ޖަސްޓިން ޓްރޫޑޯ އާއި ލަވަކިއުންތެރިޔާ ކޭޓީ ޕެރީ ލޯބީގެ ގޮތުން ގުޅިއްޖެ

Loading

Facebook
Twitter
WhatsApp

ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އާއި އެމެރިކާގެ ޕޮޕް ލަވަކިއުންތެރިޔާ ކޭޓީ ޕެރީ ލޯބީގެ ގޮތުން ގުޅިފައިވާކަން މީޑިޔާއަށް ޔަގީން ކޮށްދީފިއެވެ.މިގޮތުން ޓްރޫޑޯ އާއި ޕެރީވަނީ މިދިޔަ ހަފްތާބަންދުގައި ޕެރިހުގެ މަޝްހޫރު ހޮޓަލެއްގައި، ކޭޓީ ޕެރީގެ 41 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕާޓީ އަށްފަހު،އަތުގަ ހިފާލައިގެން ނިކުމެގެންދާތަން ފެނިފައެވެ.

2015 ވަނަ އަހަރު ކެނެޑާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އުޅުއްވަން ޖެހުނު ބުރަ ޝެޑިއުލްގެ ސަބަބުން ޓްރޫޑޯގެ ޕްރައިވެޓް މާގިނަ ކަންކަމެއް މީގެ ކުރިން އާންމުންނަށް ހާމަވާގޮތެއް ވެފައެއް ނުވެއެވެ. މަގްބޫލުކަން ގެއްލެމުން ދާކަމަށް ގަބޫލުފުޅު ކުރައްވާ ޖަސްޓިން ޓްރޫޑޯ މަގާމުން އިސްތިއުފާދެއްވީ މިއަހަރުގެ ކުރީކޮޅުއެވެ.

އަނެއްކޮޅުން ކޭޓީޕެރީ އަށް ވެސް ވަނީ މިފަހަކަށް އައިސް ހިތްހަމަ ނުޖެހޭ ހެޑްލައިންތަކާ ކުރިމަތިލާން ޖެހިފައެވެ.  އެންމެ ފަހުން ނެރުނު އަލްބަމް އަށް އެހާބޮޑު ތަރުހީބެއް ލިބިފައިނުވާއިރު، ސްޕޭސް ފްލައިޓެއްގައި ދަތުރެއް ކޮށް ލިބުނު ތަރުހީބަށް ވުރެ ބޮޑަށް މަލާމަތާއި ފާޑުކިއުން ރައްދުވެފައި ވެއެވެ. އަދި ދިހަވަރަކަށް އަހަރު އެކުގައި އުޅުނު ބައިވެރިޔާ އެކްޓަރ އޮލަންޑާ ބްލޫމް އާ ދެމީހުން ވަކިވިކަން ވަނީ އިއުލާން ކޮށްފައެވެ.

ބައެއް ފަރާތްތަކުން މަޖަލަކަށް ސިފަކުރަމުންދާ ގޮތުގައި ޓްރޫޑޯ އާއި ކޭޓީ ޕެރީގެ ގުޅުމަކީ ދެމީހުންނަށްވެސް ބޭނުން ޖެހިފައިވާ ”ރީބްރޭންޑް“ ކުރުން ލިބިގެންދާނެ ގުޅުމެކެވެ. ދުނިޔެއަށް މަޝްހޫރު ސިޔާސީ އިސްފަރާތަކާ ގުޅުމުން ޕެރީގެ އޯޑިއަންސް ފުޅާވެގެންދާނެއެވެ.މިގޮތުން މިޔުޒިކް އިންޑަސްޓްރީގެ ބޭރުން ދުނިޔޭގެ ސަމާލުކަންވެސް އޭނާއަށް ލިބިގެންދާނެއެވެ.

އަނެއްކޮޅުން އުމުރުފުޅުން 53 އަހަރުގެ ޓްރޫޑޯ ވަނީ ޅައުމުރެއްގައި ސިޔާސީ މައިދާނުގައި ބޮޑެތި ކަންކަމާ ކުރިމަތިލައްވާ ވަރުގަދަ އިމްތިހާންތައް ކަނޑައްތު ކުރައްވާފައެވެ. އެފަދަ ”ޓަފް“ ހަޔާތްޕުޅަކަށްފަހު ޕޮޕް ކަލްޗަރ އަދި މިޔުޒިކްގެ ދުނިޔޭގައި ޓްރޫޑޯ އަށް ބޭނުންވާ ”ސޮފްޓް“ ދުނިޔެ އަދި އެކަމުގެ ރަހަ ލިބިވަޑައިގަންނަވާނެއެވެ. މިހުރިހާކަމެއްގެ އިތުރުން ދެމީހުންނަށްވެސް ވަނީ ހިތްހަމަޖެހޭ ”ހިއުމަން“ ގުޅުމެއް ލިބިފައިކަމަށް އޮބްޒާވަރުން ބުނެއެވެ.އެހެނީ މިއީ ޓްރޫޑޯ އަދި ޕެރީވެސް އަލުން ސިންގަލް ވީފަހުން ދެމީހުންވެސް ލޯބީގެ ގުޅުމަކުން ގުޅުނު ފުރަތަމަ ފަހަރެވެ.

ޓްރޫޑޯ އާއި އަނބިކަނބަލުން ސޯފީވަނީ 2023 ވަނަ އަހަރު ”ސެޕަރޭޓް“ ވީކަން އިއުލާން ކުރައްވާފައެވެ.

ޖަސްޓިން ޓްރޫޑޯއާއި ކެޓީ ޕެރީ ލޯބީގެ ގޮތުން ގުޅިފައިވާ ކަމުގެ އަޑުތައް ޖުލައިމަހުގެ ފަހުކޮޅުން ފެށިގެން ވަނީ އިވެން ފަށާފައެވެ.އެއީ މޮންޓްރިއޯލްގެ މަޝްހޫރު ރެސްޓޯރަންޓަކުން ދެމީހުން އެކުގައި ފެނުމުންނެވެ. އޭގެ ދެ ދުވަސްފަހުން ޓްރޫޑޯވަނީ މޮންޓްރިއޯލް ގައި ބޭއްވި ޕެރީގެ ޝޯއަކަށް ވަޑައިގެންފައެވެ.އޭގެ ފަހުން އޮކްޓޯބަރުމެދުތެރޭ ޕެރީގެ ޔޮޓްގައި ދެމީހުން ދަތުރުކޮށް، އަދި ވަރަށް ”ގާތްވާ“ ފޮޓޯތަކެއް އާންމުވެފައިވެއެވެ.

އެހާތަނަށްވެސް ޓްރޯޑޯވެސް އަދި ޕެރީވެސް ދެމީހުންގެ ގުޅުމުގެ ވާހަކަ އާންމު ކޮށްފައެއް ނުވެއެވެ. މިކަމުގެ ހިންޓެއް ފުރަތަމަ ދިނީ ޕެރީއެވެ. ހަފްތާބަންދުގެ ”ކޮންފަމޭޝަން“ގެ ކުރިން ލަންޑަންގައި އޮތް ޝޯއަކަށްފަހު ފޭން އަކު އޭނާއަށް ލޯބި ހުށައެޅުމުން ޕެރީ ބުނެފައިވަނީ މީގެ 48 ގަޑިއިރު ކުރިން އެހިނަމަ ތިޔަށް ޖަވާބު ދެވުނީސް ކަމުގައެވެ. މާނައަކީ 48ގަޑިއިރު ކުރިން އެހެން މީހަކާ ގުޅިފައިވާ ކަމުގައެވެ.  

Loading

Leave a Reply

ފަހުގެ އަޕްޑޭޓް