އީ-ވިސާއަށް އެދި ހުށަހެޅޭނީ މި މަހުގެ 23ވަނަ ދުވަހުން ފެށިގެން: އިމިގްރޭޝަން

Loading

Facebook
Twitter
WhatsApp

އީ-ވިސާއަށް އެދި ހުށަހެޅޭނީ މި މަހުގެ 23ވަނަ ދުވަހުން ފެށިގެން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

އީ-ވިސާގެ ޚިދުމަތް ތަޢާރަފްކުރުމާއި ގުޅިގެން އިމިގްރޭޝަނުން ނެރުނު ދެންނެވުމެއްގައި ވަނީ 10ނޮވެންބަރު 2025ގައި ރަސްމީކޮށް ތަޢާރަފްކުރެވިފައިވާ އީ-ވިސާގެ ޚިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ މަރުޙަލާއަށް ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން، އީ-ވިސާއަށް އެދި ހުށަހެޅޭނީ 23 ނޮވެންބަރު 2025 އިން ފެށިގެން ކަމަށެވެ.

ެއެގޮތުން މި މުއްދަތުގެ ތެރޭގައި އީ-ވިސާއަށް އެދި ހުށަހެޅުމަށް ޢަމަލުކުރަންޖެހޭ ގޮތުގެ ތަފްސީލީ ޓިއުޓޯރިއަލްތައް އިމިގްރޭޝަންގެ އެކި ޕްލެޓްފޯމުތަކުގައި ޝާއިޢުކުރާނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

އަދި 20 ނޮވެންބަރު 2025ގެ ނިޔަލަށް، މިހާރުވެސް ޢަމަލުކުރަމުންދާ ގޮތަށް، ވިސާއަށް އެދި ޕާސްޕޯޓު އިމިގްރޭޝަނަށް ހުށަހެޅޭނެ ކަމަށްވެސް އެ އިދާރާއިން ބުނެފައި ވެއެވެ.

މީގެ އިތުރުން 23 ނޮވެންބަރު 2025ގެ ފަހުން، ވިސާ ޖެހިފައިވާ ނަމަވެސް އިމިގްރޭޝަނުން ނުނަގާހުރި ޕާސްޕޯޓުތައް ދޫކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެހެންކަމުން ވިސާ ޖެހުމަށްފަހު ނުނަގާ ހުރި ޕާސްޕޯޓުތައް ވީއެންމެ އަވަސް ފުރުސަތެއްގައި ނެގުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް