ފަލަސްޠީނުގެ ހުޅަގު އައްސޭރި އިސްތިޢުމާރުކޮށް، އެ ބިން ފޭރިގަތުމުގެ ފުރުޞަތު ޔަހޫދީންނަށް ނުދެއްވާނެ ކަމުގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރުކަމަށް ބެލެމުން އަންނަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ އިޒްރާއިލްގެ ބޮޑުވަޒީރު ބެންޔަމީން ނަތަންޔާހޫ ހުކުރުދުވަހު އދ ގެ ޖެނެރަލް އެސެމްބްލީ އާ މުޚާތަބް ކުރެއްވުމުގެ ކުރިން އޯވަލް އޮފީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިޔަށްދާ އދ ގެ ޖެނެރަލް އެސެމްބްލީ ގައި ފަލަސްތީންގެ ދައުލަތް ބަލައިގަންނަ ގައުމުތައް އިތުރު ވަމުން ދިއުމާއި އެކު ފަލަސްތީންގެ ވަކި ގައުމެއް ކަނޑަ އެޅުން ހުއްޓުވޭނެ އެއްގޮތަކީ ހިފާފައިވާ ބިންތައް އިޒްރޭލާ އެއްކޮށްލުން ކަމަށްބުނެ އިޒްރޭލުގެ ފާ-ރައިޓް ޚިޔާލުގެ ވަޒީރުން ނާއި އިސްފަރާތްތަކުން ދަނީ ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއަށް ބާރު އަޅަމުންނެވެ.
މި ކަމާ މެދު ޢަރަބި ޤައުމުތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި، މި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ޢަރަބި ބައެއް ޤައުމުތަކުގެ ވެރިން ވަނީ، މިހާރު އެމެރިކާގެ ނިއު ޔޯކްގައި ކުރިއަށްދާ އދގެ ޢާންމު މަޖިލީހުގެ ޖަލްސާގެ ހަވާސާގައި ޓްރަމްޕާ ބައްދަލު ކުރައްވާފައެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ނަތަންޔާހޫ އާއި ވެސް ބައްދަލް ކުރެއްވުމަށް ވަނީ ހަމަ ޖެހިފައެވެ.
ބުރާސްފަތި ދުވަހު އޯވަލް އޮފީހުގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ ޣައްޒާ އާ ބެހޭ ޑީލް އަކާއި ހަމަޔަށް ދިއުމަށް ވެސް ވަރަށް ކައިރި ވެފައިވާ ކަމަށް ވިދާޅުވެފައެވެ.
ވީޑިއޯ ލިންކް މެދުވެރި ކުރައްވާ ޖެނެރަލް އެސެމްބްލީ އާ މުޚާތަބް ކުރައްވަމުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ ފްރާންސުން އިއުލާން ކޮށްފައިވާ ސުލްހައިގެ ޕްލޭން ކުރިޔަށް ގެންދިއުމަށް އެއްބާރުލުން ދެއްވުމަށް އޭނާތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. އުމުރުފުޅުން 89 އަހަރުގެ އައްބާސް ނިއުޔޯކަށް ވަޑައިގަތުމަށް އެމެރިކާއިން ވަނީ ވިސާ ހަމަޖައްސާ ނުދީފައެވެ.
ޖެނެރަލް އެސެމްބްލީގައި ކެނެޑާ، އޮސްޓްރޭލިޔާ އަދި އިގިރޭސި ވިލާތުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލު ކުރާކަމަށް ބުނުމާއި އެކު އެކަމުގެ އޮއިވަރެއް ފެށި، އިތުރު އެތައް ގައުމަކުން ވަނީ ފަލަސްތީންގެ ދައުލަތް ގަބޫލު ކޮށްފައެވެ. މީގެތެރޭގައި ފްރާންސް، ބެލްޖިއަމް، ލަގްޒްމަންބާގް،މޯލްޓާ ،މޮނާކޯ، ސޭން މަރީނޯ،އެންޑޯރާ އަދި ޑެންމާކް ހިމެނެއެވެ. މިއާއެކު އދގެ މެމްބަރު 193 ގައުމުގެ ތެރެއިން 157 ގައުމުމް މިހާރު ވަނީ ފަލަސްތީންގެ ދައުލަތް ބަލައިގަނެފައެވެ.
ހުޅަނގު އައްސޭރީގެ އިތުރު ބިންތައް ފޭރިގަތުމުގެ އިތުރުން ޣައްޒާގެ ރައްޔިތުންގެ ނަސްލުފޮހެލުމަށް ވެސް ޔަހޫދީން ދަނީ ޤަތުލުޢާންމް ހިންގަމުންނެވެ. ރަހުމެއް ނެތް ހަމަލާތަކުގައި މިހާތަނަށް ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 65,000އަށްވުރެ މައްޗަށް އަރާފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ހިނގާބިނގާވެ ނޫޅެވޭ އުމުރުގެ މީހުންނެވެ. އަދި، ޒަޚަމުވި މީހުންގެ އަދަދު ވަނީ 158,000އަށްވުރެ މައްޗަށް އަރާފައެވެ.
ފަލަސްޠީނުގެ 2.7 މިލިޔަން މީހުންގެ އާބާދީއެއް އޮތް ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ޒަޔަނިސްޓު ސަރުކާރުން ވަނީ 700,000އަށްވުރެ ގިނަ ޔަހޫދީން އާބާދު ކުރުވާފައެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރުކޮށް، އެ މީހުންގެ ބިންތަކުގައި ޔަހޫދީންނަށް ގެދޮރާއި އުމްރާނީ ވަސީލަތްތައް ޤާއިމު ކޮށްދީފައެވެ. މިހާރު ހިންގަމުންދާ ޖަރީމާތަކުގެ ބޭނުމަކީ ފަލަސްޠީނުގެ ބިންތަކުގައި އިތުރު ޔަހޫދީން އާބާދު ކުރުވުމެވެ.
![]()

One Response
ވީމާއެމެރިކާޔާ އެއްކުރަންތަ އެއުޅެނީ