ފަސް ސިޔާސީ ޕާޓީއަކަށް 27 މިލިޔަން ރުފިޔާ ދޫކޮށްފިއެވެ.
ފައިސާ ދޫކޮށްފައި ވަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވާ ޕާޓީތަކަށެވެ.
އެއީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްއެވެ.
މި ޕާޓީތަކަށް ފައިސާ ޖަމާކޮށްދިނުމަށް ބޭންކަށް ފޮނުވީ މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ.
ޕާޓީތަކަށް ފައިސާ ދޫކޮށްފައިވާގޮތުގެ ތަފުސީލު:
• ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (PNC) – 13,316,689.57ރ
• ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (MDP) – 8,454,780.51ރ
• ޖުމްހޫރީ ޕާޓީ (JP) – 2,656,598.57ރ
• މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (MDA) – 1,769,648.69ރ
• ޢަދާލަތު ޕާޓީ (AP) – 1,713,538.65ރ
![]()

One Response
ދަފްތަރުގައި 10 ހާސް މެމްބަރުން ނެތަސް މިފަރު ބަހާލިތޯއެވެ؟