ތޫފާން މަޓާމޯގައި ޗައިނާގެ ގުއަންޑޯންގް ސަރަހައްދު އެފުށް މިފުށަށް

Loading

Facebook
Twitter
WhatsApp


މި އަހަރު މިހާތަނަށް ޗައިނާއަށް އެރި 21 ވަނަ ތޫފާން މަޓާމޯ އަކީ ފާއިތުވެގެން މިދާ ދިހަވަރަކަށް އަހަރު ދުވަހު ޗައިނާއަށް އެރި އެންމެ ބާރުގަދަ ތޫފާން ކަމުގައި ވެގެން ހިގައްޖެއެވެ. ވައިގެ ބާރުމިން 150 މޭލުގައި ހުރިއިރު ރުއް ގަސް އުފުރައިގެ ދިއުމާއި ބިޔަ އުސްރާޅު ތަކުންނާއި ވެހޭ ބޯ ވާރޭގެ ސަބަބުން މަގުތަކުގައި ވަނީ ފެންބޮޑުވެ އެއްގަމު ދުއްވާއެއްޗެހި ފެނުތެރޭގައި ވަޅުޖަހާފައެވެ. ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ކުއްލި ސިހުމަކާއެކު ބޮޑުވެގެންވާ ބިރުވެރިކަމަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.


ޗައިނާއިން ތައިފޫންގެ ރައްކާތެރިކަމަށް އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާއި ކަރަންޓް ލައިންތައް ހަލާކުވެގެން ދިއުން ކޮންމެވެސް ވަރަކަށް ވަނީ މަދު ކުރެވިފައެވެ. އެހެންނަމަވެސް މިހާތަނަށް ތިން ލައްކަ މިޙުން ރައްކާތެރި ސަރަހައްދުތަކަށް ވަނީ ގެންދެވިފައެވެ. އަދި ޖެހެމުންދާ ގަދަ ވައިގެ ސަބަބުން މައްޗަށް އަރައިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމާއެކު 55 ކިލޯގްރާމަށްވުރެން ބަރުދަން ލުއި އެއްވެސްމީހަކު މަގުމައްޗަށް ނިކުތުން ވަނީ މަނާކޮށްފައެވެ. ފެކްޓަރީ ތަކާއި ކާރުޚާނާތައް އަދި ސްކޫލްތަކާއި އެއާރޕޯރޓް ވެސް ވަނީ ބަން ދު ކޮށްފައެވެ. ތޫފާން މަޓާމޯ އިން ލިބެމުންދާ ގެއްލުމާއި ފެންބޮޑުވުމުގެ ސަބަބުން މެއިލާން އަދި ހައިކޫ އެއަރޕޯރޓް ދެން ހުޅުވޭވަރުވާނީ މިއަންނަ އާދީއްތަ ދުވަހުގައި ކަމަށް ޚަބަރުތަކުގައި ބުނެފައި ވެއެވެ. އަދި މިހާތަނަށް ނުވަ ސަތޭކައެއްހާ ފްލައިޓް ވަނީ ކެންސަލް ކުރަން ޖެހިފައެވެ.
ފާޑުކިޔާ ބައެއް މީޑިއާތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި ޗައިނާއަކީ މިވަގުތު ޓެކްނޯލޮޖީގެ ރޮނގުން ދުނިޔޭގެ އެންމެ ކުރީސަފުގެ އެކެއް ދޭއްގައި ގުނާލެވޭ ގައުމަކަށް ވީއިރު ތޫފާން މަޓާމޯގެ ހަރަކާތްތަކަށް ބަރާބަރަށް ފާރަލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި އެޅިފައި ނެތްކަން ފާހަގަކޮށްފައި ވެއެވެ. 2008 ވަނައަހަރު އޮޅިމްޕިކްސް ކުޅިވަރުތައް ހިނގަމުންދިޔައިރު ޓެކްނޯލޮޖީ ބޭނުން ކޮށްގެން ވާރޭ ވެހުން ހުއްޓުވާފައިވާއިރު މަޓާމޯގައި އެންމެ ގަޑިއެއްގެއިރު ތެރޭގައި ސެންޓިގްރޭޑުން 14 ޑިގްރީއަށް ފިނިހޫނު މިން ވެއްޓުނު ސަބަބު އޮޅުން ފިލުވިފައެއް ނެތެވެ.
ތޫފާން މަޓާމޯގެ ސަބަބުން ޗައިނާގައި މިހާރު ވަނީ ރެޑް އެލާރޓް އިއުލާންކޮށްފައެވެ. ތޫފާން ދަތުރުކުރަމުންދާ މަގަށް ބަލާއިރު އުތުރު ވިއެޓްނާމަށް އަރާފާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކުރެއެވެ. އަދި އެހާތަނަށްދާއިރު ތޫފާނުގައި ވައިގެ ބާރުމިން ގަޑިއަކު 55 މޭލަށް ދަށްވާނެ ކަމަށްވެސް ބެލެއެވެ.
ތޫފާނުގެ ސަބަބުން ލިބުނު ގެއްލުން އެތައް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދޒާކުރެވޭ ކަމަށް ޗައިނާއިން ބުނެފައިވެއެވެ.
ޗައިނާއަށް މާބޮޑު އެނގުމަކާނުލައި ކުއްލިއަކަށް މިދިމާވި ތޫފާނަކީ މޫސުމީ ކާރިސާއެއްތޯ ނުވަތަ މިއީ ޓެކްނޯލޮޖީގެ އާ ހަނގުރާމައެއްގެ ފެށުންތޯވެސް ބައެއް މީޑިއާތަކުން ސުވާލު އުފައްދަމުން އެބަ ގެންދެއެވެ. އެހެން ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައިތަރައްގީގެ މަގުގައި އިނަސާނުން ކިތަންމެ ކުރިއަރާ ދިޔަކަމުގައި ވިޔަސް ފަހަކަށް އައިސް ދުނިޔޭގެ ކުރިމަގުން ފެންނަމުން މިދަނީ ގޮތްނޭންގޭ އަދި އިންސާނުންގެ ބާރު ނުފޯރާ ޒަމާނަކަށް ކަމުގައި ގަބޫލުކުރަން ޖެހިއްޖެއެވެ. އަދި އިންސާނުން ކިތަންމެ ބާރުގަދަކަމަށް ދުށްކަމުގައި ވިޔަސް މި ކާރިސާތަކުން އޭނާގެ ނުކުޅެދުން ތެރިކަން ކިތަންމެހާވެސް ރަނގަޅަށް ހާމަވެގެންދާކަމަށް ބުނެފައި ވެއެވެ.
ޗައިނާއަށް ކުއްލިއަކަށް މި ދިމާވި ކާރިސާއާއި ގުޅިގެން އެ ގައުމުގެ އިގްތިސާދަށް ބޮޑެތި ގެއްލުން ވާނެ ކަމަށް ބެލެވޭއިރު އަދި އެމެރިކާގެ ރައީސްގެ ޓެކްސްގެ މައްސަލަވެސް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ޗައިނާގެ މާރކެޓް ބަންދުކުރުމުން އެމެރިކާގެ އިގްތިސާދު އިނދަ ޖެހިދާނެކަމަށް ބެލެވޭތީ އެމެރިކާއަށް އެތެރެކުރާ ޗައިނާގެ އިލެކްޓްރޯނިކްސް އުފެއްދުން ތަކާއި ސެމީކޮންޑަކްޓަރ އިން ޓެކްސް ނުނަގާ ގޮތަށް ނިންމައިފިއެވެ.
އެމެރިކާގެ ވިސްނުން މިގޮތަށް ބަދަލުވެފައިވީ ނަމަވެސް ޗައިނާއިން އެމެރިކާގެ މި ނިންމުމަށް ބޯލަނބަން ބޭނުންވާހެން ހިއެއް ނުވެއެވެ. ޗައިނާއިން މިހާރު ތައްޔާރުވަމުންދަނީ ޔޫރަޕިއަން ޔޫނިއަން މާރކެޓަށް އަމާޒުކޮށް އެ ޖަމާއަތުގައި ހިމެނޭ 27 ގައުމުގެ ވެރިންނާއެކު ސަމިޓެއް ބޭއްވުމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް