އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް އައުމުގެ ސަބަބުން ވިއްސަކަށް މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް އައުމާއި ގުޅިގެން ދިމާވި އެކި ހާދިސާތަކުގައި މަދުވެގެން 20 މީހުން މަރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. 6.3ގެ ބާރުމިނުގައި ބިންހެލުން އައިސްފައިވަނީ ރޭ އެތާގަޑިން ދަންވަރު އެކެއްޖަހާ އެހާއިރު މަޒާ-އެ-ޝަރީފް އާއި ކައިރި ހިސާބަކަށެވެ.

އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ މަޒާ-އެ-ޝަރީފް އަކީ ފަސް ލައްކަ މީހުންގެ އާބާދީއެއް އޮންނަ ސަރަހައްދަކަށްވާއިރު ބިންހެލުމުގައި މަރުވި މީހުންގެ އިތުރުން އެތައްސަތޭކަ މީހުންނަށް ވަނީ އަނިޔާތައްވެސް ލިބިފައެވެ.

ތާލިބާން ސަރުކާރުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން ހާމަ ކޮށްފައިވާ ގޮތުގައި ބިންހެލުމާއި ގުޅިގެން ވިއްސަށް ވުރެ ގިނަމީހުން މަރުވެފައިވާއިރު320 މީހުންނަށްވަނީ އެކި އަނިޔާތަކާއި ޒަޚަމްތައް ލިބިފައެވެ. އެހީގެ މަސައްކަތް ކުރިޔަށްދާ ވަރަކުން މަރުވި އަދި ޒަޚަމްވި މީހުންގެ އަދަދުތައް އަދި މިއަށް ވުރެ އިތުރުކަން ހާމަވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އޮފިޝަލުން  މައުލޫމާތު ދީފައި ވެއެވެ.

އޭ.އެފް.ޕީން މައުލޫމާތުދީފައިވާ ގޮތުގައި މަޒާ-އެ-ޝަރީފް ގެ ގިނަ މީހުން ވަނީ ބިންހެލުން އައުމާއިއެކު ދުވެފަ މަގު މައްޗަށް ނިކުމެފައެވެ.އެއީ ގެތައް ވެއްޓިދާނެތީ ބިރުންނެވެ.

މިދިޔަ އޮގަސްޓްމަހުގެ ފަހުކޮޅު އަފްއާނިސްތާންގެ ފަރުބަދަމަތީގެ ހިސާބަކަށް 6.0 ގެ ބާރުމިނުގައި އައި ބިންހެލުމަކާއި ގުޅިގެން އެއްހާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް