ގަޑިއަކު 120 މޭލު ބާރުމިނުގެ ވަޔާއެކު ތޫފާން މެލިއްސާ ކިއުބާ އަށް އަރައިފި

Loading

Facebook
Twitter
WhatsApp

ޖެމެއިކާއަށް ބޮޑެތި ގެއްލުން ތަކެއް ދިނުމަށްފަހު ތޫފާން މެލިއްސާ ކިއުބާއަށް އަރައިފިއެވެ. ތޫފާނުގެ ވައި ގަޑިއަކު 120މޭލުގެ ބާރު މިނުގައި ހުރިއިރު ލިބުނު ގެއްލުން ތައް ބޮޑުކަމުން ޖެމެއިކާގެ ބޮޑުވަޒީރު އެންޑްރޫ ހޮލްނަސް ވަނީ މުޅި އެސަރަހައްދަކީ ”ޑިޒާސްޓަރ“ ސަރަހައްދެއްގެ ގޮތުގައި އިއުލާން ކުރައްވާފައެވެ.


ތޫފާންގެ ސަބަބުން ޖެމެއިކާ ގެ ހޮސްޕިޓަލްތައްވެސް ހިމެނޭހެން ވަރަށް ގިނަ ގެދޮރާއި އެހެން އިމާރާތްތަކަށް ގެއްލުން ލިބިފައިވާއިރު ލިބުނު ގެއްލުމުގެ މިންވަރު ސާފުވާން އަދި ވަގުތު ނަގާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވެފައި ވެއެވެ.
ތޫފާން މެލިއްސާ އަކީ ފަހުގެ ތާރީޚެއްގައި ކެރީބިއަން ސަރަހައްދަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ. ޖެމެއިކާ އަށް އެރިއިރު ތޫފާން ހުރީ ކެޓަގަރީ 5 ގެ ބާރު މިނުގައެވެ. މިއީ އެންމެ ނުރައްކާތެރި ލެވެލް އެވެ.
ޖެމެއިކާއަށްފަހު ކިއުބާއަށް ތޫފާން އެރިއިރު ވަނީ ކެޓަގަރީ 3އަށް ބާރުމިން ދަށްވެފައެވެ.
މިއަދު ރާއްޖޭގަޑިން އެއްގަޑި ތިރީސް އެހާއިރު ކިއުބާއަށް އެރުމަށްފަހު ތޫފާން ދަތުރު ކުރަނީ ބަހާމާސް އަދި ބަރމުޑާ އާއި ދިމާލަށެވެ. މީގެ އިތުރުން ހެއިޓީ ފަދަ ބައެއްގައުމުތަކުންވެސް ދަނީ ތޫފާންގެ ވަޔާ ވާރެޔަށް ތައްޔާރު ވަމުންނެވެ.
ކެރީބިއަން ސަރަހައްދަށް އެރުމަށްފަހު މިރޭގެ ވަގުތެއްގައި ތޫފާންގެ މިސްރާބް ބަދަލުވާނެ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް