އދ. ގެ ޢާންމު ޖަލްސާގައި ރައީސް ޓްރަމްޕް ދެއްކެވި ވާހަކަފުޅުގެ ފަސް މަންޒަރު

Loading

Facebook
Twitter
WhatsApp
U.S. President Donald Trump addresses the 80th United Nations General Assembly at U.N. headquarters in New York City, U.S., September 23, 2025. REUTERS/MIKE SEGAR


އެމެރިކާގެ ރައީސް ދައްކަވާ ވާހަކަފުޅުތަކަށް އެއީ ކިތަންމެ ދޯހަޅި ނުވަތަ މާނައިން ފުރިގެންވާ ވާހަކަފުޅުތަކެއް ނަމަވެސް ދުނިޔޭގެ ސަމާލުކަން ލިބެން ޖެހޭނެއެވެ. ދުނިޔޭގައި މިލިޓްރީ ގޮތުންނާއި އަދި އިގްތިސާދީ ގޮތުންވެސް އެންމެ ބާރުގަދަ ގައުމުގެ ރައީސަށް ވީމައެވެ.


ދުނިޔޭގެ ވަރަށްގިނަ ލީޑަރުންނަކީ މާޒީއިންވެސް އެމީހުންގެ ގަދަ ބާރާއި އަނިޔާވެރިކަން އެކި ސިފަސިފައިގާ ރައްޔިތުންގެ މައްޗަށް ޢާންމުކޮށްފައިވާ ބައެކެވެ. ފަހުގެ ތާރީޚުގައި އިސްތިއުމާރީންގެ ދުވަސްވަރު ފާހަގަކޮށްލަން ޖެހެއެވެ. އަދުލު އިންސާފަކީ ވެރިމީހާ އެ ވަގުތަކު ބޭނުންވާ ގޮތެކެވެ. މި ޒަމާނުގެ ތަހުޒީބު ޑިމޮކްރެސީގައިވެސް ވެރިމީހާ ނުރުހި ފަނޑިޔާރުން އުފުރާލަމުން ގެންދާގޮތް ދިވެހިންނަށް ކިޔާދޭކަށް ނުޖެހޭނެއެވެ.
ރައީސް ޑޮނާލަޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކަކީ ދުނިޔޭގެ އެންމެ ބާރުގަދަ މަގާމުގައި ހުރި ބޭފުޅަކު ދައްކަވާ ޒާތުގެ ވާހަކަފުޅެއްކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. ޔުނައިޓެޑް ނޭޝަންސްގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ގައުމުތަކުގެ އެންމެ އިސް ސަފުގައި އެމެރިކާ ހިމެނެއެވެ.

އަދި އެ މަޖްލިސްގެ އެންމެ ބާރުގަދަ ގުނަވަންކަމުގައި ކަނޑައަޅާފައިވާ ސަލާމަތީ މަޖިލީހަށް ހުށައެޅޭ މައްސަލަތައް ދުނިޔޭގެ އެހެންގައުމުތަކުގެ ވިސްނުމާ ދެކޮޅަށް ވީޓޯކޮށްބޭރުކޮށްލުމަކީ އެމެރިކާގެ އާދައެކެވެ.
ޔުނައިޓެޑް ނޭޝަންސްއަކީ ބޭކާރު ޖަމާއަތެއްކަމަށް ސިފަކޮށް ބައެއް އެހެން ގައުމުތަކުގެ ވެރިންވެސް މާޒީގައި ވާހަކަފުޅު ދައްކަވާފައިވެއެވެ. އެއީ އާދައިގެ މީހާއަށްވެސް ގަބޫލު ކުރެވިދާނެ ހަގީގަތެކެވެ.

ސަލާމަތީ މަޖިލީހުގައި ތިއްބަވާ ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ އެއްވެސް ގައުމަކުން ދެބަސްވާ ކަމެއް ނުނިންމޭނެއެވެ.
ރައީސް ޓްރަމްޕްގެ ވާހަކަފުޅުގައި ވަރަށް ޚާއްސަގޮތެއްގައި ގައްޒާގެ މައްސަލައަށް އަލިއަޅުވާ ލެއްވިއެވެ. އެކަމަކު އެއީ އެމަނިކުފާނު ބޭނުންވާގޮތަށް އެހެން މެންބަރުންނަށް މަޖުބޫރުކުރުވުމުގެ މާނައިގައެވެ. އެ ވާހަކަތަކުގައި އެމެރިކާއިން ރަހްމަތްތެރިންގެ ގޮތުގައި ދެކެމުންއައި ޔޫރަޕްގެ ގިނަ ބާރުގަދަ ގައުމުތަކަކުން ފަލަސްތީނުގެ މިނިވަން ދައުލަތެއް އޮންނަން ޖެހޭނެކަމަށް ސާފު ސީދާބަހުން އިއުތިރާފުވުމާއެކު އެއްވެސް ޝަރުތަކާނުލައި އިސްރާއީލުން ފަލަސްތީނުގެ ބިމުން އިސްރާއީލުގެ ސިފައިން ފައިބަން ގޮވަމުން ގެންދިޔައެވެ. މިއީ ރައީސް ޓްރަމްޕްއަށް ދިރުވާލުންވަރަށް އުދަނގޫ ގޮވާލުންތަކަކަށް ވެގެންދިޔައެވެ. އަދި ރައީސް ޓްރަމްޕްގެ ވާހަކަފުޅުގައި އިއުލާން ކުރައވާފައިވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ވުޖޫދު ވެގެން އައުމަކީ ދުވަހަކުވެސް ނުވާނެކަމެއް ކަމަށެވެ. ޔުނައިޓެޑް ނޭޝަންސްގެ މެމްބަރު ގައުމުތަކުގެ ތެރެއިން 150 ގައުމުގެ ވިސްނުމާ ދެކޮޅަށް ރައީސް ޓްރަމްޕްގެ ވިދާޅުވުން ދުނިޔެ ބަލާގަންނާނެ މިންވަރު އެނގިގެންދާނީ މުސްތަގްބަލް ގައެވެ. ޔޫރަޕްގެ ބައެއްގައުމުތަކަށް މުޚާތަބު ކުރައްވައި ކަލޭމެން ނަރަކައަށް ދާށޭ ވެސް ވަނީވިދާޅު ވެފައެވެ. ވަރަށް ޚާއްސަގޮތެއްގައި އިނގިރޭސި ޝާޙީ އާއިލާއަށް ބޭއަދަބީ ބަސްތަކުން ދިމާކުރެއްވިއެވެ. ރައީސް ޓްރަމްޕްގެ ވާހަކަފުޅަށް އިނގިރޭސި ވިލާތުގެ ރަސްގެފާނު ހަމަ އެމޭރުމުން ވަނީ ރައްދު ދެއްވާފައެވެ. އިނގިރޭސި ވިލާތުން ކަންތައްކުރަންވީ ގޮތް އެމެރިކާއަށް ކިޔާދޭން މާޒީގައިވެސް އަދި މުސްތްގްބަލްގައިވެސް ފުރުސަތު ނުލިބޭނެ ކަމަށާއި ދުވަހަކުވެސް އެމެރިކާގެ ކުރިމަތީގައި އިނގިރޭސިވިލާތުން އިސްދަށަށް ނުޖަހާނެކަން ދޭހަވާ މޭރުމަކުން ރަސްގެފާނު ވަނީ އެމެރިކާގެ ރައީސަށް ހޫނު ރައްދެއް ދެއްވާފައެވެ. ރައީސް ޓްރަމްޕްގެ ވާހަކަފުޅުގައި އިނގިރޭސި ވިލާތަކީ ހެލް ހޯލެއް ކަމަށައި ލަންޑަނުގެ މޭޔަރ ސާދިގް ޚާނަކީ ބޯހަމަނުޖެހޭ މޮޔައެއްކަމަށް ސިފަކުރެއްވުމުން އެވާހަކަފުޅަށް ރައްދު ދެއްވައި ރަސްގެފާނު ވިދާޅުވެފައިވަނީ އިނގިރޭސި ވިލާތުގެ ޑިމޮކްރެސީއަކީ ރައްޔިތުންގެ އިޚްތިޔާރެއްކަމަށާއި ރައްޔިތުންނަށް ޚިދުމަތްކުރަން އެމީހުން ކަނޑައޅާފަރާތްތަކަށް އިނގިރޭސި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.
އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތާއި ކެނެޑާއާއި އޮސްޓްރޭލިއާ އަދި ބައެއް އެހެންގައުމުތަކުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއުތިރާފު ވުމާ ގުޅިގެންވެސް އެ ގައުމުގަތކަށް ރައީސް ޓްރަމްޕް ފާޑު ވިދާޅުވިއެވެ. އަދި އެމެރިކާގެ ބައިވެރިވުން ނެތި އެގައުމުތަކުން ފަލަސްތީނު މިނިވަން ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ބައެއް މީޑިއާތަކުން އެންމެ ޚާއްސަ ގޮތެއްގައި ފާހަގަކުރައްވާފައި ވަނީ ފަލަސްތީނުގެ މިނިވަން ދައުތަކަތަކަށް ފަރަންސޭސި ވިލާތުން އިގްރާރު ވުމަށްފަހު ވޮޝިންގޓަނުގައި ހުންނަ ފަރަންސޭސި ވިލާތުގެ އެމްބަސީއަށް ރައީސް މެކްރޯންވަޑައިގެންނެވި ރަސްމީ މޮޓޯކޭޑް ވޮޝިންގްޓަންގެ ފުލުހުން ހުއްޓުވައި ތިރީހަކަށް މިނިޓް ވަންދެން ހިންގަވާފައި ފަރަންސޭސި އެމްބަސީއަށް ވަޑއިގަންނަވަން ޖެއްސުމަކީ އިންސަލްޓެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. މިއީ ތަހްޒީބު މުޖުތަމާއުތަކުން ފެންނަ މަންޒަރެއް ނޫންކަމަށް މީޑިއާތަކުގައި ސިފަކޮށްފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް