ނަމުގެ ފަހަތަށް އަންނަ ”ފެމިލީ ނޭމް“ އެއީ ކޮންމެހެން އާއިލާއަކީ ކޮބައިކަން ކަނޑައަޅާ އެއްޗަކަށް ނުވެއެވެ.    

Loading

Facebook
Twitter
WhatsApp

އަހަރެންގެ އުމުރަކީ 63 އަހަރެވެ. ލިބުނު ތިން ދަރިންނާއެކީ މަށާ މަގޭ ފިރިމީހާ އުޅެމުން އައީ އަހަރެން ހީކުރި ގޮތުގައި ވަރަށް ހަމަ ޖެހޭ ދިރިއުޅުމެކެވެ. ނަމަވެސް ކަންތައް އޮތީ އެހެން ނޫންކަން އިނގުނީ ތިންދަރިން އެއްދުވަހަކު ކަންތައް ކުރި ގޮތުންނެވެ.

އަހަރުމެން ދެމަފިރިން އުޅެމުން އައި ގެޔަކީ ފިރިމީހާގެ އަމިއްލަ ދެއަތުން އަޅާފައިވާ ގެޔެކެވެ. ނުހަނު ބުރަމަސައްކަތުން ގާއަޅައި، އެންމެ މީހެއްގެ އެހީތެރިކަމާއެކު ގެ އަޅާ ނިންމާލީ އަހަރެންގެ ދޮށީދަރިފުޅު ވިހަން ވާއިރަށެވެ. އޭގެ ފަހުން މަޑުމަޑުން ކޮޓަރި އިތުރު ކުރަމުން ގޮސް ހަތަރު ކޮޓަރި ހަމަކޮށްފަ ދެންފެށީ ސިމެންތިޖަހާ ރީތި ކުރުމުގެ މަސައްކަތެވެ.

ލިބުނު ތިން ދަރިންނަށްވީ އެންމެ މައްޗަށް ކިޔަވާދީގެން ކުދިން ގެންގުޅެމުން އައީ ނުހަނު ލޯބިންނެވެ. އަތުން އެއްވެސް ކަމެއް ނުކުރުވަމެވެ. މިހާރުވެސް ކުދިން ކިތަންމެ ބޮޑެތި ވެފައި ތިއްބަސް ހެނދުނު ސައިހަދާދެނީވެސް އަހަރެންގެ ދެއަތުންނެވެ. ނަމަވެސް ކުދިންގެ ހިތުގައި އަހަރުމެން ދެމަފިރިންގެ މައްޗަށް ލޯތްބެއް ކުލުނެތް ނުހުރެއެވެ. ހެދުނު ބިސްގަނޑު އަޅާ ވަސް ދުވިއަސް އައިސް އަދިވެސް ނުނިމޭތޯ ރުޅިވެރި ރާގަކަށް އަހާނެއެވެ. ދޮށީދަރިފުޅު ލައުރާ ބަދިގޭގައި ހުއްޓާ ފިރިމީހާ މެނުއަލް އައިސް ގުޑް މޯނިންގ ދަރިފުޅު، މިހެންބުނެ ސަލާމް ގަލާމް ކޮށްލިޔަސް އެއްވެސް ޖަވާބެއްވެސް ނުދޭނެއެވެ. ދަރިފުޅު ޖަވާބެއް ނުދިނުމުން ފިރިމީހާޔަށް ރޮވޭތަން އަހަރެންނަށް ފެނެއެވެ.

އެދުވަހުވެސް ލައުރާ އައި ގޮތަށް އައިސް ފިރިމީހާގެ ބޭސް ސިޓީ މޭޒު މައްޗަށް ޖެހިއެވެ. އަދި ކޮންމެ މަހަކު މިގޮތަށް 10ޑޮލަރުގެ ބޭސް ނުނެގޭނެ ކަމަށް ބުންޏެވެ. ފިރިމީހާ މައްސަލަޔަށް ހައްލު ހޯދޭތޯ އުޅުނެވެ. ޑަކްޓަރާ ވާހަކަ ދައްކައިގެން ބޭސް އަގުހެޔޮ ބޭހަކަށް ބަދަލު ކުރެވޭތޯ ބަލަމާތޯ ސުވާލުކުރިއެވެ. ނަމަވެސް މިޔަށްވެސް އެއްވެސް ޖަވާބެއް ނުދީ އޭނަ ދިޔައީއެވެ.

އެދުވަހުގެ ފަހުން ގޭތެރޭގައިވަނީ އާދަޔާ ޚިލާފް ހިމޭން ކަމެއް ވެރިވެފައެވެ. ކުއްޖަކު އިސްވެ އަހަރުމެން ދެމީހުންނާ އަގައިންވެސް ބުނެ ނުލައެވެ.އަހަރުމެން ދެމީހުން ކުދިންނަށް ނުވެސް ފެންނަ ކަހަލަ އެވެ. އެންމެ ފަހުން ފިރިމީހާ ބުންޏެވެ.“އަހަރުމެން ދެމީހުން ނަކީ އެކުދިނަށް ބުރަޔަކަށް ވަނީ ކަންނޭގެ ދޯއެވެ.“

އެންމެފަހުން، އެންމެ ވިސްނޭ އެންމެ ހަމަޖެހޭ ކަމަށް އަހަރުމެން ހީކުރި ކުޑަ ދަރިފުޅު ޑެނިއަލް އައިސް އެއްދުވަހަކު ބުންޏެވެ.“މަންމަޔާ ބައްޕަޔާ ވާހަކަ ދައްކާލަން އެބަޖެހެއެވެ. މިހާރު މިއުޅޭ ގޮތަށް އެންމެން އެއްތާކު އުޅެވޭކަށް ނެތެވެ. މާޚަރަދުތައް ބޮޑީއެވެ. ބައްޕާ ކެއްސާ އަޑާ ހެދި ނިދޭވަރެއް ނޫނެވެ. އަހަރެންގެ ގަރލްފްރެންޑް ގެޔަށް ގެންނަންވެސް ލަދުވެސް ގަނެއެވެ. އަނެއްކާ، ގެވެސް ފަސް މީހުން އުޅެން  މާކުޑައީއެވެ.އެހެން ވީމަ މަންމައާ ބައްޕަ ނާސިންގ ހޯމް އަކަށް ދާންވީ ނޫން ހެއްޔެވެ. އެތަނުން ހިލޭ ބޭސް ވެސް ކޮށްދޭނެއެވެ.“ މިހެން ބުނި އަޑު ހީވީ އަހަރެންގެ މެޔަށް ވަޅިއެއް ހަރާލި ހެންނެވެ. އަދި ބޭ އިޚްތިޔާރުގައި ހަޅޭއްލަވައިގަނެވުނެވެ. އަހަރުންގެ އަމިއްލަ ގެއިން ބޭރަށް ލަނީތޯ ސުވާލު ކުރަމުންނެވެ.

އެދުވަހުގެ ފަހުންގޭތެރޭގެ ހިމޭންކަން އިތުރަށް ބޮޑުވެގެން ދިޔައެވެ. އެންމެ ފަހުން އެއްދުވަހަކު ދޮށީ ދަރިފުޅު އައިސް ބުންޏެވެ. ކާރު ދުއްވާލަން ދާން ހިގާށެވެ.އަހަރުން ހީކުރީ މަންމަޔާބައްޕަޔަށް ގޯސްކޮން ހިތުނީތީ ކަންކަން ހަމަޔަށް އަޅުވަން އުޅޭ ކަމަށެވެ. އަހަރުމެން ދެމީހުން ކާރަށް ލައިގެން ގެންގޮސް ޓައުން ތެރެ ދޫކޮށް ގެތައް މަދު ހިސާބަކަށް ގޮސް ކާރު މަޑުކޮށްފައި ދޮށީ ދަރިފުޅު ލައުރާ ބުންޏެވެ. މަންމަޔާ ބައްޕަ މިތަނަށް ފައިބާށެވެ. ކަލޭމެންނަސް ދަތުރު ނިމުނީއެވެ. މިހެން ބުނެ އަހަރުމެން ދެމީހުން އެފަޅު ހިސާބަށް ބޭލުމަށްފަހު ކާރު ދުއްވާލިއެވެ.

އަހަރުމެން ދެމަފިރިން ހަދާނެ ގޮތެއް ދާނެ ތަނެއްވެސް ނޭނގިފައި އިރުގަނޑަކު ތިބުމަށްފަހު މަޑުމަޑުން ހިގަން ފެށީމެވެ. އަތުގައި ހިފައިގެންނެވެ. އަހަރެން މެނުއަލްގެ އަތުގައި ހިފާލިއިރު އޭނާގެ އަތް ތުރުތުރު އަޅައެވެ. މިގޮތަށް ދެތިންގަޑިއިރު ހިނގި ފަހުން ދުރުން ކުދި ކުދި ޖިފުޑި ތަކެއް ފެނުނެވެ.ދެމީހުން ފައި ދަމަމުން ކަހަލަ ގޮތަކަށް ގޮސް އެއިން ޖިފުޑި އެއްގެ ދޮރުމައްޗަށް އެރުނީ ކިރިޔާއެވެ. ދެމީހުންގެ ހެޔަށް ގޮތް ވެއްޖެ އެވެ.

އެތެރޭން ނިކުތް މީހަކު އަހަރުމެންގެ އަތުގައި ހިފައިގެން ގެންގޮސް ތަނަކު ބައިތިއްބާފައި ފުރަތަމަ ފެން ދިނެވެ.އެއަށްފަހު އެކި ސުވާލު ތައް ކުރަންފެށިއެވެ. އަހަރުންނަށް ބުނެވުނީ އަހަރުންގެ އަމިއްލަ ދަރިން ހިރަފުސް ހައިވޭ އަކަށް ދޫކޮށްލާފަ ދިޔައީ ކަމުގައެވެ. މިހެން ބުނެ ރޯން ފެށުނެވެ.

އެގޭ މީހާ ވަރަށްވެސް ހެވެ. އެރޭ އިތުރު ސުވާލުކުރާކަށް ނުހަދައެވެ.                     އަހަރުމެންނަށް ކާން ދިނުމަށްފަހު އެރޭ އެގޭގައި މަޑުކުރުމަށް އެދުނެވެ.

އަނެއް ދުވަހު ހެދުނު އެގޭ މީހާ އަހަރުންގެ ވާހަކަތައް ރަގަޅަށް އަޑުއެހުމަށްފަހު ބުންޏެވެ. ހީވާ ގޮތުން ކަލޭމެންނަށް ބޭނުންވަނީ ގާނޫނީ އެހީތެރި ކަމެވެ. މަށާއެކީ ހިގާށެވެ. މިހެން ބުނެ އަވަށަށް މަޑުކުރި ބަހަކަށް އަރައިގެން ދެގަޑިއެއްހާއިރު ދުއްވުމަށްފަހު ގާނޫނީ ވަކީލެއްގެ އޮފީހަށް ފޯރިއެވެ. އެތަނަށް ގޮސް އަހަރުންގެ ނަން ބުނުމުން ގާނޫނީ ވަކީލު ބުންޏެވެ. އިއްޔެ ތިން މީހުން އައިސް މައިންބަފައިންގެ ގެ އެމީހުންގެ މައްޗަށް ބަދަލު ކުރަން އުޅުނެވެ. ހީވަނީ ތިޔަ ދެމީހުންގެ ދަރިން ހެންނެވެ. މަންމަޔާ ބައްޕަ ދުނިޔޭގައި ތިއްބާ ދަރިންގެ މައްޗަށް މުދާ ބަދަލު ނުކުރެވޭނެ ކަމަށް އޭނާ ބުނުމުން މަންމަމެން ހޯދަން ހިގާށޭ ބުނެ ދިޔަ ކަމަށް ވެއެވެ.

ނަސީބަކުން ގެޔާ ގޯތީގެ ރަޖިސްޓަރީވެސް އޮތީ ފިރިމީހާ މެނުއަލް ލައިގެން ހުރި ގަމީހުގެ ޖީބުގައެވެ. ގޭގެ ރަޖިސްޓަރީގެ އިތުރުން އޭނަ ހޯދާފައިވާ އިތުރު ދެބިމުގެ ރަޖިސްޓަރީ އާއި   ތިންހާހެއްހާ ޑޮލަރުވެސް އޮތެވެ.

ފިރިމީހާ މިހާރު ބޭނުންވަނީ އާއިލާ އުޅެމުން އައި ގެ ވިއްކާލުމަށްފަހު އަހަރުމެން ދެމީހުން އުޅުމަށް ކުޑަ އެޕާޓްމަންޓެއް ގަންނާށެވެ. އޭނާ ބުނި ގޮތުގައި އޭނާ ކުރިން ވިސްނައިގެން ހުރީ ދާދި އަވަހަށް ތިން ކުދިންގެ މައްޗަށް ގެޔާ ދެބިން އަދި ފައިސާވެސް ބަދަލު ކުރާށެވެ. ނަމަވެސް ކުދިން ކަންތައް ކުރި ގޮތުން މިހާރު އޭނާގެ ހިޔާލުވަނީ ބަދަލުވެފައެވެ. މިހާރު އޭނާގެ އާއިލާއެއް ނެތް ކަހަލައެވެ. ގެ ވިއްކާލުމަށްފަހު އެޕާޓްމަންޓެއް ގަތުމަށް ގާނޫނީ އެހީތެރިކަން ހޯދިއެވެ.

އާއިލާއަކީ ކޮބައިކަން ހާމަވަނީ ތިމާ އަނެކާޔަށް އަމަލީ ގޮތުން ކޮށްދޭ ކަންތައްތަކުންނެވެ. އާއިލީ ނަމަކުންނޫނެވެ.

 (Family is demonstrated by actions not by surnames.)

އަހަރުންގެ ކުދިންނަށް ވިސްނޭނެ ދުވަހެއް އަދިއައިސްވެސް ދާނެއެވެ.އެފަދަ ދުވަހަކުން އަހަރުން ގާތަށް އައިސް މައާފަށް އެދެފިނަމަ މައާފަ ކުރާނަމެވެ.މައިމީހާގެ ހިތަކީ މައާފަ ކުރާ ހިތެކެވެ. އެގޮތުން އަހަރެންވެސް ކުދިންނަށް މައާފް ކުރާނަމެވެ. އެދުވަހަކުން އަހަރެންގެވެސް އާއިލާއެއްވާކަން އެނގޭނެއެވެ.އެދުވަހަކަށް އިންތިޒާރު ކުރާނަމެވެ.  

Loading

Leave a Reply

ފަހުގެ އަޕްޑޭޓް