ނުވަތަ ގާތުން ކިރުދިނުމުން ދަރިފުޅަށް އެޗްއައިވީ ޖެހިދާނެ

އެޗްއައިވީ ވައިރަސް ހުރި ލެޔަށް ހުށަހެޅިގެން

Loading

Leave a Reply

ފަހުގެ އަޕްޑޭޓް