މެލޭޝިޔާއަށް ދަތުރު ކުރުމުގެ ކުރިން ސަމާލު ކަމަށް

Loading

Facebook
Twitter
WhatsApp

މެލޭޝިޔާއަކީ ޗުއްޓީ ހޭދަކޮށްލުމަށާއި އަދި އެނޫނަސް ތަފާތު ގިނަ ބޭނުންތަކަށް ދިވެހިން ވަރަށް ގިނައިން ދަތުރުކުރާ މަންޒިލެކެވެ. ކިއުންތެރިންގެ ސަމާލު ކަމަށްޓަކައި މިހާރު މިގެނެސްދެނީ އޮކްޓޯބަރ 31 ގައި މެލޭޝިޔާ އިމްގަރޭޝަނުން އަމަލުކުރަން ފަށާފައިވާ ގަވައިދެއްގެ ޚުލާސާއެކެވެ.                                                    

އެ ގަވައިދުގެ ފުރަތަމަ ފޭސްގެ ދަށުން މެލޭޝިޔާ އެއާރލައިނުންނާއި ވިއެޓްޖެޓް، އެމިރޭޓްސް، ސިންގަޕޯރުގެ ސްކޫޓް އަދި ޔޫ އެސް ބަންގްލާ އެއާރލައިން ހިމެނޭގޮތުގައި ދިހަ އެއާރލައިނަކުން މެލޭޝިޔާއަށް ދަތުރުކުރާ ފަސިންޖަރުން އެޑްވާންސް ޕަސެންޖަރ ސްކްރީން ކުރެވޭނެއެވެ. އަލަށް ތަޢާރުފް ކުރެވުނު މި ނިޒާމުގެ ދަށުން މެލޭޝިޔާއަށް ދަތުރު ކުރުމުގެ 72 ގަޑިއިރުކުރިން  ދަތުރު ރޭވިފައިވާ ގޮތާއި މެލޭޝިޔާގައި ހުންނަތަނެއްގެ މައުލޫމާތުވެސް ހިމެނޭގޮތުގައި  މެލޭޝިޔާ ޑިޖިޓަލް އިމިގްރޭޝަން ކާރޑް އޮންލައިންކޮށް ހުށައަޅަން ޖެހޭނެއެވެ. މެލޭޝިޔާއަށް ދަތުރުކުރުމުގައި ޕާސްޕޯރޓުގެ މުއްދަތުގައި މަދުވެގެން 6 މަސްދުވަސް އޮންނަން ޖެހޭނެއެވެ. މި ގައިވަދުގެ މައިގަނޑު ބޭނުމަކީ މެލޭޝިޔާގެ ދާޚިލީ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުންކަމަށް ބުނެފައިވެއެވެ.        

އެޑްވާންސް ޕަސެންޖަރ ޕްރޮގްރާމަކީ ޔުނިވަރސަލް ސެކިއުރިޓީ އޮޑިޓް ޕްރޮގްރާމްގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ގްލޯބަލް ސޭފްޓީ މިންގަނޑުތައް މޮނިޓަރކޮށް ބެލެހެއްޓުމަށް ޔޫ އެން ސެކިއުރިޓީ ކައުންސިލުން ކަނޑައަޅާފައިވާ ގަރާރަށް އަމަލުކުރުމުގެ ގޮތުން އަޅަން ގަސްދުކުރާ ފިޔަވަޅުތަކެއް ކަމަށްވެސް ދާޚިލީ ވަޒީރު ވިދާޅުވިއެވެ.                                 

މެލޭޝިޔާގެ ދާޚިލީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިއަންނައަހަރު މާރޗް މަހުގެ ތެރޭގައި އެހެންހުރިހާ އެއަރލައިނަކުން މެލޭޝިޔާއަށް ދަތުރުކުރާ ފަސިންޖަރުންވެސް އެޑްވާންސް ޕަސެންޖަރ ސްކްރީން ޕްރޮގްރާމްގެ ދަށުން ޑިޖިޓަލް އިމިގްރޭޝަން ކާޑް ހުށައަޅަން ޖެހޭނެއެވެ.         

Loading

Leave a Reply

ފަހުގެ އަޕްޑޭޓް