ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.
މިއީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ބަނގުރަލެވެ.
އެ ތަކެތި ނައްތާލާފައި ވަނީ މި ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ.
ނައްތާލައިފައި ވަނީ 224 ފުޅި ބަނގުރަލާއި 260 ދަޅު ބަނގުރަލެވެ.
ފުލުހުން ބުނީ އެ ތަކެއްޗަކީ މި އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ދާލު އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެެތި ކަމަށެވެ.
ބަނގުރާ ނައްތާލުން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.
![]()
