އިޒްރޭލާއި ޙަމާސް ޖަމާޢަތުގެ މެދުގައި ޓުރަމްޕު އުފެއްދެވި އެއްބަސްވުމަކީ އިޒްރޭލުން އަލުން ޤަތުލު ޢާއްމު ނުފަށާނެކަން ނުވަތަ ނޫން ކަމުގެ ޟަމާނަތު ނުވަތަ އެއްބަސްވުމެއް ނޫނެވެ.
އެނަސް މިއީ ކުރިއަށް އެޅުނު ފިޔަވަޅެއް ކަމުގައި ފަކަސްތީނުން ދެކެއެވެ.
އެއްކަމަކީ މިއެއްބަސް ވުމަކީ ޓްރަމްޕް ގެ އަމިއްލަ ޕްލޭނަކަށްވުމެވެ. އެހެނީ ނަތަންޔާހޫ އހަްވެހުރ ފަލަސްތީނުގައި ހިންގަމުން ގެންދާ ގަތުކުއާންމުގެ ބޮޑު ޙިއްސާދާރަކީ އޭނާކަމަށް ވާތީެރވެ. އެކަމުން ޓްރަމްޕަށް ސިޔާސީ ގޮތުން ފައިދާތަކެއް މިދަނޑިވަޅުގައި ނެގިދާނެ ކަމަށްވާތީއެވެ.
އެހެން ނަމަވެސް ޔަހޫދީ ޒައަރނިސްޓުންނަކީ މިހާތަނަށް ވެފައިވާ އެއްވެސް ޢަހުދަކަށް ވަފާތެރިވީ ބައެއް ނޫނެވެ. ކުރިއަށް އޮތީ ގިރާކުރަން ފަސޭހަ މަރުޙަލާތަކެއް ނޫކަން ޙަމާސްއަށްވެސް އެނގޭމެއެވެ. މިބުނާ އެއްބަސް ވުމެއްގެ މުހިއްމު މުޢާމަލާތު އަދި އޮތީއެވެ. އެއީ ހަމާސް އަތުން ހަތިޔާރު އަތުލުމާއި ، ޣައްޒާގައި ވެރިކަން ކުރާނެ ފަރާތެއް ކަނޑައެޅުމަކީ ނުނިމި އޮތް އެހެން ނަމަވެސް ޓްރަމްޕް ގެ ޕްލޭނުގައި އޮތްކަމެކެވެ. ޔަހޫދީންގެ މަޞްލަޙަތަށް ކިތަމެ ކުޑަ އުނިކަމެއް އައުމަކީ އެމެރިކާގެ ސަރުކާރަކުން އެދޭނެކަމެއް ނޫނެވެ.
އަދި އެހެންމެ ޙަޤީޤިީ މާނާގައި ފަލަސްޠީން މިނިވަން ދައުލަތެއް ނުއުފެއްދޭނެ ހިނދަކު ހަތިޔާރު ބެހެއްޓުމަކީ ޙަމާސް ޖަމާއަތުން ކުރާނެކަމެއްނުމެ ނޫނެވެ . އަދި ޙަމާސް ބާކީ ކޮށްގެން ފަލަސްޠީން ގައި ސަރުކާރެއް އުފެއްދުމަށް ކުރާ ކޮންމެ މަސައްކަތެއް ވާނީ އިސްރާފު ބޮޑު ވަގުތު ބޭކާރުކުރުމެއް ކަމަށެވެ.
ސަރުކާރު ހިންގުމުގައި
ޙަމާސް ބާކީ ކުރާ ވާހަކަ ދެއްކުމުގެ ބޭނުމަކީ ވެސް ފަލަސްޠީން ގެ ދައުލަތެއް އުފެދުނަ ނުދިނުމެވެ. ހުޅަގުގެ ޤައުމުތަކުން ބޭރުފުށުން ގަބޫލު ކުރެވޭ ގޮތުގައި ކިތަމެ ރީތި މަންޒަރެއް މުސްލިމުންނަށް ދެއްކި ނަމަވެސް މަޢުނަވީ ގޮތުން އެއިން އެއްވެސް ޤައުމަކީ މުސްލިމުން އެކަތިގަނޑެއްގެ ގޮތުގައި ތިބެން ބޭނުންވާނެ ޤައުމުތަކެއް ނޫނެވެ. ބޭނުމަކަށް އަބަދުވެސް ވަނީ ، މުސްކިމުންގެ މެދުގައި ހަމަނުޖެހުން އުފެއްދުމާއި ރައްޔިތުންތައް ބަލިކަށިކޮށް މާޔޫސް ކުރުވުމެވެ. އެހެނަސް ވަރިހަމަތާއެވެ. އިސްލާމުންނޭ ކިޔައިގެން އުޅޭ ބައެއް ޢަރަބި ގައުމުތަކުން ގާޒާގެ އެ ޖެނޮސައިޑް ހުށްޓުވުމަށް ކުރިކަމެއްވެސް ނެތެވެ.
ހެޔޮލަފާ ކޮންމެ މުސްލިމެއްގެ ދުޢާ އަކަށް ވާނީ ، ފަލަސްޠީން މިނިވަންވެ އިސްތިޢުމާރީ ވަކިތަކުން ފަލަސްޠީންގެ ރައްޔިތުންނަށް ރައްކާތެރިކަން ލިބިގެން ދިއުމެވެ.