މިއަދުގެ ބައެއް ނިއުސް އަޕްޑޭޓް   

Loading

Facebook
Twitter
WhatsApp

* ޣައްޒާގެ ރައްޔިތުންނާދެކޮޅަށް އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ އިޒްރޭލުގެ 37 އިސްފަރާތެއް، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހިމެނޭހެން ހައްޔަރު ކުރުމުގެ އެރެސްޓް ވޮރަންޓް ތަކެއް އިސްތަންބުލްގެ ކޯޓަކުން ނެރެފިއެވެ.އެމީހުން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ ޖަރީމާތަކުގެ ތެރޭގައި ގައްޒާޔަށް އެހީ ހިފައިގެން ދިޔަ ގްލޯބަލް ސްމޫދް ފްލޮޓިލާ ގެ އުޅަދުތަކުގައި ތިބި ފަރާތްތަކަށް ދިން އަނިޔާއަދި އުޅަނދުތަކަށާ އޭގަ ހުރި ތަކެއްޗަށް ދިން ގެންލުން އެރެސްޓް ވޮރަންޓްގައި ފާހަގަ ކޮށްފައި ވެއެވެ.

އިސްތަންބޫލްގެ ޗީފް ޕަބްލިކް ޕްރޮސެކިއުޓަރުގެ އޮފީހުގެ އެދުމަކަށް އެމީހުން ހައްޔަރުކުރުމުގެ އަމުރު ކޯޓުން ނެރެފައިވަނީ ސިސްޓެމެޓިކް ގޮތެއްގައިޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންގެންދާ އިންސާނިއްޔަތާޚިލާފް ޖަރީމާ ތަކުގެ ސަބަބުން، އަންހެނުންނާއި ކުދިން ހިމެނޭގޮތުން އެތައްހާސް މީހުން މަރުވެ، އެތައްހާސްބަޔަކަށް އަނިޔާވެ އަދި ޣައްޒާގެ ރެސިޑެންޝަލް އޭރިޔާ ގައި މީހުން އުޅެން އެކަށީގެން ނުވާކަމަށް ނިންމުމާއި ގުޅިގެންނެވެ.

 * އެމެރިކާއިން އެކުލަވާލާފައިވާ ގްލޯބަލް ޓެރަރިސްޓް ސެންކްޝަން ލިސްޓުން ސީރިޔާގެ ރައީސް ގެ ނަން ނަގައިފިއެވެ. އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން އިއުލާން ކޮށްފައިވާ ގޮތުގައި ސީރިޔާގެ ރައީސް އަހުމަދު އަލްޝަރާ ވަނީ ޓެރަރިސްޓުން އަދި ދަތިކުރުމުގެ ފިޔަވަޅު އަޅާނެ މީހުންގެ ލިސްޓުން ނަގާފައެވެ.އަލްޝަރާ އާ އެކު ސީރިޔާގެ އިންޓީރިއަރ މިނިސްޓަރު އަނަސް ޚައްތާބްގެ ނަންވެސް ވަނީ ނަގާފައެވެ.

* ގަވާއިދާއި ޚިލާފަށް ވަޒަންވެރި ކުރުވާފައިވާ އިޒްރޭލް މީހުންގެ ފަރާތުން ޣައްޒާގެފަލަސްތީން ރައްޔިތުންނާއި ދެކޮޅަށް ދޭ ހަމަލާތައް ފާއިތުވި ވިހި އަހަރުތެރޭވެސް އެންމެ މައްޗަށް ގޮސްފައިވަނީ ނިމުނު އޮކްޓޯބަރުމަހު ކަމަށް އދން ބުނެފިއެވެ.

ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާސް ގެ ތަރުޖަމާން ފަރްހާން ހަގް ބުނި ގޮތުގައި އެއްގަމުން ވަދެ، ދޭ ހަމަލާތަކުގެ އަދަދުވެސް އަދި ހަމަލާތައް ވަރުގަދަ ކޮށްފައިވާ މިންވަރުވެސް މިދިޔަމަހުވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.މިގޮތުން މިފަދަ 264 ހަމަލާ ދީފައިވެއެވެ.

ނުގަވާއިދުން ގެދޮރުދީގެން ވަޒަންވެރި ކުރުވާފައިވާ އިޒްރޭލް ރައްޔިތުންގެ ފަރާތުން މިހާތަނަށް 9،600 ހަމަލާ ދީފައިވާއިރު އޭގެތެރެއިން 1،500 ހަމަލާ ދީފައިވަނީ މި އަހަރުއެވެ.

 * ފަލަސްތީންގެ ރައީސް މަހްމޫދް އައްބާސް އިޓަލީގެ ޕްރައިމިނިސްތަރ ޖޯޖިއާ މެލޯނީ އާއި ރޯމްގައި ބައްދަލް ކުރައްވާ. ގައްޒާހަނގުރާމަ ހުއްޓާލުމާބެހޭ ގޮތުންނާއި އިޒްރާއިލް ފަލަސްތީން ދެދައުލަތުގެ ހައްލެއް ހޯދުމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

 * އިންޑޮނީޝިޔާގެ ސްކޫލެއްގައި ހުކުރު ނަމާދަށް ތިބި ބަޔަކަށް އަމާޒުކޮށް ހުކުރު ދުވަހު ހުކުރު ވަގުތު ދެގޮވުމެއް ހިންގުމުގެ ސަބަބުން 54 މީހުންނަށް އަނިޔާވެފައި ވެއެވެ.

*  ބްރެޒިލްގައި ބޭއްވި ކޮޕް 30 ސަމިޓްގެ އަރިމަތިން، ސީރިޔާގެ ރައީސް އަހުމަދު އަލް ޝަރާ، ފަރަންސޭސި ރައީސް އިމެނުއަލް މެކްރޯން ، އިގިރޭސި ޕްރައިމިނިސްޓަރ ކެއިރު ސްޓާމާ އަދި ޑަޗް ޕްރެމިއަރ ޑިކް ސްކޫފް އާއި ބައްދަލް ކުރައްވާފައި ވެއެވެ.

 * އަލަށް ހެދި ސްޓަޑީ އަކުން ހާމަވެފައިވާ ގޮތުގައި ހޫނު ގަދަ ވުމުގެ ސަބަބުން އެމެޒަން ކޯރުގެ ފެންގަނޑު ޖަކޫޒީ އެއްގެ ފެންގަނޑަށް ވުރެ ހޫނުވެފައި ވުމުގެ ސަބަބުން އެތައްސަތޭކަ ޑޮލްފިން މަރުވެ އަދި ޓްރޮޕިކަލް އެކޯ ސިސްޓަމް ތަކަށް ނުރައްކާތެރިކަން ބޮޑުވެފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް