ހުޅުމާލެ ފޭސް 2ގެ ހިޔާ ފްލެޓުގެ އަށް ވަނަ ޓަވަރުގެ 14 ވަނަ ފްލޯއިން މީހަކު ވެއްޓި މަރުވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 8:32 އެހާކަންހާއިރު ހިޔާ ޓަވަރުގެ 8 އިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި ހާދިސާގައި ވެއްޓުނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ އެ މީހާއަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
![]()
