އެމެރިކާވެސް އެފަދަ ބާރުގަދަ ގައުމަކަށްވީ މިއަދު ދުނިޔެއަށް ދައްކަން މަސައްކަތް ކުރާ ފަދަައިން ސުލްޙައަށް ލޯބިކުރާ ގައުމެއްގެ ގޮތުގައެއް ނޫނެވެ. ގައުމުތައް ވީރާނާ ކުރުމާއި އެ ގައުމުތަކުގެ ވަޒަންވެރިން މަރާ ނިކަމެތކޮށް އަޅުވެތި ކޮށްގެންނެވެ.
އެމެރިކާއިން ގެންގުޅޭ ހަންފެތުރުމުގެ ސިޔާސަތުގެ ދަށުން ޓެކްސަސް އަކީ އެމެރިކާގެ ބައެއް ކަމުގައި ކަނޑައެޅުމާ ގުޅިގެން 1846 އިން 1848 އަށް ކުރެވުނު އެމެރިކާ މެކްސިކޯ ހަނގުރާމައިގާ ވިހިހާސް މީހުން މަރާލިއެވެ. އަދި އޭގެފަހުން 1964 އިން 1973 އަށް ލޭއޯސްގައި އެމެރިކާއިން ކުރި ސިއްރު ހަނގުރާމައިގާ 55 ހާސް މީހުން މަރާލިއެވެ. އެއަށްފަހު އަފްގާނިސްތާނަށް އަރައިގަނެގެންތިބި ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ފަސްދޮޅަހަކަށްހާސްމީހުން މަރާލިކަމަށްވެއެވެ.
ދެވަނަ ބޮޑު ހަނގުރާމައިގާ ޖަޕާނުގެ ހީރޯޝިމާއަށާއި ނާގަސާކީއަށް ނިއުކްލިއަރ ބޮން އަޅައިގެން ދެ ލައްކައަށްވުރެން ގިނާމީހުންވަނީ މަރާލާފައެވެ. އަދި އަދަދުނުކުރެވޭހާ ގިނަބަޔަކު ޖިސްމާނީ ނުކުޅެދުންތެރިންނަށް ހަދާފައެވެ. އޭގެ ފަހުން އޭޝިއާގެ ތެރެއަށް ހަންފެތުރުމުގައި ފިލިޕީންސަކީ ރަނގަޅު މަންޒިލެއް ކަމަށް ބަލައި އަދި ފިލިޕީންސަކީ މިނިވަން ގައުމެއްގެ ގޮތުގައި ދޫކޮށްލައިފިނަމަ އަނެއްކާވެސް ޖަރުމަނާއި ޖަޕާނެއް އުފެދިދާނެ ކަމަށްޓަކައި 1998 ގައި ސޮއިކުރެވުނު ޕެރިސް މުޢާހަދާގެ ދަށުން ފިލިޕީންސަށް ވެރިވެގަތީއެވެ. އޭގެ ކުރިން ފިޕީންސްއަކީ ސްޕޭނުން އިސްތިއުމާރު ކޮށްގެން އުޅުނު ޖަޒީރާތަކެކެވެ.
ސްޕޭނުން ފިލިޕީންސްގެ ރަށްތައް އެމެރިކާއަށް ވިއްކާލީ 20 މިލިއަން ޑޮލަރަށް ކަމަށް ބުނެވެއެވެ. އެމެރިކާއިން ފިލިޕީންސް އަޅުވެތި ކުރުމަށް ދެލައްކަ ސާޅީސް ހާސްމީހުން މަރާލިއެވެ. ފިލިޕީންސް އަން މިނިވަންކަން ލިބުނީ 1946 ޖުލައި 4 ގައެވެ.
ކެމްބޯޑިއާގައި ހުންނަ އެމެރިކާގެ މިލިޓްރީ މަރްކަޒުތަކަށް އުތުރު ވިއެޓްނާމް އާރމީން ހަމަލާދެނީ ކަމުގެ ބަހަނާގައި ފިލިޕީންސް އަޅުވެތި ކުރުމާއެކު ދެން އެމެރިކާއިން ނިކުތީ ކެމްބޯޑިއާ އިސްތިޢުމާރު ކުރުމަށެވެ. މިކަމުގައި ބަހަނާއަކަށްނެގީ ވިއެޓްނާމުން ކަމްބޯޑިއާގެ ޚްމާރް ސަރަހައްދަށް ވަދެގަތުމެވެ. ކެމްބޯޑިއާ ހަނގުރާމައިގާ ދެލައްކަ ފަންސާސް ހާސްމީހުން މަރާލިއެވެ.
އިރާގަށް ވަދެގަތުމަށް ދެއްކި ބަހަނާއަކީ އަޅުގަނޑުމެންގެ ތެރެއިން މިޒަމާނުގެ ދަރިންނަށް އެނގި ހާމަވެފައިއޮތް ހަގީގަތެކެވެ. އިރާގަށް އަރައިގަތުމުގައި ދެ ލައްކަ އަށްޑިހަހާސް މީހުންވަނީ މަރާލާފައެވެ. އޭގެ އިތުރުން އެތަނުގެ ބޭންކް ތަކާއި ދައުލަތުގެ ޚަޒާނާގައި ހުރި ހުރިހާ ރަނެއްހެން ވަގަށް ފޭރިގަތެވެ
2 ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަރުމަނަށް އަރައިގަނެ 3 ލައްކައަށްވުރެން ގިނަމީހުން ވަނީ މަރާލާފައެވެ.
ހަނގުރާމައެއގައި އެމެރިކާއިން މިހާތަނަށް އެންމެގިނަ މީހުން މަރާލާފައިވަނީ ކޮރެއާ ހަނގުރާމައިގައެވެ. ކޮރެއާ ހަނގުރާމަ ކުރެވިފައިވަނީ 1950 އން 1953 އަށެވެ. އެ ހަނގުރާމައަށް އެމެރިކާއިން ވަންނަން ޖެހުނީ ކޮމިއުނިޒަމް އުފެދިގެން އައުން ހުއްޓުމަށް އެމެރިކާގެ ރައީސް ހެންރީ ޓުރޫމަން ބޭނުންވީތީއެވެ. ކޮންމެއަކަސް ކޮރެއާ ހަނގުރާމައިގާ 1.2 މިލިއަން މީހުން ވަނީ މަރާލާފައެވެ.
މި ހުރިހާ ހަނގުރާމައަކުންވެސް އެމެރިކާގެ މަގްސަދު ޙާސިލު ކުރެވުނު ކަމަކަށް ނުވެއެވެ. މިހާރު ކުރިއަށް ގެންދަނީ ހަތިޔާރު ވިއކައިގެން ގައުމުތަކަށް ޖާސޫސުކޮށްދީ ދާޚިލީ ހަމަނުޖެހުން އުފައްދަމުން ހަނގުރާމަތަކަށް މަގު ފަހި ކުރަމުންނެވެ.
މެކްސިކަން އެމެރިކަން ހަނގުރާމަ 20 ހާސް
ލޭއޯސް 65 ހާސް ވިއެޓްނާމަށް ސިއްރުން ބޮން އަޅައިގެން ބޮން އަޅައިގެން
އަފްގާނިސްތާން 55 ހާސް ވިއްސަކަށް އަހަރު ތެރޭގައި
ޖަޕާން 210 ހާސް ހީރޯޝީމާއާއި ނާގަސާކީއަށް ބޮން އަޅައިގެން
ފިލިޕީންސް 240 ހާސް
ކެމްބޯޑިއާ 250 ހާސް ބޮން އަޅައިގެން
އިރާގު 280 ހާސް
ޖަރުމަން 3 ލައްކަ 2 ވަނަ ބޮޑު ހަނގުރާމަ
ކޮރެއާ 1.2 މިލިއަން
ވިއެޓްނާމް 2 މިލިއަން
މިދެއަހަރު ގެނިގެން ދިޔައީ ފަލަސްތީނުގެ ގާޒާ މިލްކު ކުރުމަށް ހިންގި ގަތުކުއާންމުތަކެއެވެ. 70 ހާސް މީހުން މަރުމާއި އެކު މުޅިގާޒާ އެކުގައި ފުނޑުފުނޑު ކޮށްލީއެވެ. ދުނިޔޭގެ އެއްވެސް އެހެން ބާރަކަށް އެމެރިކާއިން ހިންގާ މިފަދަ ޖަރީމާތައް ހުށްޓުވުމުގެ ގާބިލުކަމެއް ނެތެވެ. ޢަމަލާއި ބަހުން އެކަން ދުނިޔެއަށް ދައްކާފިއެވެ. އެމެރިކާއަކީ ޝައްކެއްނެތްގޮތުގައި ދުނިިޔެއަށް އޮތްބުޑު ނުރައްކަލެކެވެ. ދުނިޔޭގެ ސުޕަރޕަވަރއަކީ ދުނިޔެ ފަނާކުރުމުގެ ނަމޫނާއެކެވެ.
![]()
