ވެއިޓަރަކުން މެނޭޖަރަށް ބަދަލުވި ގޮތުގެ ވާހަކަ

Loading

Facebook
Twitter
WhatsApp

އެއްދުވަހަކު އުމުރުން ދުވަސްވީ އަންހެނަކު މަޝްހޫރު ރެސްޓޯރަންޓަކަށް ވަދެ މޭޒެއްގެ ކައިރީގައި އިށީނެވެ. އިރުކޮޅަކުން އަންހެން ވެއިޓަރަކު އައިސް ބޭނުންވަނީ ކޮން އެއްޗެއްތޯ ސުވާލު ކުރިއެވެ.

އަންހެން މީހާ އެވަގުތު ވަރަށް ސިއްރު ސިއްރުން ކަހަލަ ގޮތަކަށް ވެއިޓަރު ކައިރީ ބުންޏެވެ. އަހަރެން އިއްޔޭން ފެށިގެން މިހުރީ އެއްޗެއް ނުކައެވެ. އަހަރެންގެ ހައިކަން ފިލާ ކަހަލަ ކޮންމެވެސް އާދައިގެ ކާއެއްޗެއް ގެނެސް ދީފިއްޔާ ވަރަށް ރަގަޅެވެ. އެކަމަކު އަހަރެން އަތުގަ ފައިސާއެއްވެސް ނެތެވެ.

ދާދި ގާތުގައި ހުރި މެނޭޖަރަށް މިއަޑު އިވިގެން އައިސް އެއްޗެތި ކިޔަން ފެށިއެވެ.“މިއީ ހިލޭ ކާއެއްޗެތި ބަހާތަނެއް ނޫނެވެ. ތިގޮތަށް އައިސް ކާއެއްޗިއްސަށް ސަލާން ޖަހަން ލަދެއްވެސް ނުގަނޭ ހެއްޔެވެ؟“ އުމުރުން ދުވަސް ވީ އަންހެންމީހާ ގަތް ލަދުންނާއި ވީ ދެރައިން އިސްޖަހާލިއެވެ. އެވަގުތު ވެއިޓަރު ކުއްޖާ މެނޭޖަރު ކައިރީ ބުންޏެވެ. ”އަޅުގަނޑު މިއަންހެންމީހާ ގެންނަ ކާއެއްޗަކަށް ފައިސާ ދައްކާނަމެވެ.“ އަދި ބޭނުމީ ކޮންއެއްޗެއްތޯ އަންހެން މީހާ ކައިރީ ސުވާލު ކުރިއެވެ. އެވަގުތު މެނޭޖަރު އަނެއްކާވެސް ބާރަށް ބުންޏެވެ.ތިޔަގޮތަށް ކޮންމެހެން ހެޔޮމިސްވާން އުޅޭނެ ކަމެއްނެތެވެ. ތިޔަހެން ހަދަންޏާ އަނެއްކާވެސް ހިލޭ ކެއުން ހޯދަން އަންނާނެ ނޫންހެއްޔެވެ.“

އެވަގުތު އެރެސްޓޯރަންޓުގެ ވެރިޔާ ވަދެގެން އަންނަތަން ފެނުނެވެ.އަދި އެތާ އިށީދެގެން އިން އުމުރުން ދުވަސްވީ އަންހެންމީހާ ފެނި އޭނާ ކައިރިޔަށް ގޮސް ބުންޏެވެ. ”މަންމަ މިތާ ކީއްކުރަނީ ހެއްޔެވެ؟މަންމައާ މިތަނުން ބައްދަލްވީތީ ވަރަށް އުފާވެއްޖެއެވެ.“

މިއަޑު އިވި ރެސްޓޯރަންޓުގެ މެނޭޖަރު ގަނޑުވި ކަހަލަ އެވެ. އަދި ވެއިޓަރުވެސް ހުރީ ޝޮކް ޖެހިފައެވެ. އެވަގުތު ރެސްޓޯރަންޓްގެ އޯނަރު ބުނެދިނެވެ.އާނއެކެވެ. މިއީ އަހަރެންގެ މަންމަ އެވެ. ހަގީގަތުގައި މިއީ މަންމަގެ އަމިއްލަ ރެސްޓޯރަންޓެކެވެ.މިތަނާއެކު އިތުރު ފަސް ރެސްޓޯރަންޓް މަންމަގެ ހުރެއެވެ.“

އެވަގުތު އުމުރުން ދުވަސްވީ އަންހެންމީހާ ތެދުވެފަ ބުންޏެވެ.“އެއީ ތެދެކެވެ. އަހަރެން މިއަދު މިތަނަށް މިއައީ މިތަނުގައި މީހުންނާމެދު ކަންތައް ކުރާ ގޮތް ބަލާލުމަށެވެ.“

އޭނާ ވެއިޓަރާ ދިމާލަށް އެނބުރިފަ ބުންޏެވެ.“މިއަދުން ފެށިގެން ކަލެއަކީ ވެއިޓަރެއް އެއްނޫނެވެ. މިއަދުން ފެށިގެން ތިޔައީ މެނޭޖަރެވެ.“ އަދި މެނޭޖަރާ ދިމާލަށް ބުންޏެވެ. ”ކަލޭ މިއަދުން ފެށިގެން ތިޔަހުރީ ވަޒީފާއިން ވަކި ކޮށްފައެވެ. އަހަރުމެންގެ މި ރެސްޓޯރަންޓް ތަކުން ކަސްޓަމަރުންނަށް ދެނީ ހަމަ އެކަނި ކާއެއްޗިއްސެއް ނޫނެވެ. ކާއެއްޗެތި ދެނީ އޯގާތެރިކަމާ ލޯތްބާއި އެކީގައެވެ.މީހުންނަށް ދޭންޖެހޭ ހައްގު ގަދަރު ދެމުންނެވެ. އަތްމަތި ތަނަވަސްނޫން މީހާވެސް މިތަނުން ނިކުމެގެން ދާންޖެހޭނީ ހިތްހަމަ ޖެހިގެންނެވެ. މިގޮތަށް ކަންތައް ކުރުމުން ވިޔަފާރީގައި ބަރަކާތް ލައްވާ ވިޔަފާރި ކުރިއަރާލެއް އަވަސްވާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް