ގްރޭޓާ ތުމްބަރގް، ހިއްވަރު ގަދަކަމުގެ ލާމަސީލު ނަމޫނާއެއް

Loading

Facebook
Twitter
WhatsApp

 ތިމާވެއްޓާބެހޭ ކެމްޕެއިނަރެއްގެ ހައިސިއްޔަތުން ފުރަތަމަ ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ އެކްޓިވިސްޓް ގްރޭޓާ ތުމްބަރގް މިފަހަރު ސަމާލުކަމަށް އައިސްފައިމިވަނީ ޣައްޒާޔަށް އެހީ ހިފައިގެން ދަތުރުކުރި ކަނޑު އުޅަދުގެ ފައުޖުގައި އިސްކޮން ހަރަކާތްތެރިވި ފަރާތުގެ ހައިސިއްޔަތުންނެވެ.

 44ގައުމަކުން އެހީ ހިފައިގެން ދަތުރުކުރި  44 އުޅަނދުގައި 500 އެއްހާ މީހުން ދަތުރުކޮށްފައިވާއިރު،ދަތުރުގެ ކަންތައް ކޮއޯޑިނޭޓް ކުރިމަކީ ކުޑަކަމެއް ނޫނެވެ.

ބޯޓުތަކުގެ ދަތުރަށް ހުރަސް އެޅުމަށް ޔަހޫދީ އިޒްރޭލުން ފުރަތަމަ ކޮމިޔުނިކޭޝަން ނިޒާމް ޖޭމް ކުރިއެވެ. އެއަށްފަހު ބާރު ފޯސްގައި ބޯޑުތަކަށް ފެން ޖެހިއެވެ. އަދި އެވަރުން ވެސް ބުފުދިގެން ބައެއް ބޯޓުތަކުގައި ހުޅުވެސް ޖެހިއެވެ. މިކަންތައްގަނޑުގެ ތެރޭގައި ގިނަ ބަޔަކު ހައްޔަރުވެސް ކުރިއެވެ. އޭގެ ތެރޭގައި ގްރޭޓާ ތުމްބަރގް ހިމެނެއެވެ.

މަންޒަރު ދުށް މީހުން ކިޔާދީފައިވާ ގޮތުގައި ހައްޔަރު ކުރުމަށް ފަހު އިޒްރާއިލް ސިފައިން ގެންދިޔައީ އޭނާގެ އިސްތަށިގަނޑުގައި ހިފައިގެން ދަމަމުންނެވެ. އަދި ތަޅާ އަނިޔާ ކުރުމަށް ފަހު އިޒްރޭލްގެ ދިދައިގައި ބޮސް ދިނުމަށް މަޖްބޫރު ކުރުވިއެވެ. އެއީ އެހެން މީހުންނަށް ފިލާވަޅަކަށް ކުރި ކަންތައްތައް ކަމަށް ތުރުކީގެ އެކްޓިވިސްޓަކު ބުނެފައި ވެއެވެ.

ގްރޭޓާ ތުމްބަރގް ހައްޔަރު ކޮށް ފްލޮޓިލާ ހުއްޓުވާލުމުގައި އިޒްރޭލުން ކޮންމެވެސް ވަރަކަށް ކާމިޔާބް ވީނަމަވެސް ހިސޯރުން ނެއްޓިގަނެ ބައެއް އުޅަދު ތަކުން ވަނީ ޣައްޒާގައި ބަޑަށް ޖެހިފައިވާ އާއިލާތަކަށް އެހީގެ ތަކެތި ބަހާފައެވެ. އަދި އަނބުރާލުވި އުޅަދުތައްވެސް ކައިރިކައިރީ ގައުމުތަކުގައި ފޭލިގެ ތެކުގައި ފަލަސްތީން ރައްޔިތުން އުޅޭ ތަންތަބަށް ވަނީ އެހީ

 ގެ ތަކެތި ބަހާފައެވެ. އެހެން ކަމުން ފްލޮޓިލާގެ މަސައްކަތް ކާމިޔާބް ކަމަށް ބުނެވިދާނެއެވެ.

ގްރޭޓާ ތުމްބަރގް އެކްޓިވިސްޓެއްގެ ގޮތުން ފުރަތަމަ މަސައްކަތް ކުރީ ސްވީޑްން ގެ ޕާލަމެންޓް ގެބޭރުގައެވެ. ދުނިޔެ ހޫނު ވަމުން ދިއުމަށް ހައްލު ހޯދުމަށް ގޮވާލާ އޭނާ މަޖިލީސް ކުރާގޭގެ ބޭރުގައި ކެމްޕެއިންތައް ފެށީ އުމުރުން އެންމެ 15 އަހަރުގައެވެ.އެއީ 2018 ވަނަ އަހަރުއެވެ.މިހިއްވަރުގަދަ ފެށުމުން ފިލާވަޅުލިބިގަނެ އެތައްހާސް ޒުވާނުން ވަނީ އޭނާގެ ކެމްޕެއިނާ ގުޅިފައެވެ.

ކެމްޕެއިން ފުޅާވަމުން ގޮސް 2019 ވަނަ އަހަރު އަންނަންވީ އިރަށް ދުނިޔޭގެ 150 ގައުމަކުން 7.6 މިލިއަން މީހުން ވަނީ ކެމްޕެއިންއާއި ގުޅިފައެވެ.އަދި ތިމާވެށީގެ މައްސަލަތަކަށް ހައްލުހޯދުމަށް ގޮވާލާ އަޑު ގަދަވގެން ގޮސްފައި ވެއެވެ.

ހަމަ 2019 ވަނަ އަހަރު ގްރޭޓާ ތުމްބަރގް ވަނީ އދގެ ކްލައިމޭޓް އެކްޝަން ސަމިޓް ގައި ވަރަށް ޚާއްސަ ސްޕީޗެއް ދީފައެވެ. ”ހައު ޑެއާ ޔޫ“ ގެ ނަމުން ނަންދީފައިވާ ސްޕީޗްގައި ގްރޭޓާ ވަނީ ދުނިޔޭގެ ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދާ ނުދެއްވާތީ ލީޑަރުންނަށް ސިދާ އެއްޗެތި ކިޔާފައެވެ. މި ސްޕީޗަށް ފަހު އޭނާ ވަނީ ޔޫރަޕިއަން ޕާލަމެންޓް، އެމެރިކާގެ ކޮންގްރެސް އަދި ޔޫކޭގެ ޕާލަމެންޓާވެސް މުޚާތަބް ކޮށްފައެވެ. މިއީ މަދުން ނޫނީ ޒުވާނަކަށް ލިބޭ ޝަރަފެއް ނޫނެވެ.

ގައުމުތަކުގެ ޕާލަމެންޓްގެ އިތުރުން ކޮޕް ގެ ބައްދަލްވުން ތަކުގައިވެސް ގްރޭޓާ ގެ މެސެޖަކީ ”އިސްކަން ދޭންޖެހޭނީ ކްލައިމެޓް ސައިންސަށް ކަމެވެ. ޝޯޓް ޓާމް ޕޮލިޓިކްސް އަށް ނޫން ކަމެވެ.“

ގްރޭޓާގެ މުހިންމު ބައެއް ޕަބްލިކޭޝަންސް

2019 ވަނަ އަހަރު ގްރޭޓާ ތުބަރގް ވަރަށް ޚާއްސަ ފޮތެއް ލިޔުނެވެ. ފޮތުގެ ނަމަކީ

No One is Too Small to Make a Difference

ކިތަންމެ އުމުރުން ހަގު މީހަކަށްވެސް ތަފާތެއް ގެނުވިދާނެއެވެ.

އަދި 2022 ވަނަ އަހަރު ވަނީ ދަ ކްލައިމޭޓް ބުކްގެ ނަމުގައި ޚާއްސަ ފޮތެއް ނެރެފައެވެ.މީގައި ތިމާވެށީގެ ދާއިރާއިން ފާހަގަ ކޮށްލެވޭ ސައިންޓިސްޓުން ނާއި އެކްޓިވިސްޓުންގެ ”އަޑު“ ހިމަނާފައި ވެއެވެ.

2019 ވަނަ އަހަރު ގްރޭޓާ އަށް ވަނީ ޓައިމް މަޖައްލާއިންދޭ ”ޓައިމް ޕަރސަން އޮފްދަ އިޔަރ“ ލިބިފައެވެ.މިއީ މި އެވޯޑް ދެވުނު އުމުރުން އެންމެ ހަގު ފަރާތެވެ. އޭގެ ފަހުން ގްރޭޓާ ތުމްބަރގް ވަނީ އެތައް ފަހަރަކު ނޯބެލް ސުލްހައިގެ އިނާމަށް ވެސް ނޮމިނޭޓް ވެފައެވެ.

ހަމަ 2019 ވަނަ އަހަރު ގްރޭޓާ އަށް ވަނީ ”ރައިޓް ލައިވްލިހުޑް އެވޯޑް“ ލިބިފައެވެ.މިއީ ދެވަނަ ނޯބެލް ޕްރައިޒްގެ ގޮތުގައި ސިފަ ކުރެވޭ އެވޯޑެކެވެ. މީގެ އިތުރުން އެމްނެސްޓީ އިންޓަނޭޝަނަލް އިން ދޭ ”އެމްބެސެޑަރ ފޯ ކޮންޝައިންސް އެވޯޑް“ ލިބިފައިވެއެވެ. އަދި ”އިންޓަރނޭޝަނަލް ޗިލްރަންސް ޕީސް ޕްރައިޒް“ އަށް ނޮމިނޭޓް ވެފައި ވެއެވެ.

ގްރޭޓާ ތުމްބަރގް އަކީ ދުނިޔޭގެ އެތަން މިތަނަށް ދަތުރުކުރަމުންދާ ޒުވާނެއް ނަމަވެސް މަތިންދާ ބޯޓުގައި ދަތުރު ކުރުމަށް އޭނާ ދެކޮޅު ހަދައެއެވެ.އެއީ މަތިންދާބޯޓު ދަތުރުތަކުން ދުނިޔޭގެ ތިމާވެއްޓަށް ގެއްލުން ލިބޭ ކަމަށް ބުނެއެވެ. އޭނާގެ އެންމެ ބޮޑު ކާމިޔާބީ އަކީ ގިނަ ޒުވާނުންތަކެއް މިމަސައްކަތަށް ނިކުތުމަށް ބާރަކަށް ވުމުގެ އިތުރުން، ތިމާވެށީގެ މައްސަލަ ތަކާމެދު ދުނިޔޭގެ ލީޑަރުންވެސް ވިސްނާވަރު އިތުރުވެގެން ދިއުމެވެ.

ޣައްޒާ އަށް އެހީ ހިފައިގެން ދިޔަ ސްމޫދް ފްލޮޓިލާ އަކީ އޭނާ ޕަބްލިސިޓީ ހޯދުމަށް ކުރިކަމެއްތޯ ބީބީސީ އިން ސުވާލު ކުރުމުން އޭނާ ބުނެފައިވެއެވެ.“ޕަބްލިސިޓީ ހޯދަންވެސް އެކަކުވެސް މަރާލަފާނެ ބަޔެއްގެ ކުރިމައްޗަކަށް ނާރާނެއެވެ.“

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް