ލަންކާއަށް އެހީވާން ރާއްޖޭން 50،000 ޑޮލަރާއި 25،000 މަސްދަޅު ހަދިޔާކުރަނީ

Loading

Facebook
Twitter
WhatsApp

ލަންކާއަށް އެހީވާން ރާއްޖޭން 50،000 ޑޮލަރާއި 25،000 މަސްދަޅު ހަދިޔާކުރަން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ މި ނިންމުމަކީ ސްރިލަންކާއަށް އެރި “ދިތުވާ” ތޫފާންގެ ސަބަބުން އެ ގައުުމުގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި އެ ގައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އެ ގައުމަށް އެހީތެރިވުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

އެގޮތުން އެ އެހީތެރިކަން ރަމްޒުކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތްގާތްއެކުވެރި ގުޅުމާއި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ގައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ކަމަށް މިނިސްޓްރީން ބުނެފައި ވެެއެވެ.

ހަމައެހެންމެ މި އެހީގެ ސަބަބުން ހާލުގައި ޖެހިފައިވާ ސްރީލަންކާ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބި، ސްރީލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތައް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބޭނެކަމަށް އުންމީދު ކުރާކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ މިފަދަ ކަންކަމުން ދައްކުވައިދެނީ ދެ ގައުމުގެ ދެމެދުގައި އާއި ރައްޔިތުންގެ މެދުގައި ހިއްސާކުރާ ގާތް އެކުވެރި ގުޅުން ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ތޫފާން ”ދިތުވާ“ ގައި ލަންކާއަށް ކުުރަމުން އަންނަ ބޯވިއްސާރައިގައި ގަދަ ވަޔާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ އެކި ހާދިސާތަކުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 100 އަށްވުރެ މައްޗަށް އަރާފައެވެ. އަދި އެތައް ބަޔަކު ހާލުގައި ޖެހި ގެދޮރު ހަލާކުވެ ވީނުވީއެއް ނޭނގި އެއްބަޔަކު ވަނީ ގެއްލިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް