ޔަމަނަށް ނިސްބަތްވާ އދ.ގެ 5 ސްޓާފް މެމްބަރުންނާއި 15 އިންޓަނޭޝަނަލް މެމްބަރުން ހަފްތާބަންދުގައި ސަންއާގެ ތަނެއްގައި، ހޫތީން ހިފަހައްޓައިގެން އުޅުމަށްފަހު އެމީހުންގެ އޮފީސް ނުވަތަ އދ. އަށް ނިސްބަތްވާ ޓެރިޓަރީގައި އުޅެވޭ ގޮތަށް ދޫކޮށްފި ކަމަށް ޚަބަރު ލިބެއެވެ.
އދ. ގެ ތަރުޖަމާން ބުނީ ހޫތީ ހަނގުރާމަވެރިން އދ.ގެ ކޮމްޕައުންޑް ބަލާފާސް ކުރަން ފެށުމުން އެތާތިބެންޖެހޭ ސިފައިން ތަންދޫކޮށް ގޮސްފައިވާ ކަމުގައެވެ.
ޔަމަންގެ ވެރިރަށް ސަންއާ ހިމެނޭހެން، ޔަމަންގެ މުޖާހިދުންގެ އަތްދަށުގައިވާ ސަރަހައްދުތަކަށް ހޫތީން އަންނަނީ ހަމަލާތައް ދެމުންނެވެ.މިގޮތުން މިތަންތަނުގައި މަސްއަކްތަކުރާ އދ ފަދަ ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކަށްވެސް ރައްކާތެރިކަމެއް ނެތް ކަމަށް ޚަބަރު ލިބެއެވެ.
ހޫތީ ހަގުރާމަ ވެރިން، އެއްވެސް ހެއްކެއްނެތި ދައުވާ ކުރަމުން ގެންދާގޮތުގައި ހަފްތާ ބަންދުގައި އެމީހުން ހިފެހެއްޓި އދގެ މުވައްޒަފުންނަކީ ސްޕައި ކުރުމުގައި ހަރަކާތްތެރިވާ ބައެކެވެ.ނަމަވެސް އދން މިކަން ދޮގުކުރެއެވެ.
ހޫތީ ހަގުރާމަވެރިން ވިގޮތަށް ބޭރުގެ މުވައްޒަފުން ހިފެހެއްޓުމަކީ އާންމު ކަމެކެވެ. މިގޮތަށް ހިފެހެއްޓީ ވަރލް ފުޑް ޕްރޮގްރާމްގެ މުވައްޒަފަކު ހައްޔަރުގައި ހުއްޓާވަނީ މަރުވެސް ވެފައެވެ.
ހޫތީ ހަގުރާމަވެރިން ބޭރުގެ މުވައްޒަފުން ހައްޔަރުކުރާ މައްސަލައިގައި އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ އީރާން،ޔަމަން އަދި ސައޫދީއަރަބިއްޔާގެ ލީޑަރުންނާ މަޝްވަރާވެސް ކުރައްވާފައެވެ.
އަނެއްކޮޅުން ހޯމަދުވަހު ޔަމަންގެ މުޖާހިދުން ވަނީ އިޒްރޭލުގެ ހަމަލާއެއްގައި ޝަހީދުވި މިލިޓަރީ ޗީފް މޭޖަރ ޖެނެރަލް މުހައްމަދު އަބްދުލް ކަރީމް އަލް ޤަމަރީ ގެ ޖަނާޒާ ބާއްވާފައެވެ. ވެރިރަށް ސަންއާ ގައި ކުރިޔަށް ދިޔަ ޖަނާޒާގައި ހާހެއްހާ މީހުން ބައިވެރިވެފައި ވެއެވެ.އިޒްރޭލުން ދިން ހަމަލާގައި ޔަމަންގެ މުޖާހިދުންގެ އެތައްބަޔަކާއެކު މިލިޓަރީ ޗީފް މޭޖަރ ޖެނެރަލް މުހައްމަދު އަބްދުލް ކަރީމް އަލް ޤަމަރީ ގެ13 އަހަރުގެ ފިރިހެން ދަރިފުޅުވެސް ވަނީ ޝަހީދުވެފައެވެ.
މީގެ ދެމަހެއްހާދުވަސް ކުރިން ހޫތީންނާ ދެކޮޅަށް އިޒްރޭލުން ދިން ހަމަލާއެއްގައި ހޫތީސަރުކާރުގެ ބޮޑުވަޒީރު ގެ އިތުރުން ސަރުކާރުގެ އިސްއެތައް އޮފިޝަލުން ވަނީ މަރުވެފައެވެ.
ހޯމަ ދުވަހުގެ ޖަނާޒާގައި ބައިވެރިވި މީހުން ދިޔައީ އިޒްރޭލަށް އޮތް ނަފްރަތު ފާޅުކުރަމުންނެވެ.އަދި އަރަބިންނާއި މުސްލިމުންގެ އެންމެ ބޮޑު ދުޝްމަނަކީ އިޒްރޭލު ކަމަށް ދިޔައީ ގޮވަމުންނެވެ.
އިޒްރޭލާއި އެމެރިކާ ގުޅިގެން ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ވައިގެ މަގުންނާއި ކަނޑުމަގުން އަންނަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މިއާއެކު ހޫތީންވެސް ގެންދަނީ ރެޑްސީން ދަތުރުކުރާބޮޑެތި އުޅަދު ތަކަށް ހަމަލާދީ ބޯޓުތައް ގޮއްވާ ހަދަމުންނެވެ.
ފާއިތުވި ދެއަހަރު ހޫތީން ދޭހަމަލާތައް އިތުރުވެ ރެޑްސީން ދަތުރުކުރާ އުޅަނދުތައް ވަނީ މަދުވެފައެވެ.
ރެޑްސީ ހުރަސްކޮށް ކޮންމެ އަހަރަކު އެއް ޓްރިލިއަން ޑޮލަރުގެ މުދާ އުފުލެއެވެ. ނަމަވެސް ހޫތީންގެ ހަމަލާތަކާއި ގުޅިގެން ރެޑްސީގެ ދަތުރުތައްވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
ނޮވެމްބަރުމަހުގެ ފަހުކޮޅު އިސްރާއީލާއި ލުބުނާނުގެ ހިޒްބު އާއި ދެމެދު ހަނގުރާމަ ހުއްޓާލި ފަހުން ޔަމަނުގެ ހޫތީން ވަނީ އިސްރާއީލަށް ދޭ ހަމަލާތައް ވެސް ވަރުގަދަކޮށްފައެވެ.
ހޫތީންނަށް އެންމެ ފަހުން ދިން އިންޒާރުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ އިސްރާއީލުން ”މަސައްކަތް ނިމެންދެން ހަމަލާ ކުރިއަށް ގެންދާނެ“ ކަމަށެވެ.
![]()
