މާލެއިން ފުރައިގެން ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ ބޯޓެއް ފަރަށް އަރައިފި

Loading

Facebook
Twitter
WhatsApp

މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ ބޯޓެއް ވ. ފެލިދޫ ކައިރީ އޮންނަ ފަރަކަށް އަރައިފިއެވެ.

ފަރަށް އަރާފައި ވަނީ ”ފަހިރޯޅި“ ނަމަކަށް ކިޔާ ބޯޓެކެވެ.

އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ގއ. އަތޮޅަށް ދަތުރުކުރި ”ފަހިރޯޅި ފަރެސްމާތޮޑާ“ ދޯނި، ވ.ފެލިދޫ ހުޅަނގުން 5 ނޯޓިކަލް މޭލު ބޭރުން ފަރަކަށް އެރުމާ ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން ޑައިވަރުންނާ އެކު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވާކަމުގެ ރިޕޯޓު އިއްޔެ ފަތިހު 5:01 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ، މި ބޯޓު ފަރަށް އެރި ވަޤުތު ބޯޓުގައި ޖުމްލަ 12 މީހުން ތިބި ކަމަށެވެ. އެއީ ދިވެއްސަކާއި 5 ބިދޭސީން ހިމެނޭހެން 6 ދަތުރުވެރިންނާއި، ބޯޓުގެ ވެރިފަރާތާއި، ކެޕްޓަން އާއި، 4 ބިދޭސީ ފަޅުވެރިންކަމަށް ފުލުހުން ބުނެެެއެވެ.

މިގޮތުން މި އެންމެން ވެސް ފުލުހުންގެ އެހީތެރިކަމާއެކު ވ. ފެލިދޫއަށް ގެންގޮސްފައިވާ ކަމަށާއި، އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ހާމަކުރެއެވެ.

އަދި އެ ބޯޓުގެ މައްޔާ ފަޅައިގެންގޮސް ދިޔަވެ ބޯޓުގެ ބޮޑުބައެއް މިހާރު އަޑިއަށް ގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް