އިގިރޭސި ރާނީގެ ދަރިކަލުން ޕްރިންސް އެންޑްރޫގެ ”ޕްރިންސް“ ގެ ލަގަބު އަތުލައިފި

Loading

Facebook
Twitter
WhatsApp

އިގިރޭސި ރާނީގެ ދަރިކަލުން ޕްރިންސް އެންޑްރޫގެ ޝާހީ ކަމުގެ ލަގަބު ކަމުގައިވާ ”ޕްރިންސް“ މިނަން އަތުލާގޮތަށް ނިންމާފައިވާކަމަށް އިގިރޭސި ޝާހީ ގަނޑުވަރު ބަކިންގހަމް ޕެލަސް އިން އިއުލާން ކޮށްފިއެވެ.

ބުރާސްފަތިދުވަހުގެރޭ ބަކިންހަމް ޕެލަސް އިން އާންމު ކުރި ބަޔާނެއްގައިވާ ގޮތުން ޕްރިންސް އެންޑްރޫ އަށް ދެން މުހާތަބް ކުރެވޭނީ އެންޑްރޫ މައުންޓް ބެޓަން ވިންޑްސަރ މިނަމުންނެވެ.މިފިޔަވަޅު އަޅާފައިވަނީ ވަރަށް ފުޅާދާއިރާއެއްގައި ފައިސާދީގެން އަންހެނުން ލައްވާ ފާޙިޝް އަމަލްތައް ހިންގަމުން އައި މަހުޖަނު ޖެފްރީ އެޕްސްޓެއިން އާއި ޕްރިންސް އެންޑްރޫ ގާތް ގުޅުމެއް ބާއްވަމުން ގެންދަވާފައިވާތީ އެކަމުގެ އަދަބެއްގެ ގޮތުގައެވެ. އެޕްސްޓެއިން ވަނީ ފާޚިޝް އަމަލުތަކުގެ ތުހުމަތު ގައި ޖަލަށް ލާފައިވަނިކޮށް ޖަލުގައި އަމިއްލަޔަށް މަރުވެފައެވެ.

އެންޑްރޫ އާއި އެޕްސްޓެއިންގެ ގުޅުމާއިމެދު އާންމުންގެ ނުރުހުން ބޮޑުވެ އެންޑްރޫ މީގެ ކުރިން ވަނީ އެހެން ބައެއް ޝާހީ ލަގަބް އަމިއްލަޔަށް ދޫކޮށްލައްވާފައެވެ.މިގޮތުން ޑިއުކް އޮފް ޔޯކް ގެ ލަގަބްވެސް ވަނީ ދޫކުރައްވާފައެވެ.

އެންޑްރޫ ކުށެއް ކުރެއްވިކަން ފުރަތަމަ ހާމަ ވެފައިވަނީ 2014 ވަނަ އަހަރު، ވަރޖީނިއާ ގުފްރޭ ކިޔާ އަންހެނަކު ނެރުނު މެމޯ އެއްގައި އޭނާގެ އުމުރުން 17 އަހަރުގައި މަޖްބޫރު ކުރުވައިގެން ތިން ފަހަރެއްގެ މަތިން ޕްރިންސް އެންޑްރޫ އޭނާއާއި އެކު ޖިންސީ ގުޅުން ހިންކަމަށް ބުނުމުންނެވެ. ނަމަވެސް އެންޑްރޫ ވަނީ އެކަން ދޮގު ކުރައްވާފައެވެ. ނަމަވެސް 2022 ވަނަ އަހަރު ކޯޓުން ބޭރު އެއްބަސްވުމެއްގައި އެންޑްރޫ ވަނީ، ގުފްރޭއަށް ގިނަ އަދަދެއްގެ ފައިސާވެސް ދެއްވާފައެވެ.

ގުފްރޭ ވަނީ މިމައްސަލައިގައި ފިއްތުންތައް ކުރިމަތިވާތީ ހާސްކަން ބޮޑުވެގެން ކަމަށް ބުނެ މިއަހަރުގެ ކުރީ ކޮޅު އަމިއްލަޔަށް މަރުވެފައެވެ.

ބަކިންގހަމް ޕެލަސްގެ ބަޔާނުގައިވާ ގޮތުން އެންޑްރޫގެ ޕްރިންސް ލަގަބް އަތުލުމުގެ އިތުރުން، އޭނާ ދިރިއުޅުއްވަމުން ގެންދެވި ޝާހީ ލޮޖް ގައި އިތުރަށް ހުންނެވުންވެސް ވަނީ މަނާ ކޮށްފައެވެ. ދެން ޕްރިންސް ހުންނަވަން ޖެހިވަޑައިގަންނަވާނީ ޕްރިވެޓް އެކޮމޮޑޭޝަން ގައެވެ. މިފިޔަވަޅުތަކާއެކުވެސް އެންޑްރޫގެ މިހާރު ބޮޑުވެފައިވާ ދެއަންހެން ބޭފުޅުން އިއުޖީން އަދި   ބީޓްރިސް ގެ ޕްރިންސެސް ލަގަބް އަތުލާފައެއްނުވެއެވެ.

2014 ވަނަ އަހަރު ހާމަވި ޖަރީމާތަކަކަށް 11 އަހަރު ފަހުންނަމަވެސް ފިޔަވަޅު އެޅެމުން ދިއުމުން އިންސާފްއާމެދު ގިނަބަޔެއްގެ ހިތުގައި އުންމީދުއާވެގެން ގޮސްފައިވެއެވެ. ވަރޖީނިއާ ގުފްރޭގެ އާއިލާއިންވެސް ވަނީ އޭނާ ދުނިޔޭގައި ހުރިނަމަ މިއަދު ވަރަށް އުފާވީސް ކަމަށް ބުނެފައެވެ.  

Loading

Leave a Reply

ފަހުގެ އަޕްޑޭޓް